އުރީދޫ ސައިކަލު ލިބޭ ޕްރޮމޯޝަން ޑީސެމްބަރު 31، ގެ ނިޔަލަށް

އުރީދޫ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިޔަކާ ސައިކަލެއް ހަވާލު ކުރުން -- ފޮޓޯ: އުރީދޫ

އުރީދޫ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިޔަކާ ސައިކަލެއް ހަވާލު ކުރުން -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކު ސައިކަލެއް ލިބޭ ޕްރޮމޯޝަން ޑިސެމްބަރު 31، ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން މިހާތަނަށް 25 ނަސީބުވެރިން ހޮވާފައި ވާއިރު، އަދި އިތުރު ފަސް ނަސީބުވެރިން ހޮވަން ހަމަޖެހިފައިވާ ކަމަށެވެ.

ސައިކަލު ލިބޭ ޕްރޮމޯޝަންގެ ދަށުން ލިބިދާނެ ސައިކަލުތައް:

• 2 އެއާބްލޭޑް 160 – ސްޓޭންޑަރޑް އެޑިޝަން

Advertisement

• 1 އެއާބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން

• ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު - ޕީސީއެކްސް 160

• އެންމެ އަގު ހުރި އިނާމު - ރެބެލް 300 (2024)

މިދިޔަ ސެޕްޓެމްބަރު 23، ގައި އުރީދޫއިން ފެށި ޕްރޮމޯޝަންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަންނަނީ ސައިކަލެއް ދޫ ކުރަމުންނެވެ. އެ ޕްރޮމޯޝަން ނިމޭއިރު ޖުމްލަ 30 ސައިކަލު ނަސީބުވެރިންނަށް ދޭނެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫ އާއި ގުޅޭ ކަސްޓަމަރުންނަށް ވެސް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓާމަރެއް ނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮން އެއް ނެގުން.
  • އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން.
  • އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.

އުރީދޫއިން ކުރިއަށް ގެންދާ ސައިކަލު ލިބޭ ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މީގެ އިތުރުން އެ ޕްރޮމޯޝަނަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫއިން ބުނީ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އެ ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން އިއުލާނު ކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox