ފަޒުލްގެ މަސްލަހަތު އޮތް ކުންފުނިތަކަކަށް ތިލަފުށިން ބިންތަކެއް ދޫކުރި ކަމުގެ ތުހުމަތު

ސިނާއީ ގިނަ މަސައްކަތްތަކެއް ކުރާ ތިލަފުށި. -- ފޮޓޯ: އެޗްޑީސީ

ސިނާއީ ގިނަ މަސައްކަތްތަކެއް ކުރާ ތިލަފުށި. -- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މަސްލަހަތު އޮތް ކުންފުނިތަކަކަށް ތިލަފުށިން ގިނަ ބިންތަކެއް ދޫކޮށްފައިވާ ކަމަށް، އެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފި އެވެ.

ފަޒުލްގެ މަސްލަހަތު އޮތް ބައެއް ކުންފުނިތަކަށް ބިން ހަމަޖެއްސި ކަމަށް، އެޗްޑީސީގެ އެތެރޭގެ މައްސަލަތައް ބަޔާންކޮށް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޖުލައި މަހު ފޮނުއްވި ސިޓީގައި ވެސް ފާހަގަ ކޮށްފައިވެ އެވެ.

ތިލަފުށީގައި އެމްޑަބްލިޔޫއެސްސީ އަށް އޮތް ބިމެއް، ފަޒުލްގެ މަސްލަހަތު އޮތް ހައިޕަލޫޕް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރުމުގެ އިތުރުން، އެ ކުންފުންޏަށް 14,742 އަކަފޫޓުގެ ބިމަކާއި 15000 އަކަފޫޓުގެ ހަމަޖެއްސި ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

Advertisement

އަދަދު ނޫހަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ހައިޕާލޫޕަށް 14,742 އަކަފޫޓުގެ ބިން 25 އަހަރަށް ކުއްޔަށް ދިނީ، އަކަފޫޓެއް 5ރ. ގެ މަގުންނެވެ. މި ބިމުގެ އެކްއުޒިޝަން ފީގެ ގޮތުގައި އަކަފޫޓެއް، 38.55ރ. ގެ ރީޓުން ކަނޑައަޅާފައި ވާއިރު، ސީއެސްއާރުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައަޅާފައި ވަނީ އަކަފޫޓެއް 60ރ. ރޭޓުންނެވެ.

ޒުހޫރުގެ ސިޓީގައި ފަޒުލްގެ މަސްލަހަތު އޮތް އެހެން ކުންފުންޏަކަށް ވެސް 15000 އަކަފޫޓުގެ ބިމެއް ތިލަފުށިން ކުއްޔަށް ދޫކޮށްފައިވާ ފާހަގަކޮށްފައިވެ އެވެ.

އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން އަދަދު ނޫހަށް ބުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ފަޒުލް ހުންނެވިއިރު، އޭނާއާ ގުޅުން ގާތް، އަދި މަސްލަހަތު އޮތް 15 އަށް ވުރެ ގިނަ ކުންފުންޏަށް ތިލަފުށިން ބިން ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ.

މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރަމުން ދިޔުމަކީ އޭނާ މަގާމުން ވަކިކުރަން ޖެހުނު ސަބަބު ކަމަށް ޒުހޫރު ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ފަޒުލް ހިންގި ކަމަށް ތުހުމަތުކުރެވޭ ކަންކަން ކުރި ކަމަށް އެންމެ ބޮޑަށް ބާރު ލިބެނީ އެޗްޑީސީގެ ޗެއާޕާސަންގެ މަގާމުން ވަކިކުރި އަހުމަދު ޒުހޫރު ފޮނުއްވި ސިޓީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސްކޮށް ފޮނުއްވި މި ސިޓީގައި އެޗްޑީސީގެ ތެރޭގައި ފަޒުލްގެ ސީދާ ބައިވެރިވުމާއެކީ އެތައް ޖަރީމާއެއް ހިންގަމުން ދިޔަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެ ސިޓީ "އަދަދު" ނޫހުން ލީކްކޮށްލުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަނިކުފާނަށް އެ ސިޓީ ލިބިވަޑައިގެންފައި ނެތް ކަމަށެވެ. ނަމަވެސް ޖުލައި 1، 2024 ގައި ރައީސް އޮފީހަށް އެ ސިޓީ ބަލައިގަނެފައިވާ ކަމުގެ ލިޔުން ވެސް ދޫކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox