ބުމްރާގެ އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް

Jan 14, 2025, 4:58 AM
ބުމްރާގެ އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 14) - އިންޑިއާގެ ފާސްޓް ބޯލަރު، ޖަސްޕްރީތު ބުމްރާގެ ބުރަކަށްޓަށް ލިބުނު އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާ އިން މި މަހުގެ 22 އިން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އިންގްލެންޑާ ދެކޮޅަށް ކުޅޭ ޓީ20 ސީރީސްގައި ބުމްރާ، 31، އަށް އަނިޔާގެ ސަބަބުން ނުކުޅެވޭތީ އޭނާ ވަނީ ސްކޮޑުން ވަކިވެފަ އެވެ. އެއީ، ޗެމްޕިއަންސް ޓްރޮފީ އަށް ފިޓްވުމުގެ ގޮތުން އައި ނިންމުމެއް ކަމަށް، އިންޑިއާ ކްރިކެޓް ބޯޑާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ދާދި ފަހުން، ޓެސްޓް ކްރިކެޓްގައި 200 ވިކެޓް ހަމަކޮށް ރެކޯޑެއް ހެދި ބުމްރާ އަށް އަންނަ މަހުގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތް ގެއްލުމުގެ ބިރު އެބައޮތް ކަަމަށް މިދިޔަ ދެ ދުވަހު އިންޑިއާ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ފެބްރުއަރީ 19 އިން މާޗް 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި، އިންޑިއާ އާއި ޕާކިސްތާން ލައްވާލީ ނިއު ޒީލެންޑާއި ބަންގްލަދޭޝާ އެކު ގްރޫޕް އޭގަ އެވެ. އިންޑިއާ އިން މި މުބާރާތުގައި ކުޅޭ މެޗުތައް އޮތީ ދުބާއީގަ އެވެ.

އިންޑިއާ އަށް މި މުބާރާުތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ބުމްރާ ނުލައި ކުޅެން ޖެހުމުގެ ބިރު އެބައޮތެވެ. އެހެންކަމުން، ސްކޮޑު ނަގާއިރު ބުމްރާ ހިމަނާނަމަ، ގްރޫޕް ސްޓޭޖުގައި ނުކުޅެވޭ ކުޅުންތެރިއަކު ސްކޮޑަށް ނެގުމުގެ އެ ރިސްކު އިންޑިއާ އިން ނަގާނެތޯ ވެސް މީޑިއާ އިން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޗެމްޕިއަންސް ޓްރޮފީ ގްރޫޕްގެ ފުރަތަަމަ މެޗުގައި އިންޑިއާ އިން އަންނަ މަހުގެ 20 ގައި ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ދެ ވަނަ މެޗުގައި، އަންނަ މަހުގެ 23 ގައި ޕާކިސްތާނާ ކުޅޭނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، އަންނަ މާޗް މަހު ދެ ވަނަ ދުވަހު، ނިއު ޒީލެންޑާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox