މާލެ އާންމު ހާލަތަކަށް ގެނެވެންދެން ބަރު އުޅަނދު ދުއްވުން މަނާކޮށް، ޒަރޫރީ ބޭނުމަކު މެނުވީ ކާރު ނުދުއްވަން އަންގައިފި

Jan 3, 2025, 1:42 PM
މާލޭގައި ފެންބޮޑުވެފައި އޮތް އިރު މީހަކު ސައިކަލެއްގައި ދުއްވާފައި ދަނީ: މާލެއަށް ރިކޯޑު މިންވަރަކަށް ދަނީ ވާރޭ ވެހެމުން -- ފޮޓޯ: ލީވާން އަލީ ނާސިރު

މާލޭގައި ފެންބޮޑުވެފައި އޮތް އިރު މީހަކު ސައިކަލެއްގައި ދުއްވާފައި ދަނީ: މާލެއަށް ރިކޯޑު މިންވަރަކަށް ދަނީ ވާރޭ ވެހެމުން -- ފޮޓޯ: ލީވާން އަލީ ނާސިރު

މުޅި ރާއްޖެއަށް މޫސުން ގޯސްވެ، މެދުނުކެނޑި ބޯކޮށް ވާރޭ ވެހި ވެރި ރަށް މާލޭގައި ފެންބޮޑުވެފައިވާތީ، ރަށް އާންމު ހާލަތަކަށް ގެނެވެންދެން ބަރު އުޅަނދު ދުއްވުން މަނާކޮށް، ޒަރޫރީ ބޭނުމަކު މެނުވީ ހަތަރު ފުރޮޅުލީ ވެހިކަލް ނުދުއްވަން ފުލުހުން އަންގައިފި އެވެ.

ބައެއް ވެހިކަލްތައް ދުއްވުނުން ފުލުހުން މަނާ ކުރީ މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި ރަށް އާންމު ހާލަތަކަށް ގެނެވެމުން ކުރިއެކޭ އެއްގޮތަށް ހުރިހާ ވެހިކަލަކަށް ވެސް ދުއްވޭނެ ކަމަށް ފުލުހުން ބުނެ އެވެ.

މާލޭގެ ވަރަށް ގިނަ އަދަދެއްގެ ގޭބީސީތަކަށް ފެން ވަދެފައިވާއިރު، މަގުމަތީގައި ހިނގާބިނގާވެ އުޅެން ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. މާލެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

މާލެއަށް ދަނީ ރެކޯޑު މިންވަރަކަށް ވާރޭ ވެހެމުންނެވެ. އެއް ގަޑިއިރު ތެރޭގައި މާލެ ސަރަހައްދަށް ވަނީ 60 މިލިލީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި 24 ގަޑިއިރު ތެރޭގައި 140 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. އަދި ކުރިއަށް އޮތް ގަޑިއިރުތަކުގައި ވެސް ވާރޭ ވެހޭނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

"މިދިޔަ 24 ގަޑިއިރަށް ބެލި ނަމަވެސް މާލޭ ސަރަހައްދަށް 140 މިލިލީޓަރުގެ ވާރޭ ވެހިއްޖެ،" މެޓު އޮފީހުގެ ހުސެއިން ވަހީދު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ. "މިވަގުތު ވަރަށް ބޯކޮށް ވާރޭ ވެހޭ އެބަ، ކުރިއަށް އޮތް ފަސް، ހަ ގަޑިއިރު ވެސް މިވަރަށް ވާރޭ ވެހެމުންދާނެ."

މާލޭ އެއްކޮށް ފެނު އަޑީގައި އޮތް އިރު، މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތައް ވެސް ވަނީ ފެނާއެކު އޮޔާ ގޮސްފަ އެވެ. އޭގެ އިތުރުން މަގުމަތީގައި ބަހައްޓާފައި ހުރި ޕެލެޓުތަކާއި ފުލުހުން ބޭނުން ކުރާ ބެރިކޭޑުތަކެއް ވެސް ވަނީ އޮފާ ގޮސްފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ މެދުރާއްޖެ ތެރެއަށް އޮރެންޖު އެލާޓެއް ނެރެފަ އެވެ. އެލާޓު ނެރުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހިސާބަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވަރަށް ގިނަ ރަށްރަށުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ގަދަ ވިއްސާރައާއެކު ބައެއް ރަށްތަކަށް ވަނީ އުދަ ވެސް އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox