ގާނޫނު ތަންފީޒު ކުރުމުގައި އަދުލުވެރިވާށެވެ.

ގާނޫނު ތަންފީޒު ކުރުމުގައި އަދުލުވެރިވާށެވެ.

ޅަ ދުވަސް ހަނދާނަށް ގެންނާށެވެ. ހިފިނުހުރެވިގެން ކޮޅުކޮޅު މައްޗަށް ދުވެ އުޅެނިކޮށް ކާ މޭޒުގައި ލެނޑި، މޭޒުމަތީގައި ހުރި ފެންބޯ ތަށި ވެއްޓި ތެޅެނީ އެވެ. އޭރު އަމާ އިންނާނީ އަޅިއުނދުނުގެ ކުރިމަތީގައި އުޑަފައިން އިށީނދެގެން، އޭގެ މައްޗަށް އުދާފައި ހުރި ތެއްޔަށް ދޭފަތް ބާނައިގެންނެވެ. ތަށި ތެޅުނު އަޑު އިވުމާއެކު ފުރަތަމަވެސް އަމާގެ ނަޒަރު ހުއްޓޭނީ ފައިބުޑުގައި އޮތް އިލޮށިފައްޗަށެވެ. މިހިރަ އެއްޗަކު މަގޭ ތަށި ތަޅާލީޔޭ ކިޔައި ހަޅޭއްފަޅޭއް ޖަހައިގަތުމާއެކު އިލޮށިފަތި ހުސްވަންދެން ތަޅައިގަންނާނެ އެވެ. ސަލާމަތްވާން ދުއްވައިގަތުމުން ފަހަތުން އުދުހިފައި އެހެރަ އަންނަނީ އަމާގެ ފައިވާންކިބަ އެވެ.

މިއީ އަމާ ނުލާހިކު ލޯބިން ގެންގުޅުނު ބިއްލޫރި ތަށި ތަޅާލީތީ އަމާ ދިން އަދަބެވެ. އެ ދުވަހަށްފަހު އުޅުނީ ބިއްލޫރިތަށްޓަށް ނިކަން ސަމާލުވެގެންނެވެ. މިހެން އުޅެނިކޮށް ގެއަށް އައި މެހެމާނަކު ކައި އަވަދިވެގެން ތެދުވާން އުޅުނު ވަގުތު އޭނާގެ ފުފިފައިހުރި ބަނޑުން މޭޒުގައި ޖެހި އެރި ލޮޅުމާއެކު ތަށްޓެއް ވެއްޓި ތެޅިއްޖެ އެވެ. އެ މެހެމާނަކު ވަރަށް ދެރަވެފައި މަންމައަށް ބަލާލި އެވެ. ވަރަށް ބޮޑަށް މައާފުކުރާށޭވެސް ބުނެފި އެވެ. އަމާ ހިނިތުންވެފައި ބުނެ އެވެ. އެކުން ތިޔައީ ކަމެކޭ ނުހިތާށެވެ. ތިޔަހެން ވެދާނެ އެވެ. މަސޮރު ހިނިއައިސްފައި ހުރީ އަމާ އެ މެހެމާނަށް އިލޮށިފަތީގައި ހުރިވަރު ދައްކާލޭކަމަށް ހިތައި އެވެ. އެކަމަކު އަމާގެ ރާގާއި ހަރަކާތް ބަދަލުވެ ކަންވީގޮތުން އަނގަހުޅުވި ބަސްހުއްޓިފައި ހުރެވުނީ އެވެ. ތަށި ތެޅުމުން ދޭން އޮންނަ އަދަބު ދިނުމުގައި ތަފާތެއް އެ ގެނައީ އެއީ މެހެމާނަކަށްވީތީ ދިން ހާއްސަ އިނާޔަތެއްގެ ގޮތުންނެވެ.

އެތަފާތު ގެނައުމުގެ ހުއްދަ އަމަޔަށް ލިބެނީ އެއީ އަމާގެ ހިތަށް ފެނުމުން ތަންފީޒުކުރާ ގޮތަށް ހެދި ގާނޫނަކަށްވީތީ އެވެ. ތަށި ތަޅާލާ ކޮންމެ ފަހަރަކު އިލޮށިފައްޗަށް ބާރެއް ނުކުރާނެ އެވެ. ބައެއް ފަހަރު ފައިވާނެވެ. ބައެއް ފަހަރު ހިމޭންކަމެވެ.

Advertisement

މި ހަފުތާގައި ހަބަރުތަކުން ފެނުނީ ވޭޕް ބޭނުންކުރި ފަތުރުވެރިޔަކު ޖޫރިމަނާކުރުމުގެ ބަދަލުގައި އޭނާއަށް ނަސޭހަތް ދީ ފޮނުވައިލައިފިކަމަށް ފުލުހުން ބުނި ހަބަރެވެ. އޭނާ ވޭޕް ބޭނުންކުރީ މި ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގަ އެވެ. ވޭޕް ބޭނުންކުރުން އާންމު ގޮތެއްގައި މަނާކުރުމުގެ ކުރިންވެސް، އެއާޕޯޓުގައި ދުންފަތުގެ އިސްތިއުމާލުކުރުން އޮންނަނީ ގާނޫނަކުން މަނާކުރެވިފަ އެވެ. އެހެން އެއްވެސް ބަޔަކު (ފާޅުގައި) އެކަމެއް ނުކުރެ އެވެ. އެވަރުގެ ކަމެއް ކުރީމާ އޭނާގެ ކޮނޑުގައި ޖަހާލާފައިވާ 'ހާދަހާ ލާނެތް ސޮރެކޭ.. ދެން އެކަހަލަ ކަމެއް ނުކުރައްޗޭ..' ބުނެފައި ފޮނުވާލީ ކޮން ގާނޫނަކުން ލިބުނު ހުއްދައަކުން ހެއްޔެވެ؟

ވޭޕް ބޭނުންކުރުން މަނާކުރެވިފައި އޮތީ ދުންފަތް ކޮންޓްރޯ ކުރުމާބެހޭ ގާނޫނުގެ 10-2 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. އެ މާއްދާގައި އޮންނަނީ "އިލެކްޓްރޯނިކް ސިނގިރެޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ." މިހެންނެވެ. ގާނޫނުގެ މި އިބާރާތް ލިޔުނު ބަޔަކަށް ސާބަހެވެ. މިއަށްވުރެ ވަކި ރިވެތިކޮށް، ސާފުކޮށް މި ވާހަކަ ބުނެވޭނޭ ގޮތެއް ވެސް ނެތެވެ.

ގާނޫނުގައި މިވާހަކަ ލިޔެފައި ދެން އެ ގާނޫނުގެ 35 ވަނަ މާއްދާގައި ލިޔުނީ ގާނޫނު ތަންފީޒު ކުރާ މީހުންގެ ޒިންމާ އެވެ. އެ މާއްދާގައި އޮތީ ގާނޫނުގައި ބުނެފައިވާ ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ތަންފީޒުކުރުމަކީ ލާޒިމުކަމެއް ކަމުގަ އެވެ. ވަކި މީހަކަށް މައާފު ދިނުމާއި، ނަސޭހަތް ދިނުމާއި އިންޒާރު ދީ ދޫކޮށްލުމުގެ އިހުތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިދޭ މާއްދާއެއް ގާނޫނަކު ނެތެވެ. ޖޫރިމަނާކުރުމުގައި އަމަލުކުރާނޭ އުސޫލު ބުނެދޭ ގަވާއިދެއްވެސް ނެތެވެ. ގަވާއިދެއް ހެދިޔަސް، ގާނޫނުގައި އެ އިހުތިޔާރު ނެތުމުން ނަސޭހަތް ދިނުން އެއީ ނެތް އިހުތިޔާރެއް ކަމުގައި ބަލަންޖެހެ އެވެ. އޮތީ ވޭޕު ކުރާތަން ފެނިއްޖެނަމަ ފަސްހާސް ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދަމާލާ ކޮންމެ ފަހަރަކަށް ފަސް ހާހެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުގައި ކުރުން މަނާކަމެއް ދިވެއްސަކު ކުރިޔަސް، ބިދޭސީއަކު ކުރިޔަސް ގާނޫނު ތަންފީޒުކުރުމުގައި ހަމަހަމަ ވާންވާނެ އެވެ. ފުރަންގޮސް ހުރި ބިދޭސީއަކަށްވާތީ އޭނާގެ ހާލަތަށް ބަލައި ގާނޫނު ތަންފީޒުކުރުމުން އިސްތިސްނާ ކުރެވޭނަމަ އެކަންވެސް ބަޔާންކޮށްފައި އޮންނާނީ ގާނޫނުގަ އެވެ. އެހެން ނޫނީ އެއީ ގާނޫނު ތަންފީޒުކުރުމުގައި އަމިއްލަ ގޮތް އިސްކުރުމެވެ. ތަފާތު ކުރުން އިސްކުރުމެވެ.

ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދެންހުރި މާއްދާތަކަށްވެސް ވެފައި އޮތީ އެކަހަލަ ގޮތެކެވެ. ފުރަތަމަކޮޅު ކެފޭތަކުގައި ރަތް ރޮނގު ދަމައި ދުން އަރުވާ ސަރަހައްދު ވަކިކުރި އެވެ. މިހާރު އެ ރަތްރޮނގު ފުހެވިއްޖެ އެވެ. ދުން ނޭރުވޭ ހަމަ އެއްވެސް ތަނެއް ނެތެވެ.

މިކަމުގައި ފުލުހުންގެ ގޯހެއްވެސް ނެތެވެ. ގާނޫނު އެކުލަވާލި މަރުހަލާގައިވެސް ފުލުހުންވަނީ މި ގާނޫނު ތަންފީޒުކުރުން ދަތިކަމަށް ރައްޔިތުންގެ މަޖިލީހުގައި ބުނެފަ އެވެ. އެކަމަކުވެސް ކަލޭމެންނަށް ވާނެޔޭ ކުރާށޭ ބުނެ ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކުރީ އެވެ. ވެރިޔަކަށް ވިދާޅުވެވިފައި އޮތް ގަދަ ބަހުގައި ހިފެހެއްޓީ އެވެ.

ގާނޫނު ތަންފީޒުކުރުމުގައި ހަމަހަމަކަން އިސްކުރާށެވެ. ރާއްޖޭގެ ސަރަހައްދުގައި ވޭޕުކުރުން މަނާކަމުގައިވާނަމަ އެކަން އެންމެންނަށް މަނާ ވާނެ އެވެ. އެކަން ކުރަނީ ދޭސީއެއްތޯ ބިދޭސީއެއްތޯ ވެސް ބަލާކަށް ނުޖެހެ އެވެ. އާންމު އާދައިގެ ރައްޔިތެއްތޯ ނުވަތަ ސިޔާސީއެއްތޯވެސް ބަލާކަށް ނުޖެހެ އެވެ. އެ މިންވަރަށް ގާނޫނު ތަންފީޒު ނުކުރެވޭނަމަ އެކަމާ ހަމަ އެއްގޮތަކަށްވެސް އުޅޭނެ ކަމެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox