އާސަންދަ ސްކީމުގެ ދަށުން ބޭސް ނުލިބޭނަމަ ރިޕޯޓު ކުރަން އެދިއްޖެ

އާސަންދައިގެ ދަށުން ބައެއް ފާމަސީތަކުން ބޭސް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި -- ފޮޓޯ: އަދަދު ފައިލް

އާސަންދައިގެ ދަށުން ބައެއް ފާމަސީތަކުން ބޭސް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި -- ފޮޓޯ: އަދަދު ފައިލް

ގައުމީ ސިއްހީ އިންޝުއަރެންސް ސްކީމް، އާސަންދައިގެ ދަށުން ބޭސް ނަގާއިރު، އަމިއްލަ އަތުން ފައިސާ ދައްކަން ޖެހިއްޖެ ނަމަ ނުވަތަ އެ ސްކީމުގެ ދަށުން ލިބެންޖެހޭ ބޭހެއް ނުލިބިއްޖެ ނަމަ ރިޕޯޓު ކުރަން އާސަންދަ ކުންފުނިން އެދިއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާސަންދައިން ކުރި ޕޯސްޓެއްގައި ބުނީ އާސަންދައިގެ ދަށުން ހިލޭ ބޭސް ނުލިބޭ ނަމަ ނުވަތަ ލިބެންޖެހޭ ބޭހެއް ނުލިބިއްޖެ ނަމަ އާސަންދައިގެ ޝިކާވަތި ހޮޓްލައިނަށް 7951400 އިން ވައިބާ މެދުވެރިކޮށް ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.

އެގޮތަށް ރިޕޯޓު ކުރާއިރު، ބޭސް ނުލިބުނު ބޭސް ފިހާރައިގެ ނަމާއެކު ބޭސް ސިޓީ އާއި ފައިސާ ދައްކަން ޖެހުނު ނަމަ، ފައިސާ ދެއްކި ރަސީދު ވެސް ވައިބާ ކުރަން އާސަންދައިން އެދިފައިވެ އެވެ.

އާސަންދައިގެ ދަށުން ދޫކުރާ ބޭސްތަކަށް މިދިޔަ އަހަރު ބަދަލު ގެނައުމާއެކު ބައެއް ފާމަސީތަކުން އާސަންދައިގެ ދަށުން ބޭސް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އާސަންދައިގެ ދަށުން ދޫކުރާ 250 ބޭހެއްގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމީ އާސަންދައަށް ސަރުކާރުން ކުރާ ހަރަދު ކުޑަކޮށް އެ ނިޒާމު ހަރުދަނާ ކުރަން ކުރާ ރީފޯމު މަސައްކަތުގެ ތެރެއިންނެވެ.

އެގޮތުން ބަދަލު ގެނައީ އާސަންދައިގެ ދަށުން އެންމެ ގިނައިން ދޫކުރާ ބޭސްތަކުގެ އަގުތަކަށެވެ. އެ ބަދަލާއެކު ބޭސްތަކުގެ އަގު ހެޔޮވެ، އާސަންދައަށް ދައުލަތުން ކުރާ ހަރަދުގެ ތެރެއިން އަހަރެއްގެ މައްޗަށް 220 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންސްޕާއިން މީގެ ކުރިން ލަފާ ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox