ލޮސް އެންޖެލްސްގައި ރޯވުން: 10,000 އިމާރާތް އަނދައި އަޅިއަށް، މަރުވި މީހުން 11 އަށް

އެމެރިކާގައި އަލިފާން ރޯވުން: 10،000 އަށްވުރެ ގިނަ އިމާރާތްތައް ވަނީ އަނދާ އަޅިއަށްވެފައި -- ފޮޓޯ: އޭޕީ

އެމެރިކާގައި އަލިފާން ރޯވުން: 10،000 އަށްވުރެ ގިނަ އިމާރާތްތައް ވަނީ އަނދާ އަޅިއަށްވެފައި -- ފޮޓޯ: އޭޕީ

އެމެރިކާގެ ލޮސް އެންޖެލެސްގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ފެތުރި 10،000 އަށްވުރެ ގިނަ ގެ އަނދައި އަޅިއަށްވެ، މަރުވި މީހުންގެ އަދަދު 11 އަށް އަރައިފި އެވެ.

ލޮސް އެންޖެލެސްގައި ތިން މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު އެކި ސަރަހައްދުތަކުން އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އިވެކުއޭޝަން އޯޑަރުތައް ވަނީ ނެރެފަ އެވެ.

އަލިފާންގަނޑު ފެތުރުމާއި ވައިގެ ސަބަބުން އަލިފާންގަނޑު ނިއްވަން ފަޔާ ފައިޓަރުންނަށް ބޮޑެތި އުނދަގޫތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން ސިޓީގެ ބޮޑު ސަރަހައްދަކަށް އަދިވެސް ނުރައްކާ އެބަ އޮތެވެ.

Advertisement

މިހާތަނަށް ލޮސް އެންޖެލެސްގައި ރޯވި އަލިފާންގަނޑުގައި އިންޝުއަރެންސް ކޮށްފައި ހުރި ތަންތަނަށް ލިބުނު ގެއްލުން 8 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

ލޮސް އެންޖެލެސްގައި އަލިފާން ރޯވެ އަނދަމުންދާއިރު ބައެއް އާންމުން ވެސް ތަންތަނުގައި ރޯކުރަމުންދާ ކަމަށް އަންނަނީ ތުހުމަތު ކުރެވެމުންނެވެ. އެގޮތުން މިހާތަނަށް އެފަދަ ތުހުމަތެއްގައި އެކަކު ހައްޔަރު ކޮށްފައިވެ އެވެ.

މީގެއިތުރުން އަލިފާނުގެ ހާދިސާގެ ނާޖާއިޒް ފައިދާ ނަގައި ބައެއް ތަންތަނަށް ގެއްލުންދީ، ވައްކަން ކުރުމުގެ ތުހުމަތުގައި 20 މީހަކު މިހާތަނަށް ވަނީ ހައްޔަރު ކޮށްފަ އެވެ.

އަލިފާނުގެ ހާދިސާގައި އެމެރިކާގެ މަޝްހޫރު ގިނަ އެކްޓަރުންގެ ގެތައް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.

އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި މިހާރު އަނދަމުންދާ އަލިފާންގަނޑުތަކަކީ މީގެ ކުރިން ދުވަހަކު ވެސް ރޯނުވާހާ ވަރުގަދަ އަލިފާންގަނޑުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫގަންޑާގައި އަސްކަރީ ޖެނެރަލުން ހައްޔަރުކޮށްފި

ޔޫގަންޑާގެ ރައީސް މުސެވެނީގެ ދަރިކަލުން އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނޭރުގާބާ، އެ ގައުމުގެ އިސް ޖެނެރަލުންތަކެއް ހައްޔަރުކޮށް ނައިބު ރައީސަށް އިންޒާރު ދެއްވުމާ ގުޅިގެން ސިޔާސީ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި މިއީ ބައްޕައަށް ފަހު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އެކަމަށް ހުރަސްއަޅާ ފަރާތްތައް އެއްފަރާތްކުރުމަށް ކައިނޭރުގާބާ ހިންގަވާ ސިޔާސީ ހަރަކާތެކެވެ. މި ހައްޔަރުކުރުންތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކަމެއް ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް، މިއީ ސީދާ ވެރިކަމުގެ ބާރުތައް ހޯދުމަށް ކުރާ ކަމެއްކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox