ފެނަކައިން ވަކިވުމުގެ ކުރިން މުވައްޒަފުން އިތުރުކުރަން މުއާޒު އެދުނު، ޕީސީބިން ހުއްދަ ނުދިނީ

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު: އޭނާ ވަނީ އިސްތިއުފާ ދެއްވަމުން ގިނަ ކަންކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު: އޭނާ ވަނީ އިސްތިއުފާ ދެއްވަމުން ގިނަ ކަންކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ގިނަ ރަށްތަކެއްގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރު ކުންފުނި، ފެނަކައިން އިސްތިއުފާދެއްވުމުގެ ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ކުންފުންޏަށް އިތުރު މުވައްޒަފުން ނަގަން މުއާޒު މުހައްމަދު ރަޝީދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެދުނުކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ފެނަކައިގެ އޮނިގަނޑު ބަދަލުކޮށް، މަގާމުތައް އުފައްދައި މުވައްޒަފުންގެ އަދަދު ގިނަކުރަން ޕީސީބީގައި ހުއްދައަށް އެދުނު ނަމަވެސް، އެ ބޯޑުން ނިންމީ ފެނަކައިން އެދުނު ގޮތަށް އެ ހުއްދަ ދެވެން ނެތް ކަމަށެވެ. ނަމަވެސް ކުންފުނީގެ އިދާރީ އޮނިގަނޑަށް ގެންނަން ހުށަހެޅި ބައެއް ބަދަލުތައް ގެންނަން ޕީސީބީން ހުއްދަ ދިިނެވެ.

މިކަން ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުއާޒަށް އަންގައި ޕީސީބީން ފޮނުވި ސިޓީގެ ކޮޕީއެއް މި ނޫހަށް ލިބިފައިވެ އެވެ. އެ ސިޓީގައި މައިގަނޑު ގޮތެއްގައި އޮތީ ފެނަކައިގެ މާލީ ހާލަތަށް ރިއާޔަތްކޮށް ކޭޝްފްލޯ ހަމަޖެއްސުމުގައި އިތުރު މަގާމުތައް އުފައްދައި މުވައްޒަފުން ނަގަން ޕީސީބީގެ ހުއްދަ ނެތް ކަމަށެވެ.

ޕީސީބީގެ ސިޓީގައި ފާހަގަކުރި މުހިންމު އެއް ނުކުތާއަކީ، މުވައްޒަފުން އިތުރުކުރަން ހުށަހެޅިއިރު އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ގޮތެއް ފެނަކައިން ހުށަހަޅާފައި ނެތުމެވެ.

މި ހާލަތުގައި ކުންފުނި އޮތް އިރު ހަރަދު ކުޑަކުރަން އެ ބޯޑުން ނެރެފައިވާ ސާކިއުލާއާ އެއްގޮތަށް މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެންނާށާއި، ފެނަކައިގެ ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކު ޕީސީބީން ދައުރުކޮށްފައިވާ ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކާ އެއްހަމަކުރަން ވެސް ޕީސީބީން އެ ކުންފުންޏަށް އަންގާފައިވެ އެވެ.

ފެނަކައަށް އިތުރު ކަމަކަށް އަންގާފައި އޮތީ އަލަށް ނަގާ މުވައްޒަފުންނާއި އެތެރެއިން މަގާމުތަކަށް އައްޔަނުކުރެވޭ މުވައްޒަފުންނާ މަސްއޫލިިިއްޔަތު ހަވާލުކުރުމުގައި ކުންފުނީގެ ހިއުމަން ރިސޯސަސް ޕޮލިސީތަކާ އެއްގޮތްވާ ގޮތުގައި މަތިން "ޓާމްސް އޮފް ރިފަރެންސް" ހަދައި އެއާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ.

ހަމައެހެންމެ މުވައްޒަފުންގެ ހަރަދު، ކުންފުނީގެ ޖުމްލަ އާމްދަނީގެ 30 ޕަސެންޓަށް ވުރެ އިތުރު ނުވާނެހެން ޕީސީބީން ހުއްދަ ދީފައިވާ ސްޓްރަކްޗާއާ އެއްގޮތަށް އަމަލުކުރާށާއި މުސާރަ އާއި އިނިޔާތް ދިނުމާއި ކުންފުނީގެ އެހެނިހެން ހަރަދުތައް ކުރުމުގައި ކޭޝްފްލޯ މެނޭޖުކުރެވޭނެ ގޮތަކަށް ޕްލޭންކޮށްގެން ކުރިއަށް ގެންދަން ވެސް އެ ބޯޑުން އަންގާފައިވެ އެވެ.

ޕީސީބީގެ ސިޓީގައި އޮތް ތާރީހަށް ބަލާއިރު، މިއީ ނޮވެމްބަރު މަހުގެ ކުރީކޮޅު ފެނަކައަށް ފޮނުވާފައި އޮތް ފެނަކައަށް ފޮނުވާފައި އޮތް ސިޓީއެކެވެ. އެހެންކަމުން ކުންފުނި ހިންގުމުގައި ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ބުނެ މުއާޒު އިސްތިއުފާ ދިނީ ޕީސީބީން މިގޮތަށް އަމަލުކުރަން އަންގާފައި ވަނިކޮށެވެ. މުއާޒު މަގާމުން އިސްތިއުފާ ދިނީ އިއްޔެގަ އެވެ.

މުއާޒުގެ އިސްތިއުފާގެ ސިޓީގައި، ގިނަ ކަންކަމާ މެދު ހިތްހަމަޖެހިވަޑައިގެން ނެތް ކަން ދޭހަވާ މޭރުމަކުން ވިދާޅުވީ ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ވެސް ނަގަން ޖެހުނު ކަމަށާއި، ކުންފުނީގެ މުވައްޒަފުން މަދުކުރަން ވެސް ސަރުކާރުގެ އެއްބާރުލުން ނުލިބުނު ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ފެނަކައިގެ މާލީ ހާލަތު ރަނގަޅުކުރަން ގިނަ ގޮންޖެހުންތަކެއް ހުރި ކަން ވެސް އޭނާގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox