މެތު އިންޖެކްޓް ކުރުން ކަންބޮޑުވާ މިންވަރަށް އިތުރުވެއްޖެ: އަދީބު

އާޓް ވޯކް: އިސްމާއިލް އިމްދާދު

އާޓް ވޯކް: އިސްމާއިލް އިމްދާދު

ނުރައްކާތެރި ޑްރަގެއް ކަމަށްވާ މެތަމްފެޓަމިން (މެތު) ބޭނުންކޮށް އިންޖެކްޓް ކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގައި 16 އަހަރު ހޭދަކޮށްފައިވާ އަލީ އަދީބު ވިދާޅުވެއްޖެ އެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ މެތު އޯވާޑޯޒްގައި މަރުވާ މީހުންގެ އަދަދާއި އިންޖެކްޓް ކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މެތުގައި އޯވާޑޯޒްވާ މީހުން ވެސް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާ ކަމަށެވެ.

"މެތަމްފެޓަމިން ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އޯވަޑޯޒްގެ ސަބަބުން މަރުވާ މީހުން އިތުރުވެ، އިންޖެކްޝަން ޖަހައިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ފާހަގަކޮށްލެވޭ ގޮތުގައި އިތުރުވެއްޖެ،" އަދީބު ވިދާޅުވި އެވެ.

އެ އިތުރުވުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާ އަދީބު ވިދާޅުވީ ހާއްސަކޮށް މެތު ބޭނުން ކުރާ މީހުން އިންޖެކްޝަން ހިއްސާ ކުރުމާއި އިންފެކްޝަންތަކުގެ ނުރައްކާ އިތުރުވުންފަދަ ރިސްކް ބޮޑު ސުލޫކުތަކަށް ދާކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން މެތު ބޭނުން ކުރުމުން ފަރުވާ ދިނުމަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތަކުގެ ދަތިކަން ވަރަށް ބޮޑަށް ހުރި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އެގޮތުން އަދީބު ވިދާޅުވީ އެންޑީއޭގެ އެއްވެސް ހިދުމަތަކަށް އެދިފުރާ ފޯމްއެއްގާ މެތައެމްފެޓަމިން ނެތުމަކީ މިހާލަތަށް ތައްޔާރުވެފައި ނުވާކަމުގެ ހެއްކެއް ކަމަށެވެ.

"އަޅުގަނޑުގެ ކަންބޮޑުވުންތައް ސާބިތުކަމާއެކު ފާޅުކުރި ނަމަވެސް، ބޮޑުވަމުން އަންނަ މި މުސީބާތަށް އެކަށީގެންވާ ކަންބޮޑުވުމަކާއި ރައްދު ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދައްކާފައި ނުވާތީ، ހާލަތު އިތުރަށް ގޯސްވަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އަދީބު މިގޮތަށް ފާހަގަ ކުރެއްވީ ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއިން މަރުވެފައި އޮތް ދެ މީހަކު ފެނިފައިވާ ދަނޑިވަޅެއްގަ އެވެ. މި މަހު އެކަނި ވެސް މިހާތަނަށް މާލޭ ގެއެއް ތެރެއިން މަރުވެފައި އޮއްވާ ތިން މީހަކު ފެނިގެން ރިޕޯޓު ކުރި ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox