އިންޑިއާ ބަލިކޮށް އޮސްޓްރޭލިއާ ޓެސްޓް ކްރިކެޓް ޗެމްޕިއަންޝިޕް ފައިނަލަށް

Jan 6, 2025, 5:10 AM
އޮސްޓްރޭލިއާގެ ކެޕްޓަން ޕެޓް ކަމިންސް އުފާފާޅުކުރަނީ.

އޮސްޓްރޭލިއާގެ ކެޕްޓަން ޕެޓް ކަމިންސް އުފާފާޅުކުރަނީ.

މެލްބާން (ޖެނުއަރީ 6) - ބޯޑާ ގާވަސްކަރު ޓެސްޓް ސީރީސްގައި އިންޑިއާ 3-1 އިން ބަލިކޮށް އޮސްޓްރޭލިއާ އިން އައިސީސީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕް ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފަސް މެޗު ސިރީސްގެ ފަހު މެޗުގައި އޮސްޓްރޭލިއާ އިން އިންޑިއާގެ މައްޗަށް ކުރިހޯދީ ހަ ވިކެޓުންނެވެ. މިއާ އެކު، އޮސްޓްރޭލިއާ އިން މި ވަނީ ޓެސްޓް ޗެމްޕިއަންޝިޕްގެ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އަންނަ ޖޫން މަހު ކުޅޭ ފައިނަަލުގައި، އޮސްޓްރޭލިއާ އިން ބައްދަލުކުރާނީ ސައުތު އެފްރިކާއާ އެވެ.

މީގެ ފަސް އަހަރު ކުރިން، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ވޯލްޑް ޓެސްޓް ޗެމްޕިިއަންޝިޕް އިއުލާނުކުރީ ޓެސްޓް ކްރިކެޓްގެ ރަސްމީކޮށް މުބާރާތެއްގެ ސިފައިގައި ކުރިއަށްދާ ގޮތަށް ފޯމެޓް ރާވައިފަ އެވެ. އެ ގޮތުން، ދެ އަހަރު ދުވަހަށް ޓެސްޓް ކްރިކެޓް މެޗުތައް ސީޒަނެއް ގޮތަށް ކުރިއަށްދާ ފޯމެޓަށް ރާވައި، އެވްރެޖް މެޗުތަކަށް ބަލާއިރު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ ދެ ފައިނަލެއް މީގެ ކުރިން ކުޅެފައިވާއިރު، 2019 އިން 2021 ވަނަ އަހަރުގެ ސީޒަނުގެ ފައިނަލުގައި އިންޑިއާ ވަނީ ނިއު ޒީލެންޑް އަތުން އަށް ވިކެޓުން ބަލިވެފަ އެވެ. އޮސްޓްރޭލިއާ އިން 2021 އިން 2023 ވަނަ ސީޒަނުގެ ޓެސްޓް ޗެމްޕިއަންޝިޕް ފައިނަލުގައި ވަނީ އިންޑިއާ އަތުން 209 ލަނޑުން މޮޅުވި އެވެ.

މިއީ، އިންޑިއާ އަށް ޓެސްޓް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ. އޮސްޓްރޭލިއާއާ ދެކޮޅަށް ބޯޑާ ގާވަސްކަރު ޓްރޮފީގައި އިންޑިއާ އިން ދެއްކި ކުޅުމާ އެކު، އެ ޓީމުގެ ކޯޗު ގޯތަމް ގަމްބީރު އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox