އެމްޑީޕީން ސުލޫކީ ފިޔަވަޅު އަޅާފައި ތިބި އެންމެންނަށް މައާފު ދީފި

އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، އިބްރާހިމް ވަހީދު -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، އިބްރާހިމް ވަހީދު -- ފޮޓޯ: އަދަދު ފައިލް

ސުލޫކީ އެކި މައްސަލަތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީން މީގެ ކުރިން ފިޔަވަޅު އަޅާފައި ތިބި ހުރިހާ އެންމެންނަށް އެ ޕާޓީން މައާފު ދީފި އެވެ.

އެކި މައްސަލަތަކާ ގުޅިގެން އެމްޑީޕީން ފިޔަވަޅު އަޅާފައި ތިބި މެންބަރުންނަށް މައާފު ދިނުމަށް ނިންމީ ބުދަ ދުވަހުގެ ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާގަ އެވެ. އެ ހުށަހެޅުން ހުށަހެޅީ އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުﷲ ރަޝީދު ހަސަން އެވެ.

"އަދަދު" ނޫހަށް އެކަން ކަށަވަރު ކޮށްދެއްވައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހިމް ވަހީދު ވިދާޅުވީ އެ ނިންމުމަކީ އެމްޑީޕީ އާއެކު މަސައްކަތް ކުރަން ބޭނުންވާ ހުރިހާ އެންމެންނަށް ވެސް އެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.

"އެ ނިންމުމަކީ އެމްޑީޕީ މިވަގުތު އިދިކޮޅުގައި އޮތުމުން، މި ޕާޓީއާއެކު މަސައްކަތް ކުރަން ބޭނުންވާ ހުރިހާ އެންމެންނަށް ޕާޓީއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

"މި ވަގުތު އެމްޑީޕީން ފިޔަވަޅު އަޅާފައި ހުރި އެއްވެސް މެންބަރެއް ނުހުންނާނެ،"

އިދިކޮޅު އެމްޑީޕީން އެ ނިންމުން ނިންމާފައި މިވަނީ، އެ ޕާޓީއާ ވަކިވެގެން ގޮސް ދަ ޑިމޮކްރެޓްސްގައި މަސައްކަތްތަކެއް ކުރަމުންދިޔަ ސިޔާސީ ބުރަދަންހުރި ބޭފުޅުންތަކެއް އެނބުރި އެމްޑީޕީއަށް ވަންނަމުންދާ ދަނޑިވަޅެއްގަ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނަށް މީގެ ކުރިން އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރޭގައި އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތް ހެދުމާއި ޕާޓީން ވަކި ކުރުން ހިމެނެ އެވެ.

ޑިމޮކްރެޓްސްއިން ވަކިވެ، އެމްޑީޕީއަށް އިއްޔެ ސޮއިކުރި އަލީ އާޒިމް އަކީ ވެސް އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ފަސް އަހަރުދުވަހުގެ މުއްދަތަކަށް ވާދަ ނުކުރެވޭނެ ގޮތަށް އެ ޕާޓީން ވަކި ކޮށްފައި ހުރި މެންބަރެކެވެ. ނަމަވެސް ގައުމީ މަޖިލީހުގެ ނިންމުމާއެކު އޭނާއަށް ވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox