މެޓުގެ ޕޯސްޓު ޑިލީޓްކުރި ސަބަބެއް ސެކްޝަން ހެޑަށްވެސް ނޭގޭ

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: މެޓުގެ ޕޯސްޓު ޑިލީޓްކުރި ސަބަބެއް ސެކްޝަން ހެޑަށްވެސް ނޭގޭ ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: މެޓުގެ ޕޯސްޓު ޑިލީޓްކުރި ސަބަބެއް ސެކްޝަން ހެޑަށްވެސް ނޭގޭ ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

ޖެނުއަރީ މަހުގެ ފުރަތަމަ ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޑިސެމްބަރު 31، ގައި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ކުރި ޕޯސްޓު ޑިލީޓް ކުރި ސަބަބު ވެދާ ސާވިސް ޑިވިޝަނާ ހަވާލުވެގެން ހުންނެވި މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފަށް ވެސް ނޭގުނެވެ.

އަލީ ޝަރީފް "އަދަދު" އަށް ވިދާޅުވީ އެ ޕޯސްޓު ޑިލީޓްކުރުމާ ގުޅިގެން މުވައްޒަފުންނާ އެކަމާ ގުޅިގެން ސުވާލު ކުރުމުން ޕޯސްޓު ޑިލީޓް ކުރި ސަބަބު ނުބުނާ ކަމަށެވެ.

"އަޅުގަނޑަށް ތަންކޮޅެއް ފަހުން އެކަން އެނގުނީ. ޑިއުޓީގައި ހުރި ބޭފުޅާއާ ސުވާލުކުރީމަ އެބޭފުޅާ ވެސް އަޅުގަނޑަކަށް ކީއްވެގެން ކަމެއް އޭތި ދިޔައީކީ ނުބުނޭ. އެކަމަކު އޭތި އޮތީ އޭރު ހުރިހާ މީޑިއާއަކަށް އޭރު ގޮސް ބްރޭކް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އެ ޕޯސްޓަކީ ޑިލީޓް ކުރަން ޖެހޭ ވަރު ޕޯސްޓެއްކަން ގަބޫލު ނުކުރައްވާކަން ފާހަގަކުރައްވާ އަލީ ޝަރީފް ވިދާޅުވީ އެއީ ސައްހަ ޕޯސްޓެއް ކަމަށެވެ.

"އެއީ ކޮންމެހެން ޑިލީޓް ކުރަން ޖެހޭ ޕޯސްޓެއް ނޫން އެއީކީ. އެއީ ސައްހަ ޕޯސްޓެއް،" އަލީ ޝަރީފް ވިދާޅުވި އެވެ.

މެޓް އޮފީހުން "އަދަދު" އާ ވާހަކަ ދެއްކި މުވައްޒަފަކު ބުނީ އެ ޕޯސްޓު ޑިލީޓްކުރީ މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ނޭނގޭ ކަމަށް އެ މުވައްޒަފު ބުންޏެވެ.

މެޓުން ކުރި ޕޯސްޓުގައި ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން، އާ އަހަރުގެ ބަންދު ތެރޭގައި ޖެނުއަރީ 1، އިން ފެށިގެން ޖެނުއަރީ 5، ގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު ވެސް އޮތް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން ދުރާލައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް، ކަމާބެހޭ ފަރާތްތަކުން މޫސުން ގޯސްވެ ގެއްލުންތައް ލިބިދާނެ ކަމަށް ހަރުދަނާ ފިޔަވަޅުތަކެއް ދުރާލައި ނޭޅުމުން އާންމުން އަންނަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox