ސްވިމިން ގައުމީ މުބާރާތުގެ އެއް ވަނަ ކްލަބަކަށް ފީނަ އާއި ދި

Dec 23, 2024, 9:05 AM
ސްވިމިން ގައުމީ މުބާރާތުގެ އެއް ވަނަ ކްލަބަކަށް ފީނަ އާއި ދި

ބީއެމްއެލް 48 ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ އެއް ވަަނަ ކްލަބަކަށް ފީނަ ސްވިމިން އެކަޑަމީ އާއި ދި ސްޕޯޓްސް ކްލަބް ހޮވިއްޖެ އެވެ.

އެ ގޮތުން، މުބާރާތުގެ އެއް ވަނަ ފިރިހެން ޓީމަކަށް ފީނަ ސްވިމިން އެކަޑަމީ ހޮވުނީ 330 ޕޮއިންޓް އާ އެކު އެވެ. ދެ ވަަނަ އަށް ދިޔަ ނިއު ލެގޫން ސްވިމިން ކްލަބަށް ވަނީ 200 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނަ ހޯދި މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން އަށް ވަނީ 100 ޕޮއިންޓް ލިބިފަ އެވެ.

އެއް ވަނަ އަންހެން ޓީމަކީ، 305 ޕޮއިންޓް ހޯދި ދި ސްޕޯޓްސް ކްލަބް އެވެ. އަދި ދެ ވަނަ އަށް ދިޔަ، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނަށް ވަނީ 210 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނަ ހޯދި ނިއުލެގޫން ސްވިމިން ކްލަބަށް ވަނީ 115 ޕޮއިންޓް ހޯދައިފަ އެވެ.

ގައުމީ ފެތުމުގެ މުބާރާތުގެ އޯޕަން ބައިން އެއް ވަނަ ހޯދީ މުހައްމަދު ރިހާން ޝިހާމް އާއި ހަމްނާ އަހުމަދު އެވެ. މި ދެ ފެތުންތެރިން ވެސް ހިމެނުނީ އެއް ވަނަ ދިޔަ ކްލަބްތަކުގަ އެވެ.

މި ފަަހަރުގެ ގައުމީ މުބާރާތުގައި 12 ކްލަބަކުން ވާދަކުރިއިރު، ހަތަރު ކެޓަގަރީ ކުރިއަށްދިޔަ އެވެ. އެއީ، ޖޫނިއާ، ސީނިއާ، އީއޭޑީ އަދި މާސްޓާސް ކެޓަގަރީ އެވެ. އެ ގޮތުން، ޖުމްލަ އެކު، 115 ފިރިހެން އެތުލީޓުން ފެނިގެންދިޔައިރު، އަންހެން އެތުލީޓުންގެ ޖުމްލަ އަދަދަކީ 56 އެވެ.

ބައިވެރިވި ކްލަބްތަކަށް ބަލާއިރު، އޭ10 ސްޕޯޓްސް ކްލަބް، އެކުއަފީނާ ސްވިމިން ކްލަބް، ބީޖީ ސްޕޯޓްސް ކްލަބް، ކްލަބް ބޮޑުރިޔާ، ދި ސްޕޯޓްސް ކްލަބް، ފީނަ ސްވިމިން އެކެޑަމީ، ގާޑިއަންސް ސްޕޯޓްސް ކްލަބް، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން، މޫދު މާލިމީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ލެގޫން ސްވިމިން ކްލަބް އަދި ސްޕޯޓްސް ނޭޗާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox