ފެކްޓް ޗެކް: ޗައިނާގެ ރިސާޗް އުޅަނދު ރާއްޖެ އައިސްފައިނުވާ ކަމަށް ބުނެ ހަލީލު ހެއްދެވީ ދޮގެއް

ފޮރިން މިނިސްޓަރު ހަލީލު ވިއޮންއަށް އިންޓަވިއު ދެއްވަނީ: ޗައިނާގެ ރިސާޗް އުޅަނދު ތިލަފުށީ ކައިރީ ބަނދަރުކޮށްގެން ވެސް ގާތްގަނޑަކަށް ހައެއްކަ ދުވަހު އޮތް -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

ފޮރިން މިނިސްޓަރު ހަލީލު ވިއޮންއަށް އިންޓަވިއު ދެއްވަނީ: ޗައިނާގެ ރިސާޗް އުޅަނދު ތިލަފުށީ ކައިރީ ބަނދަރުކޮށްގެން ވެސް ގާތްގަނޑަކަށް ހައެއްކަ ދުވަހު އޮތް -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

ކަނޑުގެ ދިރާސާތައް ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އައިސްފައިނުވާ ކަމަށް އިންޑިއާގެ ވިއޮން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.

މިދިޔަ ހޮނިހިރު ދުވަހު ވިއޮން އަށް ދެއްވި އިންޓަވިއުގައި، ވިއޮން ނޫހުގެ ސިދާންތު ސިބާލް އެދުނީ، ރާއްޖެއަށް ދަތުރު ކުރި ޗައިނާގެ ރިސާޗް އުޅަނދާ ބެހޭ ގޮތުން ކޮމެންޓެއް ކުރެއްވުމަށެވެ. ނަމަވެސް ހަލީލު ވިދާޅުވީ ޗައިނާގެ ރިސާޗް އުޅަނދެއް ރާއްޖެ އައިސްފައިނުވާ ކަމަށެވެ.

"[ޗައިނާގެ ރިސާޗް އުޅަނދެއް] ރާއްޖެއަކަށް ނާދޭ. އެފަދަ އުޅަނދެއް އައިސްފައެއް ނުވޭ،" އެ ސުވާލަށް ކުރު ޖަވާބެއް ދެއްވަމުން ހަލީލު ވިދާޅުވި އެވެ.

ޗައިނާގެ ރިސާޗް އުޅަނދު ޝިއެން ޔެން ހޮން-3، ޖެނުއަރީ 21، 2024، އިން ފެށިގެން ގާތްގަނޑަކަށް އެއް މަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ. އެންމެ ފުރަތަމަ އެ ބޯޓު އުޅުނީ ރާއްޖޭގެ ބޯޑަރު ސަރަހައްދުގަ އެވެ. ބައެއް ފަހަރު ރާއްޖެ ބޯޑަރު އެތެރެއަށް ވެސް ވަނެވެ.

އޭގެ ފަހުން ފެބްރުއަރީ 22، 2024، ގައި ރާއްޖެއަށް އައިސް ތިލަފުށި ކައިރި ބަނދަރު ކުރި އެވެ. އެ ބޯޓު އަންނަ ވާހަކަ ސަރުކާރުން ވެސް އޮތީ ރަސްމީކޮށް ބުނެފަ އެވެ. ސަރުކާރުން ބުނީ އެ ބޯޓު އަންނަނީ ފަޅުވެރިން ބަދަލު ކުރުމަށް ކަމަށެވެ.

"ޗައިނާ ސަރުކާރުން ވަނީ އެ އުޅަނދުގައި ތިބި ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ރާއްޖޭގައި ބަނދަރުކޮށްދިނުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައި. އެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ،" ޖެނުއަރީ 23، 2024، ގައި ފޮރިން މިނިސްޓްރީން ބުންޏެވެ.

ތިލަފުށީ ކައިރި ހައެއްކަ ދުވަހު އޮތުމަށްފަހު ބޯޓު ފުރައިގެންދިޔައީކީ ނޫނެވެ. ބޯޓު އަނެއްކާ ވެސް ގޮސް އޮތީ ރާއްޖޭގެ އީއީޒެޑުގެ ރޮނގުގަ އެވެ. ރާއްޖެ ސަރަހައްދު ދޫކޮށް އެ ބޯޓު ދިޔައީ މާ ފަހުންނެވެ.

ޝިއެން ޔެން ހޮން-3: ޗައިނާގެ އެންމެ ޒަމާނީ ރިސާޗް އުޅަނދު

ބާވަތް: ޖެނެރަލް ސާވޭ ވެސެލް

ބޮޑުމިން: 4،800 ޓަނު

ދިގުމިން: 99.6 މީޓަރު

އިފުތިތާހު ކުރީ: މާޗް 26، 2016

ބޯޓު ޑިޒައިން ކުރީ: 708 ވަނަ ރިސާޗް އިންސްޓިޓިއުޓް، ޗައިނާ ސްޓޭޓް ޝިޕް ބިލްޑިން ކޯޕަރޭޝަން

ބޯޓު ހެދި ކުންފުނި: ވޫޗޭންޖް ޝިޕް ބިލްޑިން، ޗައިނާ

ޝިއެން ޔެން ހޮން މެނޭޖް ކުރާ ޗައިނާގެ އޯޝަނަގްރަފީ އިންސްޓިޓިއުޓުން ބުނާ ގޮތުގައި އެއީ ކަނޑުގެ ދިރާސާ ކުރުމަށް އެ ގައުމުން ހެދި އެންމެ ޒަމާނީ އެއް އުޅަނދެވެ. ޗައިނާއިން ބުނަނީ އެއީ ކޮމްޕްރެހެންސިވް ރިސާޗް އުޅަނދެއް ކަމަށެވެ. މާނައަކީ އެއް މަސައްކަތަށް ވުރެ ގިނަ މަސައްކަތް އެ އުޅަނދުން ކުރެވޭނެ ކަމަށެވެ.

ޗައިނާއިން ބުނާ ގޮތުގައި ބޯޓުގެ އެންޑިއުރަންސަކީ 15،000 ނޯޓިކަލް މޭލެވެ. މާނައަކީ އިތުރު އެހީއަކާއި ނުލައި، ބޯޓުގެ މަގުސަދާއި މަސައްކަތް ކުރަމުން ހުއްޓުމެއް ނެތި 15،000 ނޯޓިކަލް މޭލަށް ދަތުރު ކުރެވޭނެ ކަމަށެވެ.

އެ ބޯޓަކީ ޑީޕީ-1 ޑައިނެމިކް ޕޮޒިޝަނިންއާއެކު ތައާރަފު ކުރި ބޯޓެކެވެ. މާނައަކީ އޮޔާއި ވައި ގަދަވި ނަމަވެސް ބޯޓު މަޑުކޮށްގެން އޮންނަ ތަނެއްގައި ނުގުޑި އޮތުމުގެ ގާބިލްކަން ލިބިފައިވުމެވެ. އޭގެ އިތުރުން ބޯޓުގައި ހުންނަ ތްރަސްޓާސް ބޭނުންކޮށްގެން އޮތް ތަނުގައި އޮވެ، 360 ޑިގްރީއަށް ބޯޓު އަނބުރާލުމުގެ ގާބިލްކަން ވެސް ލިބިފައިވެ އެވެ.

ބޯޓުގެ ދިރާސާއަށް ބޭނުން ކުރާ ސާމާނު މޫދަށް ބާލައި ހަދަނީ އިލެކްޓްރިކް ވިންޗުތަކަކުންނެވެ. އޭގެ ސަބަބުން މަސައްކަތް ކުރަން އިންތިހާ ފަސޭހަ ކަމަށްވެ އެވެ. ބޯޓުގައި ގެންގުޅެނީ ޗައިނާއިން އުފައްދާފައިވާ ރިސާޗު އިކުއިޕްމަންޓުތަކާއި ބޭރުން އިމްޕޯޓުކޮށްފައިވާ ބައެއް އިކުއިޕްމަންޓުތަކެވެ.

މާޗް، 2016، ގައި އެ އުޅަނދު އިފުތިތާހު ކުރި ފަހުން ބޮޑު 20 ސައިންޓިފިކް ދިރާސާ ކޮށްފައިވާ ޗައިނާއިން ބުނެ އެވެ. ދަތުރުގައި 1000 އަށް ވުރެ ގިނަ ދުވަސް ބޯޓު ހޭދަކޮށްފައިވާއިރު 370،000 ކިލޯމީޓަރަށް މިހާތަނަށް ބޯޓު ދުއްވިއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox