ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހީނާގެ އިސްތިއުފާއަށް ގޮވަނީ

ހީނާ ވަލީދު: އެންސްޕާގެ ސީއީއޯ ކަމުން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުން -- ފޮޓޯ؛ އޭސީސީ

ހީނާ ވަލީދު: އެންސްޕާގެ ސީއީއޯ ކަމުން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުން -- ފޮޓޯ؛ އޭސީސީ

ސޯޝަލް މީޑިއާގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު އިސްތިއުފާއަށް ގިނަ ބަޔަކު ގޮވާލައިފި އެވެ.

އެންސްޕާއަށް ރައްދުވާ ކޮރަޕްޝަނުގެ މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އާއި ހީނާއާ ގުޅުން އޮތް އެމްއެމްޓީވީ ހިންގަން އެ އެޖެންސީއަށް އޮފީހެއް ބޮޑު އަގުގައި ކުއްޔަށް ދިން މައްސަލަ އެވެ.

އެ މައްސަލަ މިހާތަނަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިސާބަށް އައިސްފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވުމުން ވެސް ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ތިންބާރު ވަކިވެފައިވާ ދައުލަތް ހިންގުމުގެ ނިޒާމު މުޅިން ނެތިގޮސް، ދައުލަތާއި ސަރުކާރަކީ ވައްކަމާއި ފޭރުމުގެ ހާއްޔެއްގެ ގޮތުގައި ސިފަވާންފެށުމަކީ އަމައްލަފުޅަށް ހީނާ ވެސް ވިސްނަންވެއްޖެ ކަމެއް ކަމަށާއި މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

އޭގެއިތުރުން އެކްސްގައި ResignHeena# ގެ ނަމުގައި ހޭޝްޓެގެއް ހަދައިގެން ގިނަ ބަޔަކު އަންނަނީ ހީނާގެ އެކި ޕޯސްޓްތައް ހަދައި އޭނާގެ އިސްތިއުފާއަށް ގޮވަމުންނެވެ.

ޕީއެންއެފްއިން ކުރިން ބޭއްވި ހަރުގެ ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީން ވެސް ވަނީ އެންސްޕާއިން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ވިދާޅުވެ، ހީނާ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ގޮވާލައިފަ އެވެ.

އެމްއެމްޓީވީ އާއި އެންސްޕާއާ ދެމެދު ވެވުނު ފަސް އަހަރުގެ އެއްބަސްވުމަކީ މަހަކަށް 580،000ރ. ގެ ރޭޓުން ކުލި ދައްކާ ގޮތަށް، ޖުމްލަ 34.8 މިލިއަން ރުފިޔާގައި އަގުކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ކަންކަން ސޯޝަލްމީޑިއާއަށް ތިލަވެ އާންމުންނާއި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުންގެ ފާޑުކިޔުން އަމާޒުވުމުން އެންސްޕާއިން ވަނީ އެއްބަސްވުން އުވާލާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގުކުރަން ފަށައި އެންސްޕާއިން ލިޔުންތަކެއް ވެސް ގެންދިޔަ އެވެ. ނަމަވެސް އޭގެ ފަހުން މައްސަލާގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

އެމްއެމްޓީވީގެ މައި ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ، ރައީސް މުއިއްޒުގެ އަމިއްލަގެ މ. ދިމްޔާތު ބަލަހައްޓަން ހުންނަ، އެ މަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމުގައިވާ ހއ، ވަށަފަރު އަބްދުﷲ ޒާހިރު އެވެ. އޭނާއަކީ މީގެ ކުރިން މީޑިއާގައި އުޅުއްވި އަދި އެ ދާއިރާގެ ވިޔަފާރިއެއް ވެސް ކުރެއްވި ބޭފުޅެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox