އެސްޓޯނިއާއަށް ވަޑައިގަތުމުން އެ ގައުމުގެ ރައީސް، ރައީސް މުއިއްޒުއަށް މަރުހަބާ ދަންނަވައިފި

އެސްޓޯނިއާއަށް ވަޑައިގަތުމުން އެ ގައުމުގެ ރައީސް، ރައީސް މުއިއްޒުއަށް މަރުހަބާ ދަންނަވައިފި

ރަސްމީ ދަތުރެއްގައި އެސްޓޯނިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެ ގައުމުގެ ރައީސް ޑރ. އަލާ ކާރިސް އެމަނިކުފާނަށް މަރުހަބާ ދަންނަވައިފި އެވެ.

ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ އަރިހުގައި ދިވެހި ވަފުދެއް އެ ގައުމަށް ވަޑައިގަތީ ކާރިސްގެ ދައުވަތަކަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. މި ދަތުރުގައި ރައީސް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ވަފުދަށް ރަސްމީކޮށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައި ކަމަށެވެ.

Advertisement

މި ރަސްމިއްޔާތުގައި ދެ ގައުމުގެ ގައުމީ ސަލާމް ކުޅެ ޝަރަފުގެ ގާޑެއް ވެސް އަރުވާފައިވެ އެވެ.

ބަލްޓިކް ގައުމެއްގެ ގޮތުގައި އޮތް އެސްޓޯނިއާއަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ. އެ ގައުމުގެ ސަރުކާރުގެ 99 އިންސައްތަ ހިދުމަތް އޮންލައިންކޮށް ހޯދެ އެވެ. އެ ގައުމުގެ ތައުލީމީ ނިޒާމު ވެސް ދުނިޔޭގެ ނިސްބަތުން ކުރީގައި ގުނާލެވެ އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުގެ ބޭނުމަކީ ރާއްޖޭގެ ހިންގުން ޑިޖިޓަލައިޒް ކުރުމަށް ރައީސް ގެންގުޅުއްވާ ވިސްނުމާ އެއްގޮތަށް ކަންކަން މަގުފަހި ކުރުން ކަމަށެވެ. މީގެ ކުރިން އދ. ގަ އާއި އެ ނޫން ވެސް ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ރައީސް ވަނީ ރާއްޖޭގެ ހިންގުން ޑިޖިޓަލައިޒް ކުރުމަށް ގެންގުޅުއްވާ ވިސްނުން ހިއްސާ ކުރައްވައި ވާހަކަދައްކަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox