ރެކޯޑް އެވްރެޖަކާ އެކު ބުމްރާ ޓެސްޓް ކްރިކެޓްގައި 200 ވިކެޓް ހަމަކޮށްފި

Dec 29, 2024, 8:30 AM
ރެކޯޑް އެވްރެޖަކާ އެކު ބުމްރާ ޓެސްޓް ކްރިކެޓްގައި 200 ވިކެޓް ހަމަކޮށްފި

މެލްބާން، އޮސްޓްރޭލިއާ (ޑިސެމްބަރު 29) - އޮސްޓްރޭލިއާއާ ދެކޮޅަށް މިހާރު ކުރިއަށްދާ ސީރީސްގައި ދެއްކި މޮޅު ކުޅުމާ އެކު، އިންޑިއާގެ ފާސްޓް ބޯލަރު، ޖަސްޕްރީތު ބުމްރާ، ރެކޯޑް އެވްރެޖަކާ އެކު، ޓެސްޓް ކްރިކެޓްގައި 200 ވިކެޓް ހަމަކޮށްފި އެވެ.

އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މިއަދު ކުޅުނު މެޗުގައި ނެގި ދެ ވިކެޓާ އެކު، ބުމްރާ މި ވަނީ އޭނާގެ 44 ވަނަ ޓެސްޓް މެޗުގައި، 202 ވިކެޓް ހަމަކޮށްފަ އެވެ.

ޓެސްޓް ކްރިކެޓްގައި ކްރިކެޓް ތާރީހުގައި ވެސް 200 އަށް ވުރެ ގިނަ ވިކެޓް ނެގީ 85 ބޯލަރުންނެވެ. އޭގެ ތެރެއިން ބުމްރާގެ އެވްރެޖަކީ، 3912 ބޯޅައިން 19.56 އެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރާ ބޯލަރުންނަކީ، 20.34 އެވްރެޖްގައި އޮތް ގޯލް ގާނާ އާއި 20.39 އެވްރެޖަކަށް އޮތްް ޝޯން ޕުލޮކް އެވެ.

ބުމްރާ އަކީ ޓެސްޓް ކްރިކެޓްގައި، ހަތަރު ވަނަ އަށް އެންމެ މަދުން ބޯޅަ އުކައިގެން 200 ވިކެޓް ނެގި ކުޅުންތެރިޔާ އެވެ. އެ ގޮތުން، ބުމްރާ މި އަދަދު ހަމަކުރީ 8484 ބޯޅަ އުކައިގެންނެވެ. އެންމެ މަދު ބޯޅައިން 200 ވިކެޓް ހަމަކުރީ، 7725 ބޯޅައިން 200 ވިކެޓް ހަމަކުރި ވަގާރު ޔޫނިސް އެވެ.

ޓެސްޓް ކްރިކެޓްގައި އިންޑިއާ އަށް އެންމެ އަވަހަށް 200 ވިކެޓް ހަމަކޮށްދިނީ ދާދި ފަހުން ރިޓަޔާކުރި ރަވިޗަންދަރަން އަޝްވިން އެވެ. އަޝްވިން ވަނީ 37 ޓެސްޓް މެޗު ކުޅެގެން 200 ވިކެޓް ހަމަކޮށްފަ އެވެ. ބުމްރާ އާއި ރަވިންދުރަ ޖަދޭޖާ އަކީ އިންޑިއާގައި ދެ ވަނަ އަށް އެންމެ އަަވަހަށް ޓެސްޓް ކްރިކެޓްގައި 200 ވިކެޓް ހަމަކުރި ކުޅުންތެރިންނެވެ.

ކްރިކެޓް ތާރީހުގައި އެންމެ އަވަހަށް ޓެސްޓް ކްރިކެޓްގައި 200 ވިކެޓް ހަމަކުރީ ޕާކިސްތާންގެ ޔާސިރު ޝާހު އެވެ. އޭނާ 200 ވަނަ ވިކެޓް ނެގީ 33 ވަނަ ޓެސްޓް މެޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox