ވޮޝިންޓަން ޕޯސްޓުގެ ތަހުގީގެއްގައި އިދިކޮޅު އެމްޑީޕީ އާއި ސަރުކާރަށް ބޮޑު ތުހުމަތުތަކެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކީ: ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޖުބޫރުވީ މާލީ ހާލަތާ ހުރެ ކަމަަށް ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައިވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކީ: ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޖުބޫރުވީ މާލީ ހާލަތާ ހުރެ ކަމަަށް ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައިވޭ -- ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ކުރި ތަހުގީގަކަށް ފަހު, އިންޑިއާއާ ގުޅިގެން އިދިކޮޅު އެމްޑީޕީން ސަަރުކާރު ވައްޓާލަން އުޅުނު ކަމަށާއި ރައްދުގައި ސަރުކާރުން ރިޝްވަތު ދީގެން މަޖިލިސް މެންބަރުންތަކެއް ގަތް ކަމަަށް ތުހުމަތުކޮށްފި އެވެ.

ތަހުގީގީ ނޫސްވެރިކަމުގައި އެންމެ ފުންނާބު އުސް ނޫސްތަކުގެ ތެރޭގައި ހިމެނޭ ވޮޝިންޓަން ޕޯސްޓުން މި ތުހުމަތުތައް ކުރީ އެތައް ދުވަހެއް ވަންދެން ހިންގި ތަހުގީގަކަށް ފަހު, އެމްޑީޕީ އާއި ސަރުކާރާ ގުޅުންހުރި މީހުންނާ ވާހަކަ ދައްކައިގެންނާއި އެ ނޫހުން އެއްކުރި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށެވެ.

ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައިވާ ގޮތުގައި މި ހުރިހާ ކަމެއް ފެށިގެން އައީ ނިމުނު ރިޔާސީ އިންތިހާބުގެ ދުވަސްވަރުގަ އެވެ. ރިޔާސީ އިންތިހާބުގައި މުއިއްޒުއާ ދެކޮޅަށް އިންޑިއާ ސަރުކާރާ ގުޅުން އޮތް ބަޔަކު މަސައްކަތް ކުރީ އޭރު އިދިކޮޅުގައި ތިބެގެން ސަރުކާރުން ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން އެ ގައުމުގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެންނެވެ. ސިފައިންގެ މަސްދަރުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނީ އެމްޑީޕީއާ އެކީ މޫކައި ސޫޓްސްގައި އިންޑިއާގެ ޕޯލިން އެޖެންޓުންނާއި ކެމްޕެއިނަރުން މަސައްކަތް ކުރި ކަަމަށެވެ.

ރިޔާސީ އިންތިހާބުން ބަލިވުމާ ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލަން އިންޑިއާގެ ޖާސޫސީ އިދާރާ, ރޯއަށް "ޑިމޮކްރެެޓިކް ރިނުވަލް އިނީޝިއޭޓިވް" ގެ ނަމުގައި ކަރުދާހެއް ހުށަހެޅީ އެމްޑީޕީންނެވެ. މި ކަރުދާހުގައި އޮތީ މަޖިލިސް މެންބަރުންނާއި ސިފައިންނާއި ފުލުހުންނާއި ގޭންގުތަކުގެ ބައިވެރިވުމާ އެކީ ސަރުކާރު ވައްޓާލަން ހުށަހަޅާފަ އެވެ. އެކަމަށް ބޭނުންވާ ހަ މިލިއަން ޑޮލަރު ކަމަަށް ވެސް ރޯއާ މުއާމަލާތްކުރި މީހުން ބުނެފައިވެ އެވެ. މި ފައިސާ ހަރަދުކުރަން ބޭނުންވީ ރިޝްވަތު ދިނުމަށާއި ގޭންގުތަކަށް ފައިސާ ދިނުމަށެވެ.

މިކަމުގައި އިންޑިއާގެ ބަޔަކާއެކީ މެދުވެރިޔެއްގެ ރޯލު އަދާކުރި ކަމުގެ ބޮޑު ތުހުމަތެއް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ދެ މެންބަރުން ކަމުގައިވާ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށެވެ. ޝަހީމްއަކީ ރޯއާ ގާތް މީހެއް ކަމަށް ބުނާއިރު, އީސަ ވަނީ މަޖިލިސް އިންތިހާބަށް ވެސް އިންޑިއާއިން ފައިސާ ހޯދާނެ ކަމުގެ ޔަގީންކަށް ދީފަ އެވެ. އެކަމަކު އީސަ ވަނީ ޕޯސްޓާ ވާހަކަ ދައްކަވަމުން އެކަން ދޮގުކޮށްފަ އެވެ. އަދި މިއިން އެއްވެސް ފަހަރެއްގައި އިންޑިއާއިން ފައިސާ ދީފައިވާ ކަމަކަށް ރިޕޯޓުގައި ނެތެވެ.

މެންބަރުން ގަނެގެން އަޒުލުުކުރަން އުޅޭ ކަމަށް ދެކެވުނު ވާހަކަތައް ރައީސްއާ ހަމައަށް ދިޔުމުން އެކަން ހިނގާތައް ބައްލަވަން ނުހުރެ, އޭރު މަޖިލީހުގައި ތިބި 11 މެންބަރުން ގަންނަން ކޮންމެ މެންބަރަކަށް ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު ހަރަދުކުރި ކަމަށް ރައީސްގެ ޕާޓީގެ ބަޔަކާ ހަވާލާދީ ރިޕޯޓުގައި ބުންޏެވެ. އަދި ޖެހިގެން އައި މަޖިލިސް އިންތިހާބު ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރުމާ އެކީ އެމްޑީޕީއާ ދުރުވެ, އިންޑިއާއިން އަވަސް ވެގަތީ ގުޅުން ބަދަހިކުރަން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox