ރަޖިސްޓްރީތައް ހަދައި ދިނީ އެޗްޑީސީއަކުން ނޫން، ގޯހެއް ނުހަދަން: ފަޒުލް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ފަޒުލް ވާހަކަދައްވަނީ: ފަޒުލް ވިދާޅުވީ ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އޭނާ އާއި އެޗްޑީސީގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ފަޒުލް ވާހަކަދައްވަނީ: ފަޒުލް ވިދާޅުވީ ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އޭނާ އާއި އެޗްޑީސީގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގު ރަޖިސްޓްރީތަކެއް ހަދައި ދިނުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވަގަށް ގޯތިތަކެއް ދިން މައްސަލައިގައި ޖަވާބުދާރީވާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވަނީ އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފަ އެވެ. އަދި ވިދާޅުވީ ބިންތައް ހަވާލުކުރުމުގެ އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ހަދައި ދިނުމަކީ ހައުސިން މިނިސްޓްރީން ކުރާ ކަމެއް ކަމަށާއި އެކަމުގައި އެޗްޑީސީގެ ދައުރެއް ނޯންނާނެ ކަމަށެވެ.

ފަޒުލް ވިދާޅުވި ގޮތުން ނަމަ މިކަން ސަމާލުކަމަަށް އައީ ވެސް އެ ކުންފުނިން މިކަމުގައި އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރީމަ އެވެ. އެއީ އެހެން ބަޔެއްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި އޮތް ގޯތިތަކެއްގައި ވަށާފާރު ރާނަން ހުއްދައަށް އެދި އެ ކުންފުންޏަށް އެދި ހުށަހެޅުމުން އެކަން ސާފުކުރަން ހައުސިންގައި އެދުމުންނެވެ.

"އަޅުގަނޑުމެން ޝާމިލުވާ ހިސާބަކީ [] އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިވެގެން އެޕްލިކޭޝަނެއް އަންނަ ހިސާބަކީ އަޅުގަނޑުމެން އޭގައި ޝާމިލުވާ ހިސާބު. އޭގެ ކުރިން މި އޮންނަނީ އަޅުގަނޑުމެންނާ ހައުސިން މިނިސްޓްރީއާ ދޭތެރޭގައި އޮންނަ މުއާމަލާތްތަކެއްގެ ތެރެއިން ހިނގާ ކަންކަން. އެއީ ވެރިފިކޭޝަން ޕްރޮސެސް،" ފަޒުލް ވިދާޅުވި އެވެ.

"އެހެންވީމަ، އަޅުގަނޑުމެންނަށް ބައުންޑަރީ ވޯލް ޕާމިޓަކަށް އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިވެގެން އެޕްލައި މިކުރަނީ އެ ރަޖިސްޓްރީއެއް އޮންނަ ފަރާތެއް ކަމަށް އަޅުގަނޑުމެން ގަބޫލު މިކުރަނީ."

އެޗްޑީސީން ހައުސިން މިނިސްޓްރީގައި ދެ ބިމަކާ ގުޅޭ ކަންކަން ސާފުކުރަން އެދުނީ އެހެން ބަޔެއްގެ ނަންމަތީގައި ހުރި ބިންތަކަކަށް މިފަދަ ހުއްދައަކަށް އެދި ހުށަހެޅުމެއް އައިސްގެންނެވެ. ފަޒުލް ވިދާޅުވި ގޮތުގައި، މިގޮތަށް ދެ ބިމަކާ ގުޅޭ ހަ މައްސަލައެެއް އެބައޮތް ކަމަށެވެ. މިހާރު އާންމުވެގެން އުޅޭ ލިޔުންތަކަކީ މި ބުނާ މައްސަލައިގައި ހިމެނޭ ދެ ބިން ކަމަށް އޭނާ ވިދާޅުވި އެވެ.

މިތަނުން އެއް ބިމުގައި ވަށާފާރެއް ރާނަން އެދި ހުއްދައަށް އެދުނީ ފަޒުލްގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދެވެ. ބިންވެރިޔާ ސްކީމުގެ ލިސްޓުތަކުން އެނގޭ ގޮތުގައި އޭނާއަކީ އެ ސްކީމަށް ޝަރުތު ހަމަނުވާތީ ބިން ނުލިބޭ ލިސްޓުގައި އޮތް މީހެކެވެ.

ފަޒުލް ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތެރޭގައި އޭނާގެ ބޭބެ ހިމެނުމަކީ އިއްތިފާގެކެވެ. އަދި "އަމިއްލަ ލޭ ހިނގިޔަސް" ކަން ކުރާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ދެން މިގޮތަށް ވަށާ ފާރު ރޭނުމުގެ ހުއްދައަށް އެދި ބިންވެރިޔާގެ ދަށުން ބިމެއް ލިބިފައިވާ ކަމަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވޭ މީހާއަކީ މާލޭ ރައްޔިތެއް ވެސް ނޫނެވެ. އަބްދުލްމަޖީދު މާހިރު ނަމަކަށް ކިޔުނު މި މީހާގެ ރަޖިސްޓްރީ އޮންނަނީ ހއ. ދިއްދޫގަ އެވެ. މާލޭގެ ރަށްވެހިކަން ނެތް އިތުރު މީހަކު ވެސް ބިމެއް ލިބުނު ކަމަށް އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމަށް ފަޒުލް ހާމަކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލަ ސޯޝަލް މީޑިއާގައި އާންމުވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވޭތުވީއިރު ފިޔަވަޅެއް ނޭޅީ ކީއްވެގެންތޯ އާއި މަސްލަހަތު ފުށުނާރާތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރި އެވެ. މިކަމަށް ސީދާ ޖަވާބެއް ނުދެއްވާ ފަޒުލް ވިދާޅުވަމުން ގެންދެވީ އެއީ އެ ކުންފުނީގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އޭނާގެ މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމަށެވެ.

ފަޒުލް އިތުރަށް ވިދާޅުވީ، ހައުސިންއިން ނާންގާ އެއްވެސް މީހަކަށް އެޗްޑީސީން ގޯތި ދީފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox