"ވިލުންތެރި 20 – ރެސިލިއަންޓް 20" މައުރަޒުގެ ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

"ވިލުންތެރި 20 – ރެސިލިއަންޓް 20" މައުރަޒުގެ ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

ރާއްޖެއަށް 2004 ގައި އެރި ސުނާމީގެ ހާދިސާއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ "ވިލުންތެރި 20 - ރެޒިލިއަންޓް 20" ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ ހަތަރު ދުވަހުގެ އެ މައުރަޒު ޑިސެމްބަރު 29 ގެ ނިޔަލަށް ނެޝަނަލް އާޓް ގެލަރީގައި ކުރިއަށްދާނެ އެވެ.

އެ މައުރަޒުން ސުނާމީ ކާރިސާގައި ރާއްޖެއަށް ލިބިނު ހިތްދަތިކަމާއި، ސަލާމަތްވި މީހުންގެ ކެތްތެރިކަމާއި، މުޅި ގައުމަށް ގެނުވި އެއްބައިވަންތަކަމާއި ދިވެހިންގެ ހިތްވަރު އަލާކޮށްދެ އެވެ. އަދި އެ މައުރަޒަކީ އެފަދަ ކާރިސާތަކަށް ތައްޔާރުވުމުގެ މުހިންމުކަމާއި ވިލުންތެރި މުސްތަގުބަލެއް ބިނާކުރުމުގެ މުހިންމުކަން ހަދާން ކޮށްދޭ މައުރަޒެކެވެ.

އުރީދޫއިން ބުނީ އެ މައުރަޒުގައި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީ ރާއްޖެއަށް ދިމާވާ ކާރިސާތަކުގައި އެންމެ ކުރީސަފުގައި ނިކުންނަ އެއް ކުންފުންޏެއްގެ ހައިސިއްޔަތުން ކަމަށެވެ.

އޫރީދޫއިން ވަނީ ކާރިސާތަކަށް އިޖާބަދިނުމާއި ދުރާލާ ތައްޔާރުވުމުގައި ނަމޫނާ ދައްކުވައިދީ، ގައުމަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އެގޮތުން 2014 ގައި މާލޭގައި ކުރިމަތިވި ފެނުގެ ހާދިސާގައި، އޫރީދޫއިން ވަނީ އަވަސް އިޖާބައެއްދީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭނުންވާ ޓެލެކޮމިއުނިކޭޝަންގެ އެހީތެރިކަމާއި، ހިލޭ އެސްއެމްއެސް އެލާޓްތަކާއި، އިންޓަނެޓް ހިދުމަތްތައް ފޯރުކޮށްދީފަ އެވެ.

މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން 48 ގަޑިއިރުގެ ތެރޭގައި، އޫރީދޫގެ މުވައްޒަފުންގެ 85 ޕަސަންޓް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބަދަލުކޮށް، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ކަށަވަރުކޮށްދިނެވެ.

އުރީދޫއިން ވަނީ ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ. އަދި އުރީދޫއިން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާ ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާ ދިނުމަށާއި ސިއްހީ ދާއިރާ އާއި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ވެސް ފޯރުކޮށްދިނެވެ.

ހަމަ އެއާއެކު، އޫރީދޫއިން ވަނީ ގައުމުގެ ސިއްހީ ހިދުމަތުގެ ވަސީލަތްތައް ހަރުދަނާކުރުމަށް އެއާ އެމްބިއުލަންސް އިކުއިޕްމަންޓަށް 16 މިލިއަން ރުފިޔާ އިންވެސްޓްކޮށް، އަދި ދިވެހި ސަރުކާރަށް ތިން ސީ އެމްބިއުލަންސް ހަދިޔާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox