ހުލާސާކޮށް އިއްޔެ: ރަސްމާލެ ހިއްކުމުގެ ދުވެލި ތިން ގުނަ ކުރިޔަށް ޖައްސާލުން

Jan 6, 2025, 1:30 AM
ރަސްމާލެ މަޝްރޫއުގައި ފުރަތަމަ ހިއްކި ތަންކޮޅު. -- ފޮޓޯ: އަދަދު

ރަސްމާލެ މަޝްރޫއުގައި ފުރަތަމަ ހިއްކި ތަންކޮޅު. -- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދަން ރާވާފައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ކުންފުނިތަކުން ޑްރެޖަރު ގެނެސްގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.

ކ. ގުޅިއަށް ކުރެއްވި ދަތުރުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެ ރަށާއި ޖެހިގެން އޮތް ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް އިތުރު ކުންފުނިތަކުން ޑްރެޖަރު ގެނެސްގެން މަސައްކަތް ފެށުމުން ހިއްކުމުގެ މަސައްކަތުގެ ދުވެހި މިހާރަށް ވުރެ ދެތިން ގުނަ އިތުރުވެގެންދާނެ ކަމަށެވެ.

"މިހާރު އަމަލީ ގޮތުން ބިން ހިއްކުން އެ ހިނގަނީ. އިރާދަކުރެއްވިއްޔާ އަދި އިތުރު ބައެއް ފަރާތްތަކުން، އިތުރު ބައެއް ކޮމްޕެނީތަކުން އަޅުގަނޑުމެން އެތަނަށް ޑްރެޖަރު މޮބިލައިޒް ކުރުވައިގެން އެއްފަހަރާ އެތައް މަޝްރޫއުތަކެއް، އެތައް ފަރާތްތަކެއްގެ މަސައްކަތްތަކެއް އެތާ ފެށުމަށް މަސައްކަތް މިކުރަނީ. އެހެންވީމަ ސްޕީޑު ދެގުނަ އަދި ތިންގުނައަށް ބާރުވާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭނުންވި ސްޕީޑުގައި ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ބައިވަރު މައްސަލަތައް ދިމާވެގެންކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ ހުރިހާ ދަތިތަކުން އަރައިގަނެ މިހާރު އެ މަސައްކަތް ފެށޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގައި އަޅުގަނޑުމެން ބޭނުންވި ސްޕީޑުގައި އެކަމެއް ނުއެއްދޭ. ބައިވަރު މައްސަލަތައް. އަޅުގަނޑުމެންނާ ވާރުތަވި އިގްތިސޯދުގެ ތެރެއިން ހައްލު ކުރަން ޖެހިފައި ހުރި ބައިވަރު ކަންތައްތައް ހައްލު ކުރުމުގެ ތެރެއިން ކުރިމަތިވި ދަތިތައް ހަމަ ކުރިމަތިވީ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އޭގެ ތެރެއިން އަޅުގަނޑުމެން ކުރިއަރައިގެން އައިސް މިހާރު މަސައްކަތްތައް ފެށިގެންދާ ހިސާބަށް މިއޮތީ އައިސްފައި،" ރައީސް ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox