ފެކްޓް ޗެކް: މުޅީން އާ އެއްޗެއް ކަމަށް ހީނާ ވިދާޅުވީ 14 އަހަރު ހަމަވެފައިވާ ބޯޓަކަށް

މޯލްޑިވިއަނަ/ށް އިއްޔެ ގެނައި ވައިޑް ބޮޑީ މަތިންދާބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ވަގުތު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މޯލްޑިވިއަނަ/ށް އިއްޔެ ގެނައި ވައިޑް ބޮޑީ މަތިންދާބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ވަގުތު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެސް އެކަން ރަސްމީކޮށް ފާހަގަކުރީ އިއްޔެ އެވެ.

އެކަމަކީ ތާރީހީ ކަމަކަށްވެފައި، ގައުމަށް ލިބުނު ފަހުރަކަށް ވާތީ ވައިޑް ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު މިއަދު ހެނދުނު އެކްސްގައި ޕޯސްޓުތަކެއް ކުރެއްވި އެވެ.

ރާއްޖެއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމަށް ކެބިނެޓުން ނިންމި ތާރީހާއި އެ މަތިންދާބޯޓުގެ ތަފުސީލާއެކު މިއަދު ހެނދުނު 6:23 ގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓުގައި ހީނާ ވިދާޅުވީ އިއްޔެ ރާއްޖެއަށް ގެނައީ މުޅީން އާ ބޯޓެއް ކަމަށެވެ.

Advertisement

"2000 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރު ބައިނަލްއަގުވާމީ ފުރަތަމަ ދަތުރު ކުރުމާ ހަމައަށް މޯލްޑިވިއަނުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި، މިއަދު، 24 މަތިންދާބޯޓުގެ ފްލީޓަކާއެކު އޮޕަރޭޓު ކުރާ ހަތަރު އެއާޕޯޓުން ކޮންމެ އަހަރަކު ހިދުމަތް ދޭ އެއް މިިލިއަން ފަސިންޖަރުންނާއި މުޅީން އާ އޭ-330 ވައިޑް-ބޮޑީ މަތިންދާބޯޓަކާ އެކު އަޅުގަނޑުމެންގެ ހިދުމަތްތައް މިވަނީ އިހުނަށް ވުރެ އެތައް ގުނައަކުން ފުޅާވެފައި،" ހީނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މޯލްޑިވިއަންއިން ގެނައި މަތިންދާބޯޓަކީ މުޅީން އާ ބޯޓެއް ކަމަށް ވިދާޅުވެ ސަރުކާރުގެ ތަރުޖަމާނުގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓް
މޯލްޑިވިއަންއިން ގެނައި މަތިންދާބޯޓަކީ މުޅީން އާ ބޯޓެއް ކަމަށް ވިދާޅުވެ ސަރުކާރުގެ ތަރުޖަމާނުގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓް

މޯލްޑިވިއަންއިން ގެނައި މަތިންދާބޯޓަކީ މުޅީން އާ ބޯޓެއް ކަމަށް ވިދާޅުވެ ސަރުކާރުގެ ތަރުޖަމާނުގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓް

ހީނާ އެހެން ވިދާޅުވި ނަމަވެސް މޯލްޑިވިއަނުން އިއްޔެ ގެނައި މަތިންދާބޯޓަކީ މުޅީން އާ ބޯޓެއް ނޫނެވެ.

ފުރަތަމަ ބޭނުންކުރީ 2010 ގައި، ފާއިތުވި 14 އަހަރު ވެސް ބޭނުންކުރި ބޯޓެއް

މޯލްޑިވިއަނުން އިއްޔެ ގެނައި ވައިޑް ބޮޑީ މަތިންދާބޯޓަކީ އާ ބޯޓެއް ކަމަށް މޯލްޑިވިއަނުން ވެސް ނުބުނެ އެވެ. އެ ބޯޓު އެ ކުންފުނިން ގެނައީ ވެސް ކުއްޔަށެވެ.

އިއްޔެ ރާއްޖެއަށް ގެނައި އޭ330 މަރުކާގެ މަތިންދާބޯޓު (މެނުފެކްޗަރާ ސީރިއަލް ނަންބަރު:1161) އަކީ 2010 ވަނަ ހިދުމަތަށް ނެރެ ނެދަލެންޑްސްގެ ގައުމީ އެއާލައިން، ކޭއެލްއެމް ރޯޔަލް ޑަޗް އެއާލައިންސް އިން ބޭނުން ކުރަން ފެށި ބޯޓެކެވެ. އެ ކުންފުނިން އެ ބޯޓު ބޭނުން ކުރީ ޕީއެޗް-އޭއޯއެމް ކޯޑުގަ އެވެ.

މެނުފެކްޗަރާ ސީރިއަލް ނަންބަރު: 1161 ބޯޓު ކޭއެލްއެމުން ބޭނުންކުރި އިރުގެ ފޮޓޯޢެއް
މެނުފެކްޗަރާ ސީރިއަލް ނަންބަރު: 1161 ބޯޓު ކޭއެލްއެމުން ބޭނުންކުރި އިރުގެ ފޮޓޯޢެއް

މެނުފެކްޗަރާ ސީރިއަލް ނަންބަރު: 1161 ބޯޓު ކޭއެލްއެމުން ބޭނުންކުރި އިރުގެ ފޮޓޯޢެއް

ދުނިޔޭގެ އެކިކަންކޮޅުގައި ބޭނުންކުރާ ސިވިލް މަތިންދާބޯޓުތަކުގެ ތަފުސީލު ހާމަކޮށްފައި ހުންނަ އެއާފްލީޓްސް.ނެޓް އިން އެނގޭ ގޮތުގައި އިއްޔެ ރާއްޖެއަށް ގެނައި ބޯޓުގެ ފުރަތަމަ ދަތުރު ކޮށްފައި ވަނީ ސެޕްޓެމްބަރު، 17، 2010 ގަ އެވެ. ކޭއެލްއެމުން އެބޯޓު 10 އަހަރު ވަންދެން ބޭނުން ކުރި އެވެ.

އެއަށްފަހު ދެން އެ ބޯޓު ބޭނުން ކުރީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ، ސުރިނާމްގެ ގައުމީ އެއާލައިން، ސުރިނާމް އެއާވޭސްއިންނެވެ. އެ އެއާލައިނުން އެ ބޯޓު ބޭނުން ކުރީ 9އެޗް-ޕީއޭއެކްސް ކޯޑުގަ އެވެ.

ސުރިނާމް އެއާވޭސްއިން އެ ބޯޓު ބޭނުން ކުރީ ސެޕްޓެމްބަރު، 2022 އިން ޖެނުއަރީ، 2023 ގެ ނިިޔަލަށެވެ. އެ ސުރިނާމް އެއާވޭސްގެ ދިދައިގައި އެ ބޯޓު އެންމެ ފަހުން ދަތުރު ކުރި ކަމަށް ރެކޯޑުތަކުން ފެންނާން އޮތީ ޖެނުއަރީ، 7، 2023 އެވެ.

މޯލްޑިވިއަނަށް އެ ބޯޓު ގެނައީ އެދުވަހުން ފެށިގެން ސްޓޯ ކޮށްފައި ބޭއްވުމަށް ފަހު އެވެ.

އިއްޔެ ރާއްޖެއަށް ގެނައި ވައިޑް ބޮޑީ މަތިންދާބޯޓުގައި 264 ސީޓު ހިމެނެ އެވެ. އެ ބޯޓުގެ ފުރަތަމަ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ބެއިޖިން އާއި ޝެންހާއީ އާއި ޗެންޑޫއަށެވެ. މި އެއާކްރާފްޓުގައި ބިޒްނަސް ކްލާހާއި, ޕްރީމިއަމް އިކޮނޮމީ ކްލާހާއި އިކޮނޮމީ ކްލާހުގެ ގޮނޑިތައް ހިމެނެ އެވެ.

މޯލްޑިވިއަންއިން މި މަތިންދާ ބޯޓު ކުއްޔަށް ނެގީ ނެދަލޭންޑްސްގެ ޓްރޫނޯޑު ކުންފުނިންނެވެ. އެ ކުންފުންޏާއެކީ މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox