ޝިކް ހަތަރު ގޯލު ޖަހައި ލެވަކޫސަނަށް އެހީވެދީފި

Dec 21, 2024, 7:52 PM
ޝިކް ހަތަރު ގޯލު ޖަހައި ލެވަކޫސަނަށް އެހީވެދީފި

މިއުނިކް (ޑިސެމްބަރު 22) - ޕެޓްރިކް ޝިކް ޖެހި ހަތަރު ގޯލާ އެކު، ފްރައިބާގް އަތުން 5-1 އިން މޮޅުވެ، ބަޔާ ލެވަކޫސަނުން ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކްގެ ލީޑު ކުޑަކޮށްފި އެވެ.

ބަޔާނުން ވަނީ އާރްބީ ލައިޕްޒިގު އަތުން 5-1 އިން މޮޅުވެ، ލީޑުފުޅާކޮށްފަ އެވެ. އެކަމަކު، ލެވަކޫސަން މޮޅުވުމާ އެކު، ބަޔާންގެ ލީޑުވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. ބަޔާނަށް ވަނީ 15 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލެވަކޫސަނަށް ލިބިފައިވަނީ 15 މެޗުން 32 ޕޮއިންޓެވެ.

ލެވަކޫސަން ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދޭން ލިބުނު ޕެނަލްޓީ ފްލޯރިއަން ވާޓްޒް އަތުން ވަނީ ނާކާމިޔާބުވެފަ އެވެ. ލެވަކޫސަނުން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ޝިކް ޖެހި ގޯލުންނެވެ. މިދިޔަ ސީޒަނުގައި ލެވަކޫސަނުން ލީގު ޗެމްޕިއަންކަން ހޯދިއިރު ވެސް ޝިކް ވަނީ މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައިފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ހަ މިނިޓް ތެރޭ ވާޓްޒް ގޯލެއް ޖަަހައި، ލެވަކޫސަންގެ ލީޑުފުޅާކޮށްދިން ނަމަވެސް، ފްރައިބާގްގެ ވިންޗެންޒޯ ގްރީފޯ ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ.

އެކަމަކު، އޭގެ ފަހުން، ފެނިގެންދިޔައީ، ޝިކް އަށް ލިބުނު ފުރުސަތަކުގެ ބޭނުންހިފައި، ތިން ގޯލު ޖަަހައި، ލެވަކޫސަނަށް މި މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން މަންޒަރެެވެ. ޝިކް މި ހެޓްރިކް ހެދީ 10 މިނިޓް ތެރޭގަ އެވެ.

ލައިޕްޒިގު ކޮޅަށް ފުރަތަމަ މިނިޓްގައި ޖަމާލް މުސިއާލާ ވަނީ ލަނޑު ޖަހައި، ބަޔާނަށް ކުރިހޯދައިދީފަ އެވެ. އެކަމަކު، ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯ ވަނީ ގޯލެއް ޖަހައި، ލައިޕްޒިގަށް އެއްވަރުކޮށްދީފަ އެވެ. ބަޔާން މޮޅުވި ގޯލުތައް ޖެހީ، ކޮންރަޑް ލައިމާ، ޔޯޝުއާ ކިމިކް، ލެރޯއި ސާނޭ އަދި އަލްފަންސޯ ޑޭވިސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox