އިންޓަ އަށް މޮޅެއް، އެޓަލަންޓާ އިން އަހަރު ނިންމާލާނީ އެއް ވަަނައިގައި

Dec 29, 2024, 8:11 AM
އިންޓަ އަށް މޮޅެއް، އެޓަލަންޓާ އިން އަހަރު ނިންމާލާނީ އެއް ވަަނައިގައި

މިލާން (ޑިސެމްބަރު 29) - އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 3-0 އިން އިންޓަ މިލާން މޮޅުވިއިރު، ފަހު ވަގުތު ގޯލު ޖަހައި، ލާޒިއޯއާ 1-1 އިން އެއްވަރުކުރި އެޓަލަންޓާ އިން އާ އަހަރުގެ ބްރޭކަށްދާއިރު ލީގުގެ އެއް ވަނަ ޔަގީންކޮށްފި އެވެ.

އެޓަލަންޓާ، އެއް ވަނައިގައި އޮތީ 18 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިން އިންޓަ މިލާނަށް ވަނީ 17 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް 17 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މިރޭ ވެނެޒިއާއާ ދެކޮޅަށް ކުޅޭނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލާޒިއޯ އިން ވަނީ ރޭގެ މެޗުގެ 27 ވަަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ފިސާޔޯ ޑެލެ-ބަޝީރު އެވެ. ކުރިން ޝެފީލްޑް ޔުނައިޓެޑަށް ކުޅުނު ޑެލެ-ބަޝީރު މި ލަނޑު ޖެހީ ވޮލީ އަކުންނެވެ.

މި މެޗުގެ ކުރިން އެންމެ ފަހުން ލީގުގައި ކުޅުނު 11 މެޗުން އެޓަލަންޓާ މޮޅުވެފައި އޮތް ނަމަވެސް، މި މެޗުން އެކަން ހާސިލްނުވި އެވެ. ފަރުޖައްސާލަން ޖެހުނީ ފަހު ވަގުތު ލަނޑެއް ޖަހައި ހޯދި ޕޮއިންޓުންނެވެ. އެޓަލަންޓާ އަށް މި ލަނޑު ޖަހައިދިނީ، މާކޯ ބްރެސިއަނީނީ އެވެ. އޭނާ މި ލަނޑު ޖެހީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޑެމޯލާ ލުކްމަން ދިން ބޯޅައަކުންނެވެ.

ކަލިއަރީ ދަނޑުގައި އިންޓަގެ ގޯލުތައް ޖެހީ، ދެ ވަނަ ހާފުގަ އެވެ. މި ގޯލުތައް ކާމިޔާބުކުރީ، އަލެސަންދްރޯ ބަސްޓޯނީ، ހަކަން ޗަނޮނޯލޫ އަދި ލައުޓާރޯ މާޓީނޭޒް އެެވެ. މިއީ، އިންޓަ އިން ލީގުގައި ޖެހިޖެހިގެން ހޯދި ފަސް ވަނަ މޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox