ލިވަޕޫލް، އާސެނަލް އަދި ނިއުކާސަލް ލީގު ކަޕް ސެމީ އަށް

Dec 19, 2024, 4:13 AM
ލިވަޕޫލް، އާސެނަލް އަދި ނިއުކާސަލް ލީގު ކަޕް ސެމީ އަށް

ލަންޑަން (ޑިސެމްބަރު 19) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުން ލިވަޕޫލާއި އާސެނަލް އަދި ނިއުކާސަލް ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ލިވަޕޫލުން ވަނީ ކުއާޓާ ފައިނަލުގައި ރަށުންބޭރުގައި ކުޅުނު މެޗުން ސައުތެމްޓަން އަތުން 2-1 އިން މޮޅުވެފަ އެވެ. އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެފަ އެވެ. އަދި ނިއުކާސަލް އިން އަމިއްލަ ދަނޑުގައި ކުޅެގެން ބްރެންޓްފޯޑް ބަލިކުރީ 3-1 އިންނެވެ.

ލިވަޕޫލުން ގިނަ ބަދަލުތަކާ އެކު، ސައުތެމްޓަންއާ ދެކޮޅަށް ނުކުމެ، ލީޑުނެގީ ޑާވިން ނޫނޭޒް ޖެހި ގޯލުންނެވެ. ހަ މެޗަށް ފަހު ނޫނޭޒްގެ ގޯލެއް ފެނުނު މި މެޗުގައި، ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ހުރީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނެއްގަ އެވެ. ލިވަޕޫލުން ފުރަތަމަ ހާފުގައި ލީޑުފުޅާކުރީ ހާވީ އެލިއަޓް ޖެހި ގޯލުންނެވެ.

ދެ ވަނަ ހާފުގައި، ކެމަރަން އާޗާ ވަނީ ލަނޑެއް ޖަހައި، ސައުތެމްޓަން އަށް އުންމީދެއް ހޯދައިދީފަ އެވެ. ބަދަލަކަށް ކުޅެން އެރި ލިވަޕޫލްގެ ފެޑެރީކޯ ކިއޭސާ ވަނީ ލަނޑެއް ޖެހޭތޯ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ.

އާސެނަލްގެ ޖީސޫސް ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

އާސެނަލް ދަނޑުގައި ޖިއަން ފިލީޕޭ މަޓޭޓާ ވަނީ މެޗު ފަށައިގެން މާ ލަސްތަކެއް ނުވެ، ޕެލަސް އަށް ކުރިހޯދައިދީފަ އެވެ. އާސެނަލް މޮޅުވީ، ދެ ވަނަ ހާފުގައި ގަބްރިއެލް ޖީސޫސް ހެދި ހެޓްރިކުންނެވެ.

މިއީ، މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން، ޖީސޫސްގެ ފުރަތަމަ ލަނޑުތަކެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ އެންމެ ފަހުން ގޯލު ޖެހީ، މިދިޔަ ޖެނުއަރީ މަހު އެވެ.

ނިއުކާސަލް އަށް ރޭގެ މެޗުގައި ސަންޑްރޯ ޓޮނާލީ ވަނީ ދެ ގޯލު ޖަހައިދީފަ އެވެ. އަނެއް ލަނޑު ޖަހައިދިނީ ފަބިއަން ޝެއާ އެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޖެހީ އިތުރު ވަގުތުގައި ޖޮއާން ވިއްސާ އެވެ.

ލީގު ކަޕް ސެމީ ފައިނަލުގެ ގުރުއަތުލުން އޮންނާނީ ކުއާޓާ ފައިނަލުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅޭ މެޗަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox