އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކު ސައިކަލެއް ލިބޭ ޕްރޮމޯޝަން މިރޭ 12:00 ޖަހާއިރު ހަމަވާނެ އެވެ.
މިއަދު ވެސް ޕްރޮމޯޝަންގައި ބައިވެރިވެގެން ޕީސީއެކްސް 160 ސައިކަލެއް އަދި ޕްރޮމޯޝަންގެ ބޮޑު އިނާމު ކަމަށްވާ 2024 ރެބެލް 300 އެއް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
- އުރީދޫ ކަސްޓާމަރެއް ނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮން އެއް ނެގުން.
- އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން.
- އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.
އުރީދޫއިން ކުރިއަށް ގެންދާ ސައިކަލު ލިބޭ ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
މިދިޔަ ސެޕްޓެމްބަރު 23، ގައި އުރީދޫއިން ފެށި ޕްރޮމޯޝަންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަންނަނީ ސައިކަލެއް ދޫ ކުރަމުންނެވެ.
މީގެ އިތުރުން އެ ޕްރޮމޯޝަނަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އެ ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން އިއުލާނު ކުރަމުންދާނެ ކަމަށެވެ.











