ޒުހޫރުގެ ސިޓީ ނުލިބެޔޭ ރައީސް ވިދާޅުވިއިރު، ރައީސް އޮފީހުން އެ ސިޓީ ބަލައިގަތް ކަމުގެ ލިޔުން އެބައޮތް

ރައީސްއަށް އެޑްރެސްކޮށް ޒުހޫރު ފޮނުވި ސިޓީ ބަލައިގަތް ކަމުގެ ލިޔުން: އެ ސިޓީ ރައީސް އޮފީހުން ބަލައިގަތީ ޖުލައި 1، ގައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ރައީސްއަށް އެޑްރެސްކޮށް ޒުހޫރު ފޮނުވި ސިޓީ ބަލައިގަތް ކަމުގެ ލިޔުން: އެ ސިޓީ ރައީސް އޮފީހުން ބަލައިގަތީ ޖުލައި 1، ގައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ހައުސިން ޑިވެެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ގުޅޭ ބައިވަރު މައްސަލަތައް ފާހަގަކޮށް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުވި ސިޓީ ނުލިބޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިއިރު، އެ ސިޓީ ރައީސް އޮފީހުން ބަލައިގެންފައިވާ ކަން "އަދަދު" އަށް އެނގިއްޖެ އެވެ.

އެޗްޑީސީއާ ގުޅިގެން ފެންމަތިވެގެން އުޅޭ މައްސަލަތަކާ ގުޅިގެން ރައީސް އޮފީސް ބޭރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒުހޫރު ފޮނުވި ސިޓީއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެ ސިޓީ އެމަނިކުފާނަށް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

"އާދެ، އަޅުގަނޑު ވެސް ތި ވާހަކަ އަޑުއެހިން. އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތި ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް، ނުލިބޭ. އަޅުގަނޑަށް ލިބުނު ނަމަ އަޅުގަނޑު އެއަށް އަމަލުކުރާނަން ނުވަތަ އެއަށް ބަލާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް އެ ސިޓީ ރައީސް އޮފީހުން ބަލައިގެންފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް މި ނޫހަށް ލިބިފައިވެ އެވެ. ރައީސް އޮފީހުގެ ރަސްމީ ތަތްގަނޑު ޖަހާފައި އޮތް އެ ލިޔުމުގައި އޮތީ އެ ސީޓީ ގެނައި މީހަކީ ވެސް ޒުހޫރު ކަމަށެވެ. އެ ސިޓީ އެ އޮފީހުން ބަލައިގަތް ތާރީހަކީ ޖުލައި 1، އެވެ. އަދި އެ އޮފީހުން އެ ސިޓީއާ ހަވާލުވީ މުވައްޒަފު ކަމަށް އޮތީ އައިމިނަތު ނަފްޝާ، ކިޔާ މީހެކެވެ.

ރައީސްއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއް ރައީސް އޮފީހުން ބަލައިގަތުމަށް ފަހު، ރައީސްގެ މޭޒުކޮޅާ ހަމައަށް އެ ސިޓީ ނުދިޔަ ސަބަބެއް އަދި ނޭނގެ އެވެ. ރައީސް އެ ވިދާޅުވާ ގޮތަށް މިކަން ހިނގާފައިވާނަމަ އެއީ ކަނޑައެޅިފައި އޮންނަ އުސޫލުތަކާ ހަމަތަކާ ހިލާފަށް ހިނގާފައިވާ ކަމެކެވެ.

ޒުހޫރުގެ ސިޓީގެ މައްސަލަ ބޮޑުވީ، އެޗްޑީސީގައި ހުރި މައްސަލަތައް ރައީސްގެ ސަމާލުކަމަށް މީގެ ފަސް މަސް ކުރިން ގެނައި ނަމަވެސް ސޯޝަލް މީޑިއާގައި މިކަންތައް ހާމަވުމާ ހަމައަށް، ފަޒުލްއަށް އެއްވެސް ފިޔަވަަޅެއް އަޅާފައި ނުވާތީ އެވެ. މިކަމުގައި އިދިކޮޅާއީ އާންމުންގެ މީހުން ވެސް ތުހުމަތުކުރަނީ ރައީސް ވެސް ޒިންމަވާ ނަގަން ޖެހޭނެ ކަަމަށެވެ.

މި ތުހުމަތުތަކުން ބަރީއަވަމުން ރައީސް ވިދާޅުވީ، މިވަރުގެ ކަމެއް ހިނގާކަން ކުރިން އެނގިފައި އޮތް ނަމަ އެމަނިކުފާޏު ވައުދުވެފައިވާ ގޮތަށް ފިޔަވަޅު އެޅީސް ކަމަށެވެ. އަދި ކޮރަޕްޝަނުގެ އަމަލުތަކާއި ގަވާއިދު ހިލާފަށް ހިނގާ ކަންކަން ހުއްޓުވުމަށް ފަހަތަަކަށް ނުޖެހޭނެ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއަދާ ހަމައަށް ވެސް ހުންނާނީ ހަމަ އެކި ތަންތަނުގައި ނޫނީ އެކި މީހުން ކޮށްފައި ހުރި ކަންތައްތައް، ކަންކަމުގައި މައުލޫމާތު ލިބުނީމައި، އަޑުއަޑު އިވުނީމައި އެކަމަކަށް ފިޔަވަޅު އަޅަން ކަމާއިބެހޭ ފަރާތްތަަކަށް ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.

އެޗްޑީސީއާ ގުޅޭ މައްސަލައަކަށް ފަހު މައްސަލައެއް ފެންމަތިވާން ފެށުމުން، ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޭން އުޅުނު މައްސަލައިގައި ސަސްޕެންޝަނުގައި ހުރި ފަޒުލް ވަނީ އިއްޔެ މަގާމުން އިސްތިއުފާދެއްވާފަ އެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ އިތުރު މުވައްޒަފުންތަކެއް ސަސްޕެންޑުކޮށް، 15 މުވައްޒަފަކު ވަޒީފާއިން ވެސް ވަކިކޮށްފި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox