ގައުމީ ފުޓްބޯޅަ ޓީމުން އިންޑިއާއާ އެކު މެޗެއް ކުޅެނީ

Jan 11, 2025, 5:35 AM
2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ދެކޮޅަށް އިންޑިއާ އިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ދެކޮޅަށް އިންޑިއާ އިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އަންނަ މާޗް މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުން އިންޑިއާއާ ދެކޮޅަށް މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)އާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އިންޑިއާ އިން އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން މެޗެއް ކުޅެން ހަމަޖެހިފައިވަނީ ރާއްޖެއާ ދެކޮޅަށެވެ.

އެކަމާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ނާހިލް ސިއްދީގު ވިދާޅުވީ، އިންޑިއާއާ ދެކޮޅަށް މެޗެއް ކުޅެން މަޝްވަރާކުރެވެމުން އަންނަ ކަމަށާއި މިހާރު އޮތް ގޮތުން، މި މެޗު ތާވަލުކުރެވޭނީ، މާޗް 19 ނޫނީ 20 ވަނަ ދުވަހަަށް ކަމަށެވެ.

ދާދި ފަހުން، އިންޑިއާ އިން ދިން ފުރުސަތެއްގައި، ގައުމީ އަންހެން ފުޓްބޯޅަ ޓީމު ވަނީ އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެވެ.

އިންޑިއާގެ ފިރިހެން ފުޓްބޯޅަ ޓީމަށް މިދިޔަ އަހަރަކީ އެންމެ ރަނގަޅު އަހަރެއް ނޫނެވެ. އެ ޓީމުން ކުޅުނު، 11 މެޗުގެ ތެރެއިން މޮޅެއް ލިބިފައިނުވެ އެވެ. ފަސް މެޗުން އެއްވަރުވިއިރު، ހަ މެޗުން ވަނީ ބަލިވެފަ އެވެ. މިއީ 2014 ވަަަނަ އަހަރަށް ފަހު، ކަލަންޑަރު އަހަރެއްގައި، އިންޑިއާ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ އަހަރެވެ.

ރާއްޖޭން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިދިޔަ އަހަރު ކުޅުނީ ދެ މެެޗެެވެ. އެ ގޮތުން، އަހަރެއް ފަހުން، ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗުގައި، ބަންގްލަދޭޝާ ދެކޮޅަށް ކުޅެ މޮޅުވި އެވެ. އެކަމަކު، ދެ ވަނަ މެޗުން ވީ ބައްޔެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން އިންޑިއާ ވަނީ 15 މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރީ 2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މެޗުން އިންޑިއާ ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާޗް 25 ވަނަ ދުވަހު މާލޭގައި ކުޅޭނީ ފިިލިޕީންސާ އެވެ. ހަމަ އެ ދުވަހު، އިންޑިއާ އިން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި، އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ބަންގްލަދޭޝާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox