ވިއްސާރަ އާ ގުޅިގެން ހުޅުމާލެ ސަހަރާގެ ފެންފަށަލަ ތިލަވުމުން މީހުން ވަޅުލުން އާސަހަރާއަށް

ހުޅުމާލެ ސަހަރާގައި ކޮނެފައިވާ ކަށްވަޅަކަށް ފެން އަރާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހުޅުމާލެ ސަހަރާގައި ކޮނެފައިވާ ކަށްވަޅަކަށް ފެން އަރާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ރާއްޖެއަށް މިފަހުން ކުރި ވިއްސާރަ އާ ގުޅިގެން ހުޅުމާލޭ ސަހަރާގެ ފެންފަށަލަ ވަރަށް ބޮޑަށް ތިލަވެ މީހުން ވަޅުލުމަށް ދަތިތަކާ ކުރިމަތިވުމުން، ހުޅުމާލޭގައި މަރުވާ މީހުން ވަޅުލުން ވަގުތީގޮތުން އާސަހަރާއަށް ބަދަލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ސަހަރާގެ ފެން ފަށަލައިފައި އަށް އިންޗި އައި ނުވަ އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރި ކަމަށެވެ.

"ހުޅުމާލެ ސަހަރާގެ ފެން ފަށަލައިގައި އަށް އިންޗި އާއި ނުވަ އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރުމުގެ ސަބަބުން ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައި ވާތީ މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ވާހަކަ ހިތާމަ އާއެކު ދަންނަވަމެވެ،" މާލެ ސިޓީ ކައުންސިލުގެ ޕޯސްޓުގައި ބުންޏެވެ.

މީހުން ވަޅުލުމަށް އާންމުކޮށް، ފަސް ފޫޓަށްވުރެ ފުންކޮށް ކަށްވަޅު ކޮނެ އެވެ. އެހެންކަމުން ފެންފަށަލަ އަށް އިންޗިއަށް ތިލަވެފައިވާ ނަމަ، ބިންގަނޑުން ފެށިގެން އަށް އިންޗި އަޑީގައި ހުންނާނީ ފެނެވެ.

މީގެ ކުރިން ވެސް ރާއްޖެއަށް ބޯކޮށް ވިއްސާރަ ކުރުމުން ހުޅުމާލެ ސަހަރާގައި މި މައްސަލަ ދިމާވެ އެވެ. އެ މައްސަލަ ދިމާވަނީ އިންސާނުން އަމިއްލައަށް ހިއްކާފައި އޮންނަ ބިންތަކުގަ އެވެ. ގުދުރަތީގޮތުން އުފެދިފައި ހުންނަ ރަށްރަށުގައި މި މައްސަލަ ދިމާނުވަނީ، ފެން ހިނދިގެން ދާނެ ޖާގަ ގުދުރަތީ ގޮތުން ބިމުގައި ހުންނާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox