ނިއު އޯލެންސްގައި ޓްރަކަކުން ޖައްސައި 15 މީހަކު މަރާލައިފި

ނިއު އޯލީންސްގައި ޓްރަކަކުން ޖައްސައި 10 މީހުން މަރައިލުން: ޓްރަކް ދުއްވަން ހުރި މީހާ ފުލުހުން ވަނީ މަރާލާފައި -- ފޮޓޯ: ފޮކްސް 8

ނިއު އޯލީންސްގައި ޓްރަކަކުން ޖައްސައި 10 މީހުން މަރައިލުން: ޓްރަކް ދުއްވަން ހުރި މީހާ ފުލުހުން ވަނީ މަރާލާފައި -- ފޮޓޯ: ފޮކްސް 8

އެމެރިކާގެ ނިއު އޯލެންސްގައި މީހުން ބައިބޯވެފައި އޮތް ސަރަހައްދަކަށް ބާރު ސްޕީޑުގައި ޓްރަކެއް ވަދެ، 15 މީހަކު މަރާލައި، 30 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮށްލައިފި އެވެ.

ނިއު އޯލެންސްގެ ފުލުހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ޓްރަކު ދުއްވި މީހާ މަސައްކަތްކުރީ ވީހާވެސް ގިނަ ބައެއް ގައިގައި ޓްރަކުން ޖެއްސުމަށް ކަމަށެވެ.

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހާމަކުރި ގޮތުގައި ޓްރަކް ދުއްވަން ހުރީ އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ ޝަމްސުއްދިން ޖައްބާރު، 42 އެވެ.

ޝަމްސުއްދީން ޑްރަކް ދުއްވިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ނުބެލެވޭ ކަމަށް ނިއު އޯލެންސްގެ ފުލުހުން ބުންޏެވެ.

މީހުންގެ ގައިގައި ޓްރަކް ޖައްސަމުން ދަނިކޮށް ވެހިކަލެއްގައި ޖެހި ހުއްޓުމުން، ޝަމްސުއްދީން ވަނީ އޭނާ އަތުގައި އޮތް ބަޑިން ފުލުހުންނަށް ހަމަލާ ދިނެވެ. ރައްދުގައި ފުލުހުން ދިން ހަމަލާގައި އޭނާ މަރައިލި އެވެ.

ޝަމްސުއްދީން ޖެހި ބަޑިން ދެ ފުލުހަކަށް އަމާޒުވެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ނިއު އޯލެންސް ފުލުހުން ބުންޏެވެ.

އެ ހަމަލާ ޝަމްސުއްދީން ދޭން ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް އެފްބީއައިން އަންނަނީ ކުރަމުންނެވެ. އެއީ ޓެރެރިސްޓް ޖަމާއަތަކާ ގުޅުން އޮތް ހަމަލާއެއްތޯ ވެސް ދެނެގަންނަމުންދާ ކަމަށް އެފްބީއައިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

ދުނިޔެ ހޫނުވުން އަންދާޒާ ކުރި ވަރަށް ވުރެ އިތުރު

ދުނިޔެ ހޫނުވުން ކުރިން އަންދާޒާކުރި ވަރަށް ވުރެ އިތުރުވަމުންދާ ކަމަށާއި، މިހާރު ހުރި ސިޔާސަތުތަކާއެކު މި ގަރުނު ނިމޭއިރު ހޫނުމިން 2.8 ޑިގްރީއަށް އުފުލޭނެ ކަމަށް އދ. ގެ ރިޕޯޓަކުން ދައްކައިފިއެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި 2030 ވަނަ އަހަރާ ހަމައަށް ވިހަ ގޭސް ބޭރުކުރާ މިންވަރު 18 އިންސައްތައަށް ދަށްކުރަން ޖެހޭއިރު، މިހާރުގެ ރޭވުންތަކުން އެކަން ހާސިލުނުވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން ހޯދަމުން ދިޔަ މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފި

އޮޅުވާލައިގެން ވަގު ސްޓޭމްޕާއި ލޭބަލް ވިއްކައިގެން އެމެރިކާގެ ޕޯސްޓަލް ސާވިސްއަށް 126 މިލިއަން ޑޮލަރުގެ ގެއްލުންދިން ޕާކިސްތާނު މީހަކު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފިއެވެ. ފަހީމް އަކްރަމް ނަމަކަށް ކިޔާ މި މީހާ ވެބްސައިޓެއް މެދުވެރިކޮށް ފަސް މިލިއަނަށް ވުރެ ގިނަ ވަގު ލޭބަލް ވިއްކާފައިވާތީ، އެމެރިކާގެ ކޯޓަކުން މިދިޔަ މަހު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭނާ ހޯދުމަށް އެހީތެރިވާ ފަރާތަކަށް އެމެރިކާއިން ބޮޑު އިނާމެއް ހުށަހަޅާފައިވާއިރު، މިހާރު ވަނީ އޭނާ ހިންގި ވެބްސައިޓް ބަންދުކޮށްފައެވެ.

ސައުދީ ދިފާއުކުރުމަށް އިނގިރޭސިވިލާތުގެ ބޯޓުތައް ފޮނުވަނީ

ޔަމަނުގެ ހޫތީން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް އެހީތެރިވުމުގެ ގޮތުން، އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްގެ މަތިންދާބޯޓުތައް ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ. އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި މި ބޯޓުތައް ބޭނުންކުރާނީ ހަމައެކަނި ސައުދީގެ އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމުގެ ދިފާއީ މަސައްކަތްތަކަށެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

މޮރޮކޯގައި އަންހެން ބޮޑުވަޒީރަކު އައްޔަންކުރުމުން ދީނީ ބަހުސެއް

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ ޒަހްރާ އައްޔަންކުރެއްވުމާ ގުޅިގެން، އަންހެނުންނަށް އެފަދަ މަތީ މަގާމުތައް ދިނުމާ މެދު އެ ގައުމުގައި ދީނީ އަދި ސިޔާސީ ބޮޑު ބަހުސެއް ވަނީ ފެށިފަ. މި ނިންމުމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިއީ މޮރޮކޯގެ ތާރީޚީ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް.

ފްރާންސްގައި ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށްފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހާއި އެހެނިހެން ސިޓީތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފިއެވެ. ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ފެށި މި މުޒާހަރާތައް ފުޅާވެ، ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ފުލުހުންނާއި އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox