ޗެލްސީ ބަލިވުމުގެ ފައިދާނެގި ލިވަޕޫލަށް ހަތް ޕޮއިންޓުގެ ލީޑެއް

Dec 26, 2024, 10:23 PM
ޗެލްސީ ބަލިވުމުގެ ފައިދާނެގި ލިވަޕޫލަށް ހަތް ޕޮއިންޓުގެ ލީޑެއް

ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ 2-1 އިން ފުލަމް އަތުން ބަލިވުމުގެ ފައިދާނަގައި ލިވަޕޫލުން ފަހަތުން އަރައި 3-1 އިން ލެސްޓާ ސިޓީ ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލިވަޕޫލް އެއް ވަނައިގައި އޮތީ 17 މެޗުން 42 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 18 މެޗުން 35 ޕޮއިންްޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން މޮޅުވި، ނޮޓިންހަމް ފޮރެސްޓް އެވެ. ފޮރެސްޓަށް ވަނީ 18 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އާސެނަލަށް 17 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މާދަމާރޭ އިޕްސްވިޗް ޓައުން ބަލިކޮށްފިނަމަ ދެ ވަނަ އަށް އެރޭނެ އެވެ.

ނިއުކާސަލް ޔުނައިޓެޑުން ވަނީ އެސްޓަން ވިލާ އަތުން 3-0 އިން މޮޅުވެ، 18 މެޗުން 29 ޕޮއިންޓް ހޯދައި ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

Advertisement

އަމިއްލަ ދަނޑުގައި ޗެލްސީން ލީޑުނެގީ ފުރަތަމަ ހާފުގައި ކޯލް ޕާމާ ޖެހި ގޯލުންނެވެ. މެޗުގެ 82 ވަނަ މިނިޓާ ހަމައަށް ޗެލްސީ ލީޑުގައި އޮތްއިރު، ފުލަމް އިން މޮޅުވީ ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ޖެހި ގޯލުތަކުންނެވެ. އެ ގޮތުން، 82 ވަނަ މިނިޓްގައި ހެރީ ވިލްސަން ބޮލުން ގޯލެއް ޖަހައި އެއްވަރުކުރިއިރު، އިތުރު ވަގުތުގައި ރޮޑްރީގޯ މުނީޒް ޖެހި ގޯލާ އެކު، ފުލަމް އިން ވަނީ 45 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެލްސީ ދަނޑުގައި މޮޅުވެފަ އެވެ.

ހަ ވަަަނަ މިނިޓްގައި ޖޯޑަން އަޔޫ ޖެހި ގޯލުން ލެސްޓާ އިން ލީޑުނެގިއިރު، ލިވަޕޫލުން އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި، ކާޓިސް ޖޯންސް ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑުނަގައިދިންއިރު، މި ގޯލު ބަަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. އޭގެ ފަހުން، ގަކްޕޯ ޖެހި ގޯލެއް ވީއޭއާރްއިން ކެންސަލްކުރި އެވެ.

ލިވަޕޫލްގެ ފަހު ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ. ފުރަތަމަ ހާފުގައި ސަލާހު ޖެހި ޝޮޓެއް ހުރަސްދަނޑިއަށް އަމާޒުވި އެވެ.

ސިޓީ އެއްވަރު، ޔުނައިޓެޑް އަނެއްކާ ވެސް ބަލި

ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ 1-1 އިން އެވަޓަންއާ އެއްވަރުވެފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ވަނީ 2-0 އިން ވުލްވްސް ދަނޑުގައި ބަލިވެފަ އެވެ.

ސިޓީން ރޭ ކުޅުނު މެޗުގައި ބެނާޑޯ ސިލްވާގެ ގޯލުން ލީޑުނެގިއިރު، މާ ލަސްތަކެއްނުވެ، އިލިމަން އެންޑިއާޔޭ ވަނީ ގޯލެއް ޖަހައި އެވަޓަން އަށް އެއްވަރުކޮށްދީފަ އެވެ.

ދެ ވަނަ ހާފުގައި ސިޓީ އަށް އަލުން ލީޑުނަގައިދޭން އާލިން ބްރައުޓް ހާލަންޑް ފޮނުވާލި ޕެނަލްޓީ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ސިޓީ ލީގުގެ ހަތް ވަނައިގައި އޮތީ 18 މެޗުން 28 ޕޮއިންޓާ އެކު އެވެ.

ޔުނައިޓެޑަށް މައްސަލަ ދިމާވީ ދެ ވަނަ ހާފު ފެށުނުތަނާ އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ މި ސީޒަނުގައި ފެނާންޑޭސް އަށް ދެއްކި ތިން ވަނަ ރަތް ކާޑެވެ.

ފެނާންޑޭސް އަށް ރަތެއް ދެއްކިތާ އިރުކޮޅެއް ނުވެ، މަތެއުސް ކޫންޏާ ވަނީ ކޯނަރަކުން ގޯލެއް ޖަހައި، ވުލްވްސް އަށް ލީޑުނަގައިދީފަ އެވެ. އަދި އިތުރު ވަގުތުގައި ކޫންޏާ ހުސްކޮށްލާފައި ދިން ބޯޅައަކުން ހްވާން ހީ ޗާން ވަނީ ގޯލެއް ޖަހައި، ވުލްވްސް އަށް އާ ކޯޗު ޕެެރެއިރާއާ އެކު ދެ ވަނަ މެޗުން މޮޅުކޮށްދީފަ އެވެ.

ޔުނައިޓެޑް މި ވަގުތު ލީގުގެ 14 ވަނައިގައި އޮތީ، 18 މެޗުން 22 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox