ސައުދާގަރަށް ކިރުތަށި އަރުވަން ހަވާލުކުރެވުނު ނޯކަރުންގެ ވާހަކަ

ސައުދާގަރަށް ކިރުތަށި އަރުވާ މަންޒަރު ދައްކުވައި ދޭން އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް.

ސައުދާގަރަށް ކިރުތަށި އަރުވާ މަންޒަރު ދައްކުވައި ދޭން އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް.

އެއް ސަހަރެއްގައި އުޅުނު މުއްސަނދި ސައުދާގަރެކެވެ. ހިތްހެޔޮކަމާއި މީހުންނަށް ރަހުމު ކުރުމުގެ ސިފަ ހުރި މޫނުމަތި އަލި، މިޒާޖުގައި އުފާވެރި މީހެކެވެ. އޭނާގެ ހިދުމަތުގައި ތިބި އެތައް ސަތޭކަ ނޯކަރުންގެ ތެރެއިން އެންމެ އިސް މީހަކަށްވީ އޭނާއަށް ކިރުތަށި އަރުވާ މީހާ އެވެ. މިއީ ސައުދާގަރުގެ ކޮޓަރިކޮޅަށް ވަނުމުގެ އިޒުނަ އޮންނަ މަދު މީހުންގެ ތެރެއިން މީހެކެވެ.

ސައުދާގަރުގެ އާދަ ހުންނަ ގޮތުން ކޮންމެ ރެޔަކު ނިދުމުގެ ކުރިން ކިރުތަށްޓެއް ބޯން ބޭނުން ވެ އެވެ. މިއީ ސައުދާގަރަށް ހާއްސަކޮށް، މާ ދުރު ރަށަކުން ގެންނަ ކިރެއް ކަމަށް ވެ އެވެ. ކިރުތަށި އަރުވާ މީހާ ފަރުވާތެރިކަމާއެކު އޭނާގެ ޒިންމާ އަދާކުރަމުން ގެންދެ އެވެ. މި މަސައްކަތުގައި އުޅޭއިރު، އެ ކިރުތަށި ބޯލުމާއެކު ސައުދާގަރު ގާތަށް އަންނަ ނިންޖެއްގެ އަރާމުކަމާއި، އަނެއް ދުވަހު ހެނދުނު ހޭލާއިރު ހުންނަ ތާޒާކަމާއި، އޭނާގެ ސިއްހަތުގެ ދުޅަހެޔޮކަން ފެނި ކިރުތަށި އުފުލާ މީހާގެ ނިޔަތް ގޯސް ވެއްޖެ އެވެ. މާ ދުރު ރަށަކުން މިހައި ހޭދައެއް ކޮށްގެން މި ކިރެއް ގެންނާނީ މިއީ ލައްކަ މޮޅު ބުއިމަކަށްވީމާތާ އެވެ. އަދި އެންމެ ރެއެއް ދޫނުކޮށް، ހަމަ ކޮންމެ ރެޔަކު އެ ކިރެއް ބޯން އެވަރަކުން އުޅޭނީ މީގައި ހުރި ފައިދާތައް ގިނަގުނަ ވީމާކަން ގައިމެވެ. މީގެ ގޮތް ވާނީ ބަލާށެވެ.

ކިރުތަށި އުފުލާ މީހާ އޭނާގެ ހިތުގައި ހިނގި ހިޔާލާ އެއްގޮތަށް އަމަލުކޮށް ކިރުތަށިން ރަހަ ބަލާލި އެވެ. މިއީ ދުވަހަކުވެސް ރަހަ ދެކިފައި ނުވާ ވަރުގެ މީރު ބުއިމަކަށް ވެއްޖެ އެވެ. ފުރަތަމަ ކޯވަރުންވެސް ހިތާއި ރޫހު ތާޒާކޮށްލިކަމަށް މީނާއަށް އިހުސާސުވެއްޖެ އެވެ. އެކަމަކު އެކީއެކަށް ބޯލެވޭކަށްވެސް ނެތެވެ. ކޮންމެ ދުވަހަކުވެސް ސައުދާގަރުގެ ގަނޑުވަރަށް ގެނެވެނީ ބޮޑު ތަށްޓެއްގެ ކިރެވެ. އެ ހުރިހާ އެއްޗެއް ހަމަ އެރޭ ސައުދާގަރު ބޯލާނެ އެވެ. އެހެންވީމާ ފިކުރު ހިންގުމަށްފަހު މީނާ މޮޅު ބުއްދިއެއް ނެރުނެވެ. ތަށީގެ ހަތަރުބައިކުޅަ އެއްބަޔަށްވާ މިންވަރު ބޯލުމަށްފަހު އުނިވި ބައި ފޫބައްދާން އެއަށް ފެން އެޅި އެވެ. އޭގެ ފަހުން ސައުދާގަރަށް ކިރުތަށި އަރުވަނީ މި ގޮތަށް ހަތަރުބައިކުޅަ އެއްބައި ބޮއި، އެބަޔަށް ފެން އަޅައި ތަށި ފުރާލައިގެންނެވެ.

Advertisement

މިގޮތުގައި ދުވަސްތަކެއް ވެއަތުވެ ދިޔަފަހުން، މި ނޯކަރު މިގަނޑެއް ގަންނާން ހުއްޓައި ސައުދާގަރު ގަނޑުވަރުގެ އެހެން ނޯކަރަކަށް ފެނިގެން އެ ވާހަކަ ސައުދާގަރަށް ރިޕޯޓުކޮށްފި އެވެ. ތިބާއަށް ކިރުތަށި އަރުވާ މީހާ އެ ތަށި ގެންގޮސް ދެނީ އޭގެ ހަތަރުބައިކުޅަ އެއްބައި ބޯލުމަށްފަހު އެއަށް ފެން އަޅައިގެންނެވެ. ސައުދާގަރު ބުންޏެވެ. އަހަރެން ތިކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނަމެވެ.

ކިރުތަށި އެރުވުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ސައުދާރު ހެދި ގޮތަކީ، ކިރުތަށި އަރުވާ މީހާ އެކަން ކުރާ ގޮތް ބެލުމަށް އިތުރު ނޯކަރަކު ހާއްސަކުރުމެވެ. އޭގެ ފަހުން ދުވަސްކޮޅެއް ވާންދެން ކަންކަން ދިޔައީ ރަނގަޅަށެވެ. ކުޑަ ދުވަސްކޮޅެއް ފަހުން ކިރުތަށި އަރުވާ މީހާ، މި ކިރުގެ މޮޅުވާހަކަ ދައްކައިގެން އަލަށް ވެއްދި ނޯކަރު ހައްލާލައިފި އެވެ. އޭނާގެ ހިތުގައި ހިނގި ދަހިވެތިކަމުގައި އޭނާވެސް ކިރުތަށި އުފުލާ މީހާއާ ބައިވެރިވެއްޖެ އެވެ. މިހާރު ކިރުތަށި ގެންގޮސްދެނީ މި ދެމީހުން ކުރެ ކޮންމެ މީހަކު ހަތަރުބައިކުޅަ އެއްބައި ބޯލުމަށްފަހުގަ އެވެ. އެހެންވީމާ ކިރުތަށިން ސަލާމަތްވަނީ ދެބައިކުޅަ އެއްބައެވެ. އުނިވާ ބަޔަށް ފެން އަޅައި ތަށި ފުރާލައިގެން ގެންގޮސްދޭއިރު، ރަހައިގެ ތަފާތެއް ފާހަގަވީނަމަވެސް ސައުދާގަރު އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ.

ދެންވީ ކުރިންވެސް ވީގޮތެވެ. މި ދެމީހުން މި ބޮޑު ވައްކަން ކުރަނިކޮށް އެހެން ނޯކަރަކަށް ފެނިގެން ގޮސް ރިޕޯޓުކޮށްފި އެވެ. ސައުދާގަރު ހެދި ގޮތަކީ މި ދެމީހުން އަމަލުކުރާ ގޮތް ބަލާން މި ދެމީހުންގެ މައްޗަށް އިތުރު މީހަކު އައްޔަނުކުރީ އެވެ. އޭގެ ފަހުން އަނެއްކާވެސް ދުވަސްކޮޅަކު މިކަން ހުއްޓިފައި އޮތުމަށްފަހު ތިންވަނަ މީހާވެސް މި ގޭންގާ ގުޅިއްޖެ އެވެ. މިހާރު ސައުދާރަށް ލިބެނީ ކިރުތަށީގެ ހަތަރުބައިކުޅަ އެއްބައެވެ. އަނެއް ތިންބައި މި ތިން މީހުން ބޯލަ އެވެ.

އަނެއްކާވެސް ދުވަސްކޮޅެއްވީތަނާ، އެހެން ނޯކަރަކު ސައުދާގަރަށް މިކަން ރިޕޯޓުކޮށްފި އެވެ. މީނާ ވަރަށް ފަރުވާތެރިކަމާއެކު ވިސްނުމަށްފަހު، ނިކަން ތެދުވެރިކަމަށް ފެންނަ މީހަކު މި ތިން މީހުންގެ މައްޗަށް އައްޔަނުކޮށް، މި މީހުން ހަދާނުހަދާ ގޮތް ބެލުމަށް ނިކަން ރަނގަޅަށް އިރުޝާދު ދީފި އެވެ. އެހިސާބުން ކަންކަން ހަމަމަގަށް އެޅިއްޖެ އެވެ. އެހެންނަމަވެސް ދުވަސްކޮޅަކަށެވެ.

މިހާރު ކިރުތަށި އުފުލާން ހަތަރު ނޯކަރުން އެބަތިއްބެވެ. ފަހުން އައްޔަނުކުރި މީހާއަށް މި ވައްކަމުގައި ޝާމިލުނުވެ ހުރެވުނީ ދުވަސްކޮޅަކު އެވެ. މީނާވެސް ހިތުގައި ހިނގި ދަހިވެތިކަމުގައި މި މީހުންނާ ބައިވެއްޖެ އެވެ. އެކަމަކު ކޮންމެ މީހަކު ހަތަރުބައިކުޅަ އެއްބައި ބޯލުމުން ސައުދާގަރަށް އަރުވާކަށް ކިރެއް ނުހުންނާނެ އެވެ. އެހެންވެ މި މީހުން ވިސްނުމަށްފަހު މޮޅު ރޭވުމެއް ރޭވި އެވެ.

ސައުދާގަރު ކިރުތަށީގެ އިންތިޒާރުގައި އެބަ އިނެވެ. މި ހަތަރު މީހުން އޭރު ކިރުބޮއި ވައެއް ލައިފައި ގަނޑުވަރުގެ ބޭރުގައި މަޑުކޮށްގެން އެބަތިއްބެވެ. ސައުދާގަރަށް ނިދޭނެހައި އިރުކޮށްފައި މީގެ ތެރެއިން އެކަކު އެތެރެއަށް ވަދެ ސައުދާގަރުގެ މަތިމަހުގައި ކިރު ކޮޅެއް ހާކާލާފައި ނުކުމެގެން ދިޔައީ އެވެ. ހެނދުނު ހޭލާފައި ސައުދާގަރު ޝަކުވާ އެބަކުރެ އެވެ. ކަލޭމެން ރޭގައި މަށަށް ކިރުތަށްޓެއް ނުދެމެއް ނޫންހެއްޔެވެ؟ މި ހަތަރު މީހުން އެއްފަހަރާ ޖަވާބު ދިނެވެ. ނޫނެކެވެ. ސާހިބާ ރޭގައި ނުލާހިކު މީރުކޮށް ކިރުތަށި ހިއްޕެވި އެވެ. ނިކަން ލޯގަނޑުން މޫނުފުޅު ބައްލަވާށެވެ. މިހާރުވެސް މަތިމަސްފުޅުގައި ކިރުގެ ނިޝާން އެބަހުއްޓެވެ. ސައުދާގަރަށް ޖެހުނީ ކިރު ބުއިކަމަށް އެއްބަސްވާށެވެ. މިހެން އެތައް ރެއެއް ތަކުރާރުވެގެން ދިޔައިރު ސައުދާގަރުގެ ސިއްހަތު ދެރަވާން ފަށައިފި އެވެ. ހެދިހުރި ހެސަ ހަށިގަނޑު އަނަރޫފަވާން ފަށައިފި އެވެ. ހަތަރު ވަގުން އެމީހުންގެ ކުޅިވަރުގައި ދެމިތިއްބެވެ. ވާހަކަ ނިމުނީ އެވެ.

މި ވާހަކަ އަހަރުމެންގެ ދިރިއުޅުމާ ގުޅުވާށެވެ. ވާހަކައިގައި އެ ބުނާ ސައުދާގަރަކީ ކާކުތޯ ނޯކަރުންނަކީ ކޮންބައެއްތޯ ވިސްނާށެވެ.

ސައުދާގަރަކީ ތިބާ އެވެ. ރައްޔިތުންނެވެ. ނޯކަރުންނަކީ ސަރުކާރެވެ. އަހަރުމެންނަށް މިލްކުވެގެންވީ މުދާތައް ވަކި ހަމައަކުން، ތަރުތީބަކުން ބަލަހައްޓައި، އެއިން އަހަރުމެންނަށް ހިދުމަތްކުރުމަށް އަހަރުމެން ސަރުކާރެއް އުފައްދަމެވެ. ގޯހެއް ހަދާފާނެކަމަށް ދެކިގެން އެކަމަށްވާ ހުޝިޔާރުގައި އެކަކު ކުރާ ކަންތައް ބެލުމަށް އަނެކަކު އިސްކުރަމު އެވެ. ނިޒާމު އެކަށައަޅާފައިވާ ގޮތުން، އެކަކު ގޯހެއް ހަދައިފިނަމަ އޭނާ އެ ހެދި ގޯހެއް އަނެކަކު ބަލައި، އަހަރުމެންގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެވެ. އެހެންނަމަވެސް އެ އެކަށައެޅި ނިޒާމު މިހާރު ބޮއްސުންލައިފި އެވެ. އަހަރުމެންގެ މުދަލުން ވައްކަންކުރުމުގައި ހުރިހާ ނޯކަރުން ބައިވެރިވެއްޖެ އެވެ.

ސައުދާގަރަށް ވައްކަމުގެ ފުރަތަމަ ރިޕޯޓު ލިބުނު ދުވަހު ވެސް ނޯކަރު އެ މަގާމުން އެކަހެރިކޮށް، އޭނާއަށް ފިޔަވަޅު އެޅިނަމަ އެ ވައްކަން އެ ނިސްބަތަށް ބޮޑުވެގެން ނުދިޔައީހެވެ. ލިބިގަންނާންވީ އިބުރަތަކީ މިއީ އެވެ. ނޯކަރު އަހަރުމެންގެ މުދަލުން ވައްކަން ކުރާކަން ކަށަވަރުވުމުން އޭނާ އިތުރަށް އެ މަގާމުގައި ނުބަހައްޓައި، މަގާމުން އެކަހެރި ކުރަންވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox