އާސެނަލާއި ޗެލްސީ އަށް މޮޅެއް ނުލިބުނު، ސިޓީ މަޑުމަޑުން ކުރިއަށް

Jan 4, 2025, 7:59 PM
އާސެނަލާއި ޗެލްސީ އަށް މޮޅެއް ނުލިބުނު، ސިޓީ މަޑުމަޑުން ކުރިއަށް

ލަންޑަން (ޖެނުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލާއި ޗެލްސީ ކުޅުނު މެޗުތަކުން އެއްވަރުވިއިރު، މެންޗެސްޓާ ސިޓީން ޖެހިޖެހިގެން ދެ ވަނަ މޮޅު ހޯދައި ޕްރެޝަރު އަރައިގަތުމަށް މަޑުމަޑުން ކުރިއަށް ފިޔަަވަޅެއް އަޅައިފި އެވެ.

ޗެލްސީން ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުވިއިރު، ބްރައިޓަން ދަނޑުގައި އާސެނަލް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ސިޓީން ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 20 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 19 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 20 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ.

ފަސް ވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-1 އިން މޮޅުވެ، ހޯދި ތިން ޕޮއިންޓާ އެކު، 20 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އަށް ހަ ވަނަ ލިބެނީ 20 މެޗުން 34 ޕޮއިންޓާ އެކު އެވެ.

ޗެލްސީން ކޯލް ޕާމާގެ ގޯލުން މެޗުގެ ކުރީކޮޅުގައި ލީޑުނަގާފައިވަނިކޮށް، ޕެލަސް އިން އެއްވަރުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖެހީ އެބްރެޗޭ އެޒޭ ދިން ބޯޅައަކުން ޖިއަން ފިލީޕް މަޓޭޓާ ޖެހި ގޯލުންނެވެ. މިއީ، ލީގުގައި ޗެލްސީން މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލަން ޖެހުނު ތިން ވަނަ މެޗެވެ.

އާސެނަލުން 17 އަހަރުގެ އީތަން ންވަނޭރީގެ ގޯލުން ފުރަތަމަ ހާފުގައި ލީޑުނެގިއިރު، ދެ ވަނަ ހާފުގައި ބްރައިޓަން އިން އެއްވަރުކުރީ ޖޮއާއޯ ޕެޑްރޯ ޖެހި ޕެނަލްޓީންނެވެ. މިއީ، އާސެނަލްގެ ސަލީބާ އޭރިއާތެރެއިން ޖޮއާއޯ ޕެޑްރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އާލިން ބްރައުޓް ހާލަންޑް ސިޓީގެ ދެ ގޯލު ޖެހި މި މެޗުގައި އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ ފިލް ފޯޑެންގެ އިތުރުން ވެސްޓް ހޭމްގެ ޑިފެންޑަރު، ވްލަޑިިމިއޭ ސޯފާލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ވެސްޓް ހޭމްގެ ލަނޑު ޖެހީ، ޖަރުމަނުގެ މިޑްފީލްޑަރު، ނިކްލަސް ފުލްކްރޫގް އެވެ. މިއީ، މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން، ސިޓީން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ޓޮޓެންހަމްގެ ޑޮމިނިކް ސޮލާންކޭ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ނިއުކާސަލަށް އެއްވަރުކޮށްދިނީ އެންތަނީ ގޯޑަން އެވެ. ނިއުކާސަލް މޮޅުވީ، މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އަލެކްސަންޑަ އިސާކް ޖެހި ގޯލުންނެވެ. މި މެޗުން ބަލިވެ ޓޮޓެންހަމް މި ވަގުތު އޮތީ 20 މެޗުން 24 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.

ލީގުގައި މިރޭ ބްރެންޓްފޯޑުން ވަނީ 5-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. އެސްޓަން ވިލާ އިން 2-1 އިން ލެސްޓާ ސިޓީ ބަލިކުރިއިރު، ބޯންމައުުތުން ވަނީ 1-0 އިން އެވަޓަންގެ މައްޗަށް ކުރިހޯދައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox