ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް ނަމްޒާ އައްޔަނުކޮށްފި

އާމިނަތު ނަމްޒާ: ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް ވަނީ އައްޔަނު ކުރައްވާފައި -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އާމިނަތު ނަމްޒާ: ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް ވަނީ އައްޔަނު ކުރައްވާފައި -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޕަބްލިކް ސާވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާޕާސަންގެ މަގާމަށް މ. ހަނީކޯމްބް، އާމިނަތު ނަމްޒާ މިއަދު އައްޔަނު ކުރައްވައިފި އެވެ.

ނަމްޒާ އެ މަގާމަށް އައްޔަނު ކުރެއްވިއިރު ހުންނެވީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. މި ސަރުކާރު ފެށުނުއިރު ނަމްޒާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ނަމަވެސް އެ މިނިސްޓްރީގައި ފެންމަތިވި މައްސަލަތަކާ ގުޅިގެން އޭނާ ލޯކަލް ގަވަމަންޓް މިނިސްޓްރީއަށް ބަދަލު ކުރީ އެވެ.

މިދިޔަ ރޯދަ މަހު ޓީވީއެމް އިން ގެނެސްދިން އިހުސާސް ޕްރޮގްރާމަކާ ގުޅިގެން ވަރަށް ބޮޑެތި ފާޑު ކިޔުންތައް ވެސް އޭނާއަށް އަމާޒުވި އެވެ. އެގޮތުން, ޕްރޮގްރާމާ ގުޅިގެން އަމާޒުވި ފާޑު ކިޔުންތަކާ ގުޅިގެން އޭރު ޕީއެސްއެމްއިން މައާފަށް އެދި، ޕްރޮގްރާމްގެ ކޮންޓެންޓު ކޮމިޓީން ބެލުމަށް ފަހު އެއާ ކުރުމަށް ނިންމި އެވެ.

ޓީވީއެމްގެ ޕްރެޒެންޓަރެއް ގޮތުގައި މަޝްހޫރުވި ނަމްޒާ އެންމެ ފުރަތަމަ ޕްރޮގްރާމް ހުށަހަޅައިދޭން ފެށީ 2001 ވަނަ އަހަރު އިނގިރޭސި ބަހުން ގެނެސްދޭ "ޓޫރިޒަމް އަންލިމިޓެޑް" އިންނެވެ.

އެއަށްފަހު ޓީވީއެމްއިން ގެނެސްދޭ ޕްރޮގްރާމްތައް ފާއިތުވި އަހަރުތަކުގައި ނަމްޒާ ވަނީ ގެނެސްދީފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ބަހާއި ދިވެހިން ބަހުން ވަނީ ޕްރޮގްރާމްތައް ހިމެނެ އެވެ.

ޕީޕީއެމް ކޮންގްރެސްގައި 2013 ގައި އެ ޕާޓީގެ އޭރުގެ ނައިބުރައީސް އަހުމަދު އަދީބުގެ ކެމްޕެއިން ޖަލްސާއެއް ހުށަހަޅައި ދިނުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ޝޯތަކުން ނަމްޒާ ސަސްޕެންޑު ވެސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox