އިންޑިއާ އައުޓަކީ ޔާމީނު ހިންގި ކެމްޕޭނެއް، އެ ހަރަކާތާ ސަރުކާރުން ދުރުވެއްޖެ: ހަލީލު

އިންޑިއާ އައުޓުގެ ހަރަކާތުގެ ތެރެއިން ބޭއްވި އެއްވުމެއްގައި މި ސަރުކާރުގެ ވެރިންތަކެއް ބައިވެރިވަނީ --- ފޮޓޯ: އަދަދު

އިންޑިއާ އައުޓުގެ ހަރަކާތުގެ ތެރެއިން ބޭއްވި އެއްވުމެއްގައި މި ސަރުކާރުގެ ވެރިންތަކެއް ބައިވެރިވަނީ --- ފޮޓޯ: އަދަދު

އިންޑިއާ އައުޓަކީ ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު އަބްދުﷲ ޔާމީނު ހިންގި ހަރަކާތެއް ކަމަށާއި އެ ހަރަކާތާ މި ސަރުކާރު އަދި ޕީއެންސީން ފެޔަށް ޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ "ވިއޯން" އަށް ދެއްވި އިންޓަވިއުއެއްގައި ހަލީލު ވަނީ މި ސަރުކާރުން މަސައްކަތް ކުރަނީ އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ކަމަށެވެ.

އަދި، އިންޑިއާ އައުޓުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ކަމަށް ބުނެ އެ ގައުމާމެދު ނަފުރަތު އުފައްދާ ދޮގު ފެތުރަމުންދިޔަ ކެމްޕޭނަކީ ޔާމީނުގެ ރޭވުމުގެ މަތިން، އެމަނިކުފާނު ކުރިއަށް ގެންދެވި ކަމެއް ކަމަށް ވެސް ހަލީލު ވަނީ ސިފަކުރައްވާފަ އެވެ.

"އިންޑިއާ އައުޓު ހަރަކާތް ކުރިއަށް ގެންދެވީ ކުރީގެ ރައީސް ޔާމީނު، އެމަނިކުފާނު މިހާރު އެ ހުންނެވީ އަޅުގަނޑުމެންނާ މުޅިން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވައިގެން. އެ ޕާޓީން އެ ހަރަކާތް އަދިވެސް ކުރިއަށް އެބަ ގެންދޭ. އަޅުގަނޑުމެން އެކަމުން ފެޔަށް ޖެހެފިން،" ހަލީލު ވިދާޅުވި އެވެ.

އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރައްވަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށް ވެސް ހަލީލުގެ ވިދާޅުވި އެވެ. އަދި ސަރުކާރުގެ ސްޓޭންޑަކީ އެއީ ކަމަށާއި އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރެއްވި ޔާމީނު މިހާރު މަސައްކަތް ކުރައްވަނީ މި ސަރުކާރާ ވެސް ދެކޮޅަށް ކަމަށް ހަލީލު ވިދާޅުވި އެވެ.

މި ވާހަކަތައް ހިމަނާ ހަލީލު ޖަވާބު ދެއްވި ސުވާލުގައި، މީގެ އަހަރެއް ކުރިން މިހާރު މަގާމުން އިސްތިއުފާ ދީފައިވާ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމަތް ކުރި ހާދިސާއާ ގުޅޭގޮތުން ވެސް ނޫސްވެރިޔާ ސިދާންތު ސިބާލް ސުވާލު އަމާޒުކުރި އެވެ.

ހަލީލު އެ ސުވާލަށް އެއްވެސް މިންވަރަކަށް ޖަވާބެއް ނުދެއްވަ އެވެ. އޭނާ ދެއްކެވީ ޔާމީނު އިންޑިއާއާ ދެކޮޅަށް ކުރެއްވި މަސައްކަތުގެ ވާހަކަ އެވެ. އަދި އެއީ މި ސަރުކާރާ ގުޅުމެއް ނެތްކަމެއް ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަމަވެސް، މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް މުއިއްޒުވެސް ވަނީ އިންޑިއާއިން ރާއްޖެއަށް ބުލީ ކުރާ ކަމަށް ތުހުމަތުކުރައްވާ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފަ އެވެ. އަދި ރާއްޖެއަކީ ވަކި ގައުމެއްގެ 'ބެކްޔާޑެއް' ނޫން ކަމަށްވެސް އެމަނިކުފާނު ޖެނުއަރީ 2024، ގައި ވިދާޅުވެފައިވެ އެވެ.

އަދި، އިންޑިއާ އައުޓް ހަރަކާތުގައި ރައީސް މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިން ފެށިގެން ސަރުކާރުގެ ހުރިހާ އިސްވެރިންވެސް އަމަލީ ގޮތުން ބައިވެރިވެލެއްވި އެވެ.

ހަލީލުގެ މި އިންޓަވިއުގައި އިންޑިއާގެ ޖާސޫސީ ވިންގު، ރޯގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން މަޝްވަރާކޮށް މަސައްކަތްކުރި ކަމަށް ބުނެ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ކުރި ތަހުގީގަކަށް ބިނާކޮށް ޝާއިއުކުރި ރިޕޯޓު ވެސް ވަނީ ދޮގުކުރައްވާފަ އެވެ.

"އެއީ މުޅިން ވެސް ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކައެއް. އެ ކަމުގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވޭ. އެހާ ސިމްޕަލްކޮށް އޮތް ކަމެއް އެއީ،" ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓާ މެދު ބަހެއް ވިދާޅުވުމަށް ނޫސްވެރިޔާ އެދުމުން ދެއްވި ކުރު ޖަވާބުގައި ހަލީލު ވިދާޅުވި އެވެ. އިތުރު ވާހަކައެއް އެ ކަމާ ގުޅޭގޮތުން ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox