އާސެނަލް ދަނޑުގައި މޮޅުވެ ނިއުކާސަލުން ސެމީގެ ކޮންޓްރޯލް ނަގައިފި

Jan 8, 2025, 2:41 AM
އާސެނަލް ދަނޑުގައި މޮޅުވެ ނިއުކާސަލުން ސެމީގެ ކޮންޓްރޯލް ނަގައިފި

ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލް ދަނޑުގައި އެ ޓީމު އަތުން 2-0 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑުން ކޮންޓްރޯލް ނަގައިފި އެވެ.

ސެމީ ފައިނަލުގެ ދެ ވަނަ ލެގު ކުޅޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ނިއުކާސަލް ދަނޑުގަ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ނިއުކާސަލަށް ފައިނަަލަށް ދަތުރުކުރެވޭނެ އެވެ. ނިއުކާސަލުން މީގެ ދެ އަހަރު ކުރިން ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވިއިރު، މި ފަހަރުގެ ފައިނަލުގައި ކުޅޭނީ ޓޮޓެންހަމް ހޮޓްސްޕާސް ނޫނީ ލިވަޕޫލާ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލްގެ ވިލިއަމް ސަލީބާ ޖެހި ޝޮޓެއް ނިއުކާސަލްގެ ޑިފެންޑަރު ޑޭން ބާން ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ފަހުން، ގަބްރިއެލް މާޓިނެލީ ހުސްކޮށް އަރައި އާސެނަލަށް ލީޑުނަގައިދޭން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އާސެނަލުން ފުރުސަތު ނަގާލުމުގެ ނަތީޖާ އަކީ މެޗުގެ 37 ވަނަ މިނިޓްގައި އެ ޓީމުގެ އޭރިއާތެރެއިން ލިބުނު ބޯޅައެއް ނިއުކާސަލްގެ އަލެކްސަންޑަ އިސާކް ގޯލު ޖަހައި އެ ޓީމަށް ލީޑުނަގައިދިނުމެވެ. މިއީ އެންމެ ފަހުން ކުޅުނު 15 މެޗުގައި އިސާކް ޖެހި 14 ވަނަ ގޯލެވެ.

ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނިޓްގައި، އިސާކް ފޮނުވާލި ޝޮޓެއް އާސެނަލް ކީޕަރު ޑޭވިޑް ރާޔާ އަތުގައި ޖެހިފައި ރީބައުންސް ނުކުތް ވަގުތު އެ ބޯޅަ ގޯލަށް ފޮނުވާލައިގެން އެންތަނީ ގޯޑަން ނިއުކާސަލްގެ ލީޑުފުޅާކޮށްދިނެވެ.

އާސެނަލަށް ލަނޑެއް ޖަހައިދޭން އޭރިއާތެރެއިން ހުސްކޮށް ކައި ހަވާޓްޒް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox