މި ވަގުުތު ޓޮޓެންހަމްގައި ސަލާހު ހުރި ނަމަވެސް ކުރެވޭނެ ކަމެއް ނެތް

Jan 8, 2025, 5:47 AM
މި ވަގުުތު ޓޮޓެންހަމްގައި ސަލާހު ހުރި ނަމަވެސް ކުރެވޭނެ ކަމެއް ނެތް

ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި ފުޓްބޯޅައިގައި މި ސީޒަނުގައި އެންމެ ފޯމުގައި ހުރި ލިވަޕޫލްގެ މުހައްމަދު ސަލާހު، މި ވަގުތު ޓޮޓެންހަމް ހޮޓްސްޕާސްގައި ހުރި ނަމަވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް ޓޮޓެންހަމްގެ ކޯޗު އަންޖް ޕޮސްޓެކޮގްލޫ ބުނެފި އެވެ.

އޭނާ އެ ގޮތަށް ބުނެފައިވަނީ، އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލު ފުރަތަަމަ ލެގުގައި މިރޭ ޓޮޓެންހަމް އިން އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ދަނޑުގައި ލިވަޕޫލުން ވަނީ 6-3 އިން މޮޅުވެފަ އެވެ. އެ މެޗުގައި ސަލާހު ދެ ގޯލު ޖެހި އެވެ. މި ސީޒަނުގައި 27 މެޗު ކުޅުނު ސަލާހު ވަނީ 21 ގޯލު ޖަހައިފަ އެވެ. ޕޮސްޓެކޮގްލޫ ބުނީ އެ ލެވަލްގައި ހުރި ކުޅުންތެރިއަކަށް ވެސް މި ވަގުތު ޓޮޓެންހަމްގައި އުނދަގޫވާނެ ކަމަށެވެ.

Advertisement

"މޯ (ސަލާހު) އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް. އެކަމަކު، މި ވަގުތު އޭނަ އަހަރެމެން ޓީމަށް ލައިފިއްޔާ އަހަންނަށް ހިއެއްނުވޭ އޭނަ އެ ދައްކަމުން އަންނަ ލެވަލްގެ ކުޅުމެއް ދެއްކޭނެ ހެން. އެއީ މި ވަގުތު ޓީމެއްގެ ގޮތުގައި އަހަރެމެން އޮތް ހިސާބުގެ ގޮތުން،" ޕޮސްޓެކޮގްލޫ ބުންޏެވެ.

"އަހަރެމެންގެ އެޓޭކް ރަނގަޅު، އެކަމަކު، ޓީމެއްގެ ގޮތުގައި ޖުމްލަ މަސައްކަތް ރަނގަޅަށް ނުދަނީ ގިނަ މައްސަލަތަކެއް ހުރުުމުން، އަނިޔާގެ ކަންކަން އެއީ މީގެ އެއް މައްސަލަ،"

ޓޮޓެންހަމްގެ ތަރި، ސޮން ހެއުން މިން ވަނީ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ. ސޮން ވަނީ ޓޮޓެންހަމް އަށް ކުޅެދިން 431 މެޗުން 169 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި މި ސީޒަނުގައި ޖެހި ހަތް ގޯލު ވެސް ހިމެނެ އެވެ.

ޕޮސްޓެކޮގްލޫ ބުނީ ސަލާހާއި ސޮންގެ އަޅާކިޔުމަަކީ އޭނާ އަށް ޝައުގުވެރިކަމެއް ނޫން ކަމަށެވެ. އަދި މި ވަގުތު ސަލާހު ކުޅެމުން އަންނަނީ ވާދަކުރާ ކޮންމެ މުބާރާތެއްގައި، "އުދުހެމުން" އަންނަ ޓީމެއްގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox