ނުވަ ސެޓްލްމަންޓް އެއްބަސްވުން ބާތިލު ކަމަށް ނިންމައި، އަމަލު ނުކުރަން އަންގައިފި

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ނުވަ ސެޓްލްމަންޓް އެއްބަސްވުން ބާތިލު ކަމަށް ނިންމައި، އަމަލު ނުކުރަން ވަނީ އަންގާފައި -- ފޮޓޯ: އޭޖީ އޮފީސް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ނުވަ ސެޓްލްމަންޓް އެއްބަސްވުން ބާތިލު ކަމަށް ނިންމައި، އަމަލު ނުކުރަން ވަނީ އަންގާފައި -- ފޮޓޯ: އޭޖީ އޮފީސް

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެއްދި މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމެއް ބާތިލު ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަނޑައަޅައި، އެ އެއްބަސްވުންތަކަށް އަމަލު ނުކުރަން ކަމާ ބެހޭ އިދާރާތަކަށް މިއަދު އަންގައިފި އެވެ.

އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އޮފީހުން އެއްބަސްވުންތައް ބާތިލުކަމަށް ނިންމީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެއްދި މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަކީ ގާނޫނީ ހައިސިއްޔަތާއި ބާރު ލިބޭ އުސޫލަކަށް ނުވާތީ ކަމަށެވެ.

"މި މައްސަލަތައް މި އޮފީހުން ދިރާސާކުރިއިރު، އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ ބަހެއް ނެތި، ތައައްސުފީ ގޮތެއްގައި، ވަކި ފަރާތްތަކަކަށް ނުޙައްގު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައިވޭ،" އޭޖީ އޮފީހުން ބުންޏެވެ.

ބާތިލު ކަމަށް ނިންމައި، އަމަލު ނުކުރަން ނިންމި އެއްބަސްވުންތައް:

  • ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - ގެއްލުމުގެ ބަދަލުގެ ގޮތުގައި 26,000,000ރ. ދިނުން.
  • ލެޝަރ ބީޗް ޕްރައިވެޓް ލިމިޓެޑް (ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރުމުގެ ކުރިން ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން ލެޝާ ބީޗް ޕްރައިވެޓް ލިމިޓެޑްގެ ހައްގުތައް އެމްރޮކް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް މާޗު، 16، 2023 ގައި ބަދަލުކޮށްފައި: ވ. ފޮއްތެޔޮބޮޑުފުށީގެ ވާކް ޕްލޭން މިނިސްޓްރީއަށް ހުށަހެޅި ދުވަހުން ފެށިގެން ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހާ ހަމައަށް ހިނގާ މުއްދަތު 30 ދުވަހަށް ރައުންޑް-އޮފްކޮށް ލީޒް އެގްރީމަންޓަށް އިތުރުކޮށްދީ، ރަށުގެ ލީޒް އެގްރީމަންޓަށް ގެންނަ އިސްލާހެއް (އެޑެންޑަމް ޓު ދަ ލީޒް އެގްރީމަންޓް) ގައި ދެ ހަފްތާގެ ތެރޭގައި ސޮއިކުރުން.
  • އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް - ނ. ރާފުށީގެ ބަދަލުގައި ނ. އެކުޅިވަރު 99 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއެކު، އެ ރަށުގެ ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަ އަހަރު ދިނުން އަދި ކުރީގެ ލީޒް އެގްރީމަންޓާގުޅޭ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭގޮތަށް އެއްބަސްވުމުގައި ހިމެނުން.
  • ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް - ގެއްލުމުގެ ބަދަލުގެ ގޮތުގައި 64,000,000ރ. ދިނުން.
  • އަމްސަން އެންޑް ފުޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑް - ގެއްލުމުގެ ބަދަލުގެ ގޮތުގައި 5,100,000ރ. ދިނުން.
  • ކްލިއާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑް - ތ. ވަންބަދި އާއި ކަނި އަދި ފުށި، އެ ތިން ރަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއެކު، ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ފަސް އަހަރު އެ ކުންފުންޏަށް ދިނުން އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގެ ބަދަލުގައި، އއ. މާފަރު ފަޅު (4° 5' 4.644" N 72° 43' 27.596" E) ) 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު، ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަތް އަހަރު ދިނުން.
  • ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް - އއ. މަޑޫގަލި އެ ކުންފުންޏަށް 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު، އެ ރަށް ތަރައްޤީކުރުމަށް ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި 6 އަހަރު ދިނުމާއި، ުރީގެ ލީޒް އެގްރީމަންޓާ ގުޅިގެން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުމާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވި 20 މިލިއަން ޑޮލަރު ފައިސާއިން ދިނުމުގެ ބަދަލުގައި، ރ. ވިލިނގިލި (4.45 ހެކްޓަރު)، ރ. ތާވަތާ (8.22 ހެކްޓަރު) ނ. އޮރިމަސްވަރު (5.84 ހެކްޓަރު) 50 އަހަރަށް ކުއްޔަށް ދޫކުރުމާ އެކު، ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ފަސް އަހަރު ދިނުން އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބާކީ ދޭންޖެހޭކަމަށް ކަނޑައެޅި 8,447,000 ޑޮލަރު އަކީ، ރ. ވިލިނގިލި، ރ. ތާވަތާ، އަދި ނ. އޮރިމަސްވަރުގެ އެޑްވާންސް ކުލީގެ ގޮތުގައި ހަމަޖެއްސުން.
  • އަބްދުﷲ އަލީ، ހ. ގިރިތެރޭގެ (މ. ތްރީއޭވިލާ) - ހދ. ހޮނޑާފުށި 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އާ ލީޒް އެގްރީމަންޓްގައި ސޮއިކުރުން އަދި ހދ. ހޮނޑާފުށީގެ ކުއްޔާއި ޖޫރިމަނާގެ އަދަދު މައާފުކޮށްދިނުން.
  • ޖޭއެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް - ހދ. ކުޑަމުރައިދޫ 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު، އެ ރަށުގެ ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަ އަހަރު ދުވަސް ދިނުން އަދި ކުރީގެ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާ ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުމުގައި ހިމެނުން.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ސެޓްލްމަންޓް އެއްބަސްވުންތަކުގެ މައްސަލަ ދިރާސާ ކުރުމަށްފަހު، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކޮށް،، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށް އަންގާފައިވާކަން ވެސް އޭޖީ އޮފީހުން ފާހަގަ ކުރި އެވެ.

އޭގެއިތުރުން އެ ކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމައި، މަޖިލީހުން އެންގި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox