ބީއެމްއެލްގެ އޭޓީއެމްތަކުން ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޗު ކުރެވޭ ކަމަށް އަލްހާން ބުނި ވާހަކަ އެ ބޭންކުން ދޮގުކޮށްފި

ބީއެމްއެލްގެ ޑޮލަރު އޭޓީއެމުން މީހަކު ފައިސާ ނަގަނީ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޑޮލަރު އޭޓީއެމުން މީހަކު ފައިސާ ނަގަނީ -- ފޮޓޯ: ބީއެމްއެލް

އޮންލައިން ޓްރޭޑް ކޮށްގެން ހޯދާ ކްރިޕްޓޯ ކަރެންސީ ބީއެމްއެލްގެ އޭޓީއެމްތަކުން އެކްސްޗޭންޖު ރޭޓުގައި ނެގޭ ކަމަށް ބުނެ އަލްހާން ފަހުމީ ފެތުރި ވާހަކަ އެ ބޭންކުން ދޮގުކޮށްފި އެވެ.

ބީއެމްއެލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރިޕްޓޯ އެކްސްޗޭންޖު ކުރުމުގެ ހިދުމަތް އެ ބޭންކުގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ނުދޭ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖު ކުރުމުގެ ހިދުމަތެއް ނުދެން،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

ބީއެމްއެލުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މީގެ ކުރިން ވެސް ޓްރޭޑް ކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން މަކަރު ހެދިކަމުގެ ތުހުމަތު އަމާޒުވެފައިވާ އަލްހާން ފަހުމީ ސޯޝަލް މީޑިއާގައި ދައުރު ކުރި ވީޑިއޯއަކާ ގުޅިގެންނެވެ.

އެ ވީޑިއޯގައި އަލްހާން ބުނެފައި ވަނީ އޮންލައިން ޓްރޭޑް ކޮށްގެން ލިބޭ ކްރިޕްޓޯ ކަރެންސީ އެކަމަށް ހާއްސަކޮށް ހައްދާފައިވާ ބޭރުގެ ކާޑެއް މެދުވެރިކޮށް ބީއެމްއެލްގެ އޭޓީއެމުން އެކްސްޗޭންޖު ކުރެވޭ ކަމަށެވެ. އަދި އެ ކާޑު މެދުވެރިކޮށް 100،000 ޑޮލަރަށްވާ ދިވެހި ފައިސާ އެއްފަހަރާ ނެގޭނެ ކަމަށް އަލްހާން އެ ވީޑިއޯގައި ބުނެފައިވެ އެވެ.

ނަމަވެސް ބީއެމްއެލުން އެ ބޭންކުގެ އޭޓީއެމްތައް މެދުވެރިކޮށް މުއާމަލާތް ކުރެވޭނީ އެމެރިކަން އެކްސްޕްރެސް އާއި ވިސާ އަދި މާސްޓާކާޑު ފަދަ އިންޓަނޭޝަނަލް ބްރޭންޑުތަކުގެ ކާޑުތަކުން ކަމަށެވެ. ނަމަވެސް އޭގެ ކާޑަކުން ވެސް އަލްހާން ބުނެފައިވާ ގޮތަށް 100،000 ޑޮލަރަށްވާ ދިވެހި ފައިސާ ނުނެގޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލް އޭޓީއެމްގެ ލޯގޯ ބޭނުންކޮށްގެން އާންމުންނަށް އޮޅޭ ގޮތަށް، ކްރިޕްޓޯ ކަރެންސީ އެ ބޭންކުގެ އޭޓީއެމްތަކުން އެކްސްޗޭންޖު ކުރެވޭ ކަމަށް ބުނެ ވާހަކައެއް ފަތުރާފައިވާތީ ހިތާމަކޮށް އެކަން ކުށްވެރި ކުރާ ކަމަށް ބީއެމްއެލުގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox