ޗެލްސީން ނަގާލި ފުރުސަތުގެ ބޭނުން ލިވަޕޫލުން ރަނގަޅަށް ހިފައިފި

Dec 22, 2024, 6:56 PM
ޗެލްސީން ނަގާލި ފުރުސަތުގެ ބޭނުން ލިވަޕޫލުން ރަނގަޅަށް ހިފައިފި

ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ކުޅުނު މެޗުން 0-0 އިން އެވަޓަންއާ އެއްވަރުވިއިރު، ލިވަޕޫލުން 6-3 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ލީގުގެ އެއް ވަނައިގައި ލީޑު ނަގައިފި އެވެ.

މިރޭ, ޗެލްސީން ކުޅުނު މެޗުގައި އެވަޓަން ބަލިކުރިނަމަ، ލިވަޕޫލުން މެޗަށް ނުކުންނައިރު އޮންނާނީ ލީގުގެ ދެ ވަނައިގަ އެވެ. އެކަމަކު، ޗެލްސީ އަށް މޮޅެއް ނުހޯދުނުއިރު، ލިވަޕޫލުން ވަނީ މެޗު ކާމިޔާބުކޮށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ލިވަޕޫލް، އެއް ވަނައިގައި އޮތީ 16 މެޗުން 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް 17 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ.

އެވަޓަން ދަނޑުގައި އެ ޓީމުން ވެސް އެޓޭކްތަކެއް ކުރިއިރު، ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ އެ ބޯޅަތައް މަތަކޮށްފަ އެވެ. އަނެއްކޮޅުން، ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން ފޮނުވާލި ރަނގަޅު ހަމަލާއެއް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

Advertisement

ލިވަޕޫލުން ޓޮޓެންހަމް ދަނޑުގައި ލީޑުނެގީ ލުއިޒް ޑިއާޒް ބޮލުން ޖެހި ގޯލުންނެވެ. އަދި އަލެކްސިސް މެކް އަލިސްޓާ ބޮލުން ޖެހި ގޯލުން ލިވަޕޫލުން ލީޑުފުޅާކުރިއިރު، ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހައި ޓޮޓެންހަމް އަށް ފަރަގުކުޑަކޮށްދީފަ އެެވެ. އެކަމަކު، މުހައްމަދު ސަލާހު ދިން ބޯޅައަކުން ޑޮމިނިކް ސޮބޯސްލާއި ވަނީ ގޯލެއް ޖަހައި، ފުރަތަަމަ ހާފު ނިމުމުގެ ކުރިން އަލުން ދެ ގޯލުގެ ލީޑެއް އެ ޓީމަށް ނަގައިދީފަ އެވެ.

ދެ ވަނަ ހާފް ފެށިގެން ލަސްތަކެއް ނުވެ، ސަލާހު ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ގޯލާއި ފަސް ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން، ޓޮޓެންހަމްގެ ޑޭޖާން ކުލުސެވްސްކީ އާއި ޑޮމިނިކް ސޮލާންކޭ އެ ޓީމަށް ދެ ލަނޑު ޖަހައިދީ އުންމީދެއް ހޯދައިދީފައިވަނިކޮށް، ސަލާހު ދިން ބޯޅައަކުން ޑިއާޒް ވަނީ ލިވަޕޫލްގެ ހަ ވަނަ ގޯލު ޖަހައިފަ އެވެ.

ސަލާހަކީ ޕްރިމިއާ ލީގުގެ ސީޒަނެއްގައި، އަހަރު ނިމުމުގެ ކުރިން، 10 ލަނޑު ޖަހައި، 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ފުރަތަމަ ކުޅުންތެރިޔާ އެވެ. ސަލާހު ވަނީ މި ފަަހަރު ލީގުގައި، 15 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. އަނެއްކޮޅުން، ސަލާހު ވަނީ ލިވަޕޫލްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެއީ، 373 މެޗުން 229 ގޯލު ޖަހައިގެންނެވެ.

ބޯންމައުތުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބޯންމައުތު އަތުން ޖެހިޖެހިގެން ދެ ސީޒަނުގައި ބަލިވެ ޔުނައިޓެޑަށް ދަށް ރެކޯޑެއް

ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ބޯންމައުތު އަތުން ބަލިވެފަ އެެވެ. މިދިޔަ ސީޒަނުގައި ވެސް ބޯންމައުތު އަތުން އަމިއްލަ ދަނޑުގައި މި ނަތީޖާ އިން ބަލިވިއިރު، މިއީ ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމު އަމިއްލަ ދަނޑުގައި، ބޯންމައުތު އަތުން ބަލިވި ދެ ވަނަ ފަހަރެވެ.

ޔުނައިޓެޑް ދަނޑުގައި ބޯންމައުތަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގައި ސްޕެއިންގެ ޑިފެންޑަރު، ޑީން ހިއުސަން ޖެހި ގޯލުންނެވެ. މިއީ ހިލޭ ޖެހުމަކުން އައި ބޯޅައެއްގައި ހިއުސަން ބޮލުން ޖެހި ގޯލެކެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދޭން އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ލިބުނު ދެ ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދައި ނުލެވުނެވެ. އޭގެ ތެރެއިން އެއް ހަމަލާ ބޯންމައުތުގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ.

ބޯންމައުތުން ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުުންނެވެ. ޖަސްޓިން ކްލައިވަޓަށް ޔުނައިޓެޑްގެ ނުސައިރު މަޒްރައޮއީ ކުރި ފައުލަކަށް ދިން ޕެނަލްޓީން، ކްލައިވަޓް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ދެ ވަނަ ގޯލު ޖެހިތާ މާ ލަސްތަކެއް ނުވެ، ބޯންމައުތުން ތިން ވަަނަ ލަނޑެއް ޖަހައިފަ އެވެ. މި ގޯލު ޖެހީ، އަންޓޮއިން ސެމެންޔޯ އެވެ.

ލީގުގައި ކުޅުނު 17 މެޗުން ލިބުނު 22 ޕޮއިންޓާ އެކު، ޔުނައިޓެޑް އޮތީ ލީގުގެ 13 ވަނައިގަ އެވެ. މިއީ، ސީޒަނުގެ ފުރަތަމަ ބައި ނިމޭއިރު، ޔުނައިޓެޑުން މިހާ ދަށް ހިސާބެއްގައި އޮންނަ ފުރަތަަމަ ފަހަރެވެ.

ލީގުގައި މިރޭ ވުލްވްސް އިން ވަނީ ލެސްޓާ ސިޓީ ދަނޑުގައި 3-0 އިން މޮޅުވެފަ އެވެ. ސައުތެމްޓަންއާ ދެކޮޅަށް ފުލަމް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިންމާލީ 0-0 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox