ފިހާރަތަކާއި ގޭގެއަށް ލިބެމުންދިޔަ ގެއްލުން ކުޑަކުރަން ރަސްފަންނު މޫދަށް ކޯރެއް ކެނޑި ގޮތުގެ ވާހަކަ ރިލްވާނުގެ ދުލުން

ފިހާރަތަކާއި ގޭގެއަށް ލިބެމުންދިޔަ ގެއްލުން ކުޑަކުރަން ރަސްފަންނު މޫދަށް ކޯރެއް ކެނޑި ގޮތުގެ ވާހަކަ ރިލްވާނުގެ ދުލުން

އިއްޔެއާއި ރޭ ހުއްޓުމެއް ނެތި މާލެއަށް ވާރޭވެހި ހެދުނު ފެންގަނޑުގެ ސަބަބުން މާފަންނުގެ ގިނަ ގެތަކަށާއި ފިހާރަތަކަށް ފެން ވަދެ ވަމުންދިޔަ ގެއްލުންތަކުން ސަލާމަތްކުރަން ރަސްފަންނު މޫދަށް ކޯރެއް ކަނޑާލި ގޮތުގެ ވާހަކަ އެ މަސައްކަތުގައި އިސްވެ އުޅުނު ރިލްވާން ލަތީފު މި ނޫހަށް ކިޔައިދީފި އެވެ.

ރޭ 9:00 ހާއިރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެވަގުތު މާފަންނު ސަހަރާއިން ފެށިގެން ހުޅަނގަށް މަޖީދީ މަގުގައި ހެދިފައި އޮތް ފެންގަނޑު ފެންނަ ވީޑިއޯއެއް ރިލްވާނު ހިއްސާކުރި އެވެ. އަދި އިދާރާތަކުން ޖަވާބެއް ނުލިބުމުން ފެންގަނޑު ހިންދާނެ ގޮތެއް ނެތި ރަސްފަންނު ކައިރި ހުރި ފާރެއް ތަޅާލާ މޫދަށް ކޯރެއް ކޮނެފައިވާ ކަމަށް އޭނާ ލިޔެފައިވެ އެވެ.

އެ ވާހަކަ ބައެއް ނޫސްތަކުން ވެސް ރޭ ރިޕޯޓުކުރި އެވެ. ނަމަވެސް ,ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިބި އޮފިޝަލުން ވަނީ އެކަން ކުރީ އާންމުން ނޫން ކަމަށާއި އެ މަސައްކަތުގައި ހަރަކާތްތެރިވީ ފެން ކުންފުނީގެ މުވައްޒަފުން ކަމަށް ބުނެފަ އެވެ. އެއާއެކު ބައެއް ނޫސްތަކުން ވަނީ ހަބަރުތަކުގެ ސުރުހީ ވެސް ބަދަލުކޮށްފަ އެވެ.

Advertisement

ނަމަވެސް، ކޯރު ކެނޑި ސަރަހައްދުގައި ހުރެ މި ނޫހުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ރިލްވާން ބުނީ އެވަގުތު ކޯރު ކެނޑުމަށް މަރުތެޔޮ ހޯދީ 'މަނަސް ހާޑްވެއާ' ކިޔާ ފިހާރައަކުން ކަމަށެވެ. އަދި އެކަން ކުރީ އެ ސަރަހައްދުގެ ފިހާރަތަކުގެ ވެރިންނާއި އާންމުން ކަމަށް އޭނާ ބުންޏެވެ.

"ވަކި ހިސާބަކުން މިތަން ނުކޮނެ ނެތް ވާކަށް. އެހެންވެ މަނަސް ހާޑުވެއާގެ މަސައްކަތު މީހަކު ގޮސް އުދެއްޔަކާ ފަކީރާއެއް ހިފައިގެން އައިސް ދެން ބާކީބައި ކޮންނަން ފެށީ،" އޭނާ ބުންޏެވެ.

މަސައްކަތުގައި އެ ސަރަހައްދުގެ ގިނަ ބަޔަކު ބައިވެރިވިކަން ފާހަގަކޮށް އިމްރާން ވަނީ ރޭ ކުރީ ޓީމު ވޯކެއް ކަމަށްވެސް ބުނެފަ އެވެ. އަދި، އެކަން ކުރީ އާންމުން ނޫން ކަމަށް ސަރުކާރުގެ ވެރިން ބުނަން އުޅޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް އޭނާ ބުންޏެވެ.

"މިކަން އޮޅުވާލައިގެން ކުރުމުގެ ބޭނުމެއްވެސް ނެތް. އަހަރުމެން މިކަން ކުރީކީ އަހަރުމެންނަށް މާލީ ފައިދާއެއް ތަނަކުން ވާނެ ކަމަކަށްވެސް ނޫން. އަހަރެމެންގެ ރަށްޓެހިންނާ އެތައް ބައެއްގެ ގޮދޮރާ ފިހާރަތަކާ އެއްޗެހި ސަލާމަތްކުރަން އިތުރަށް ހެދޭނެ ގޮތެއް ނެތީމަ އެކަން ކުރީ،" ރިލްވާން ބުންޏެވެ.

އަދި، ކޯރު ކެނޑުމަށްފަހު ފެން ދައުރުވާން ފެށުމުން އެ ތަނުން ދިޔައީ ކަމަށާއި އޭގެ ފަހުން ބަޔަކު އައިސް ހަރަކާތްތެރިވި ކަމެއް ނޭނގޭ ކަމަށާއި އޭރު މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި ކޯރު ކެނޑިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އިއްޔެ، މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ދިރިއުޅެން އުނދަގޫވި ހާލަތަށް ދިޔަ 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިން ފޯރުކޮށްދީފައިވާ ކަަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނެފައިވެ އެވެ.

އެ ސެންޓަރުން ބުނީ ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށާއި އޭގެ ތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox