ޑޯޓްމަންޑް ބަލިކޮށް ލެވަކޫސަނުން ބަޔާނާ ގާތަށް ޖެހިލައިފި

Jan 11, 2025, 5:53 AM
ޑޯޓްމަންޑް ބަލިކޮށް ލެވަކޫސަނުން ބަޔާނާ ގާތަށް ޖެހިލައިފި

މިއުނިކް (ޖެނުއަރީ 11) - ޖަރުމަނު ލީގުގައި ރޭ 3-2 އިން ބޮރޫޝިއާ ޑޯޓްމަންޑު ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނުން ލީގުގެ ކުރީގައި އޮތް ބަޔާން މިއުނިކާ ގާތަށް ޖެހިލައިފި އެވެ.

އެއް ވަނައިގައި އޮތް ބަޔާނަށް ވަނީ 15 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލެވަކޫސަނަށް ވަނީ 16 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑަށް 16 މެޗުން ލިބުނު 25 ޕޮއިންޓާ އެކު އޮތީ ހަ ވަނައިގަ އެވެ.

ޑޯޓްމަންޑް ދަނޑުގައި ރޭ ކުޅުނު މެޗުގެ 24 ވަނަ ސިކުންތުގައި ނޭތަން ޓެލާ ވަނީ ލެވަކޫސަނަށް ލީޑުނަގައިދީފަ އެވެ. އޭގެ ފަހުން، ހަތް ވަނަ މިނިޓްގައި ޕެޓްރިކް ޝިކް ވަނީ ގޯލެއް ޖަހައި، ލެވަކޫސަންގެ ލީޑުފުޅާކޮށްދީފަ އެވެ.

އޭގެ ފަސް މިނިޓް ފަހުން، ޑޯޓްމަންޑަށް ކުޅޭ އިނގިރޭސި ވިންގް ބެކް، ޖޭމީ ގިޓެންސް ވަނީ ގޯލެއް ޖަހައި، ފަރަގުކުޑަކޮށްފަ އެވެ. އެކަމަކު، މެޗުގެ 19 ވަަނަ މިނިޓްގައި ޝިކް ވަނީ އިތުރު ގޯލެއް ޖަހައި، ލެވަކޫސަންގެ ލީޑުފުޅާކޮށްދީފަ އެވެ.

ޑޯޓްމަންޑުން ދެން ޖެހި ގޯލު 79 ވަަނަ މިނިޓްގައި ކާމިޔާބުުކުރީ ސޭހޫ ގިރާސީ އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޑޯޓްމަންޑަށް އިތުރު ގޯލެއް ޖަހައި، އެއްވަރުކުރެވޭގޮތްނުވެ އެވެ. މިއީ، މި ފަހަރުގެ ލީގުގައި ޑޯޓްމަންޑް ބަލިވި ފަސް ވަނަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox