ޝިފާޒު އާއި އަލީ އާޒިމް އެމްޑީޕީ އަށް ސޮއިކޮށްފި

ޝިފާޒު، އަލީ އާޒިމް އަދި މާމިގިލީ އިބޫ: މި ތިން ބޭފުޅުން އެމްޑީޕީ އަށް އަލުން ވަނީ ސޮއިކޮށްފައި.

ޝިފާޒު، އަލީ އާޒިމް އަދި މާމިގިލީ އިބޫ: މި ތިން ބޭފުޅުން އެމްޑީޕީ އަށް އަލުން ވަނީ ސޮއިކޮށްފައި.

ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެ ޕާޓީގެ ކައުންސިލް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.

ޝިފާޒު އާއި އާޒިމުގެ އިތުރުން، އެމްޑީޕީގައި ކުރިން އިސް ދައުރެއް އާދަކުރަމުން ދިޔަ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވެސް ދަ ޑިމޮކްރެޓްސް ދޫކޮށް، އެމްޑީޕީ އަށް އިއްޔެ ސޮއިކޮށްފައިވާ ކަމަށް، ދެ ޕާޓީގެ މަސްދަރުތަކުން ކަށަވަރުކޮށް ދިނެވެ.

މިކަމާ ގުޅޭ ގޮތުން މި ތިން ބޭފުޅުންގެ ރަސްމީ ބަހެއް ނުލިބުނެވެ. ފޯނުން ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ. ވަޓްސްއަޕްއިން މެސެޖުކުރުމުން އެމްޑީޕީ އަށް ސޮއިކުރިކަން ދޮގެއް ނުކުރެ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ހުންނެވި، ހުސައިން އަމްރު ވެސް ވަނީ އެމްޑީޕީ އަށް ސޮއިކޮށްފަ އެވެ.

މި ބޭފުޅުން އެމްޑީޕީއަށް ސޮއިކުރުމަށް ފަހު، ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފުއާ ބައްދަލު ކުރައްވައި، ޕާޓީ ބަދަލުކުރި ސަބަބު ކިޔައި ދެއްވި ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހަށް ބުންޏެވެ.

"ވަރަށް އަވަހަށް ރަސްމީކޮށް އެކަން [ޕާޓީ ބަދަލުކުރިކަން] އިއުލާނު ވެސް ކުރާނެ. އެ ބޭފުޅުން ބޭނުންވީ ސިޔާސީ ހަރަކާތްތަކަށް ރަނގަޅު ޕްލެޓު ފޯމެއް. ހަގީގަތުގައި އެ މީހުންގެ ހިނގަމުން ދިޔައީ އެމްޑީޕީގެ ވިންދު،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން އާޒިމަކީ އެމްޑީޕީން ވަކިކޮށްފައި ހުރި ބޭފުޅެކެވެ.

އާޒިމް އެމްޑީޕީން ވަކިކުރީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ "ފޯޅަވަހި ކޯލިޝަން"ގެ ބައްދަލުވުންތަކާއި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އާއި އޭރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމާ ގުޅިގެންނެވެ.

އާޒިމް އެމްޑީޕީން ވަކިކުރުމާ ގުޅިގެން، މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ޕާޓީ ދޫކޮށްލައި، އަދި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށް ފަހު، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފެށި އެވެ.

އެމްޑީޕީގެ އެތެރެ ރޫޅިގެން ދިޔައީ ރިޔާސީ ކެންޑިޑޭޓުގެ ވާދަވެރިކަމުގަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ކުރިމަތިވި ނާކާމިޔާބީ ގަބޫލު ނުކުރައްވައި، އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ނުކުތީ، އެމްޑީޕީގެ ކެންޑިޑޭޓު ‘އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް’ ހޯދުމަށެވެ.

ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އަމްރު އެނބުރި އެމްޑީޕީ އަށް އައުމާއެކު އެކަމަށް މަރުހަބާ ކިޔައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ބުނީ ސިޔާސީ އިސްލާހީ މަސައްކަތުގައި އަބަދުވެސް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮންނާނީ އެމްޑީޕީގައި ކަމަށާއި، ސިޔާސީ ކުރިމަގު ހޯދަން އެދޭ ކޮންމެ މީހަކަށް އެމްޑީޕީ އޮތީ ތަންމިނަށް ހުޅުވިފައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox