ރާއްޖޭގައި ކުށްކޮށްގެން ފައިސާ ހޯދައި، ލޯންޑާކުރާ 30 ކުންފުންޏެއް

Jan 1, 2025, 4:53 AM
ރާއްޖޭގައި ކުށްކޮށްގެން ފައިސާ ހޯދައި، ލޯންޑާކުރާ 30 ކުންފުންޏެއް

ކުށްކޮށްގެން ހޯދާ ފައިސާގެ އަސްލު އޮޅުވައިލުމަށްޓަކައި އުފައްދައި ހިންގާ ކަމަށް ތުހުމަތުކުރާ ވިޔަފާރިތަކުގެ ލިސްޓެއް އެކުލަވާލައި، ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އެ ވިޔަފާރިތަކާ މުއާމަލާތެއް ނުކުރަން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ އެންގުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރުގެ ހުރިހާ ކުންފުނިތަކަކަށް އިއްޔެ ފޮނުވި ސިޓީއާއެކު، 30 ވިޔަފާރިއެއްގެ ނަން ހިމެނޭ ލިސްޓެއް ފޮނުވާފައިވެ އެވެ.

އެ ސިޓީ އާއި ހޯމްލޭންޑް ސެކިއުރިޓީމް އެކުލަވާލާފައިވާ "ޕޭޕާ ކުންފުނިތަކުގެ" ލިސްޓު އަދަދު ނޫހަށް ލިބިފައިވެ އެވެ.

ޕީސީބީގެ ސިޓީގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކުށުގެ ވެށީގައި އެކި ނަންނަމުގައި ހަރަކާތްތެރިވަމުންދާ ގޭންގުތަކުން ކުށްކޮށްގެން ހޯދާ ފައިސާ، ލޯންޑަކޮށް އެ ފައިސާ ދައުރުކުރުމަށްޓަކައި ޕޭޕާ ކުންފުނިތަކެއް ހަދައިގެން މުއާމަލާތުކުރާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީން އަންގާފައިވާ ކަމަށެވެ.

"[އެފަދަ] ކުންފުނިތަކާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުއާމަލާތް ކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެެވެ. މިކަމަކީ ގޭންގުތަަކަށް ދައުލަތުގެ ތެރެއިން ފައިސާ ލިބި އެ ގޭންގުތަކަށް އިތުރު ބާރުވެރިކަން ލިބުމަށް މަގުފަހިވެގެންދާ ކަމެކެވެ،" ސިޓީގައިވެ އެވެ.

ސަރުކާރުގެ ކުންފުނިތަކުން، އެ ފަދަ ޕޭޕާ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތް ކުރަމުން ދިޔުމަކީ އެ ކުންފުނިތަކުން ކުރަމުންގެންދާ މުއާމަލާތްތައް ސައްހަ ކަމަށް ފެންނާނެ ކަމެއް ކަމަށް ޕީސީބީން ބުނެފައިވެ އެވެ.

އެހެންވެ، އެފަދަ ކުންފުނިތަކާއެކު ކުރިއަށް އޮތްތަނުގައި މުއާމަލާތް ކުރާ ސަރުކާރުގެ ކުންފުނިތާމެދު ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓަރީން އަންގާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ކުށްކޮށްގެން ފައިސާ ހޯދައި، ލޯންޑާކުރާ ކަމަށް ތުހުމަތުކުރާ ކުންފުނިތައް

  1. ބީސީސީޖީ ޕްރައިވެޓް ލިމިޓެޑް
  2. ލަކްސް ބިލްޑިން ކޯ ޕްރައިވެޓް ލިމިޓެޑް
  3. އޯލްޑް ޓައުން އޮޓޯ ސާވިސް
  4. އާމާލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
  5. ސޮލިޓަޔާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
  6. އެސް އެންޑް އެލް ރިއަލްއެސްޓޭޓު ޕްރައިވެޓް ލިމިޓެޑް
  7. ގްރީން އެންޓަޕްރައިޒަސް
  8. ޓްވައިލައިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  9. މެގްނެޓޯ ޕްރައިވެޓް ލިމިޓެޑް
  10. ގޯލްޑެން އީރާ ޕްރައިވެޓް ލިމިޓެޑް
  11. ހައިވް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
  12. އައިއެސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  13. ފްރެޝްކޯ
  14. ސީ ކޮއިން ޕްރައިވެޓް ލިމިޓެޑް
  15. ޒީރޯ ކޫލް ޕްރައިވެޓް ލިމިޓެޑް
  16. ގޯލްޑު ބްރިކްސް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑް
  17. ގޯލްޑް ބްރިކްސް
  18. އައި ސަޕްލައި ޕްރައިވެޓް ލިމިޓެޑް
  19. މޮނާކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  20. މެޖިސްޓިކް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
  21. ރޯޔަލް އެލްމިނިއަމް އެންޑް ގްލާސް ޕްރައިވެޓް ލިމިޓެޑް
  22. ސީ އެސްޓާ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް
  23. ބިގް ގޭޓްސް ޕްރައިވެޓް ލިމިޓެޑް
  24. އެކޯ އެއާ ކޫލިން ސާވިސް
  25. މޮނާކޯ އިންވެސްޓްމެންޓު
  26. އުޑުމަތި
  27. އެވިނެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  28. އެސް.އެސް.އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  29. ސީ ފްލޯޓް ޕްރައިވެޓް ލިމިޓެޑް
  30. ހީޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މީގެ ބައެއް ވިޔަފާރިތައް ހުރީ އުވާލުމުގެ މަރުހަލާގަ އެވެ.

މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުން ބޮޑެތި ކުށްތަކަށް އަރައިގަނެ، އިންތިޒާމު ވެގެން ކުށްކުރަމުންދާ މައްސަލަތައް ގިނަވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެފަދަ ބައެއް ގޭންގުތަކާއި، ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކުގެ ވިޔަފާރުތައް އާދައިގެން ފިހާރައިން ފެށިގެން، ގެސްޓުހައުސް، އަދި ސަފާރީއާ ހަމައަށް ފުޅާވެފައިވާ ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

"މިފަދަ ބައެއް ފަރާތްތަކުން އެތައް މިލިއަން ރުފިޔާއެއް ދައުރުކޮށްފައި އެބަ ހުރި،" ނަން ނުޖެހުމަށް ޝަރުތުކޮށް މީހަކު ބުންޏެވެ.

ގޭންގު ކުށްތަކަށް ދާއިމީ ނިމުން ގެނައުމަށް ގާނޫނުތައް އިސްލާހުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިދިޔަ ނޮވެމްބަރު މަހު ދެއްވާފައިވެ އެވެ.

ހިޔާ 9 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގައި ރަހީނުކޮށްގެން ގެންގުނު ދިވެއްސަކު ސަލާމަތްކޮށް، 12 މީހަކު ހައްޔަރުކުރުމަށް ފަހު، އިހުސާން ވިދާޅުވީ ކުށްކުރާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ގޭންގު ހަަދައިގެން އެކިއެކި ކުށްތައް ކުރުން ހުއްޓުވުމަށް ހާއްސަ ބިލެއް ސަރުކާރުން އޮތީ ޑްރާފްޓުކޮށްފަ އެވެ. އެ ބިލުގައި ގޭންގުތަކުން ކޮންޓްރޯލް ކުރާ ނުވަތަ އެމީހުން އާންމުކޮށް އެކަކު އަނެކަކާ ބައްދަލުކޮށް ހަދާ ތަންތަނަށް ކޯޓު އަމުރަކާ ނުލައި ވަދެ އެތަންތަނަށް އެއްވެސް މީހަކަށް ވަދެ ނުނިކުމޭ ގޮތަށް ބަންދު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ.

ހަމަ އެހެންމެ، ގޭންގުތަކުން ގޭންގު އަމަލުތައް ހިންގުމަށް ބޭނުން ކުރާ ދުއްވާ އުޅަނދުފަހަރު ކޯޓު އަމުރަކާ ނުލައި އެ އުޅަނދެއް ތިން މަސްދުވަހަށް ޓޯ ކުރުމުގެ ބާރު ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ. އެ ބިލު ގާނޫނަކަށް ވުމަށް ފަހު ގޭންގަކަށް ނިސްބަތްވާ މީހެއް ކަމުގައި ކަނޑައަޅާ މީހުންގެ ތެރެއިން މީހެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި ނަމަ އެ މީހެއްގެ ނަން މަތީގައި ހުރި ވިޔަފާރިތަކާއި ބޭންކު އެކައުންޓުތައް ތަހުގީގު ނިމެންދެން ހިފެހެއްޓުމުގެ ބާރު ވެސް ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ.

ގޭންގުތަކަށް ނިސްބަތްވާ މީހުންނަށް އިންތިހާބީ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށާއި އިންތިހާބީ މަގާމުތަކުގައި ތިބި ގޭންގު މީހުންގެ މަގާމު ގެއްލޭ ކަމަށް ވެސް ބިލްގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox