ޕެޓިޝަނެއްގެ މައްސަލާގައި އެމްއޭސީއެލްގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލައިފި

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި : ޕެޓިޝަނެއްގެ މައްސަލާގައި އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަނީ ކަނޑާލާފަ --- ފޮޓޯ: އަދަދު

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި : ޕެޓިޝަނެއްގެ މައްސަލާގައި އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަނީ ކަނޑާލާފަ --- ފޮޓޯ: އަދަދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެއިންޓަނަންސް ސެކްޝަނުގެ މުވައްޒަފުންނަށް އޮފް ދުވަސް ދިނުމުގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ޕެޓިޝަނެއް ހެދި މައްސަލާގައި އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

އެމްއޭސީއެލްގެ ވަޒީފާއިން ވަކިކުރީ އެ ކުންފުނީގެ ވެލްޑިން ވޯކްޝޮޕްގައި މަސައްކަތް ކުރަމުންދިޔަ ސީނިއާ ވޯކްސް ކޯޑިނޭޓަރު މުހައްމަދު ފިރާގު އެވެ. އޭނާ އަކީ އެ ޕެޓިޝަނުގައި އެންމެ ފުރަތަމަ ސޮއިކުރި މީހާ އެވެ.

މިކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަ ދައްކަމުން ފިރާގު ބުނީ، ގިނަ އަހަރުތަކެއް ވަންދެން އެ ސެކްޝަނުގައި އޮތް އުސޫލު ބަދަލުކޮށް ހޮނިހިރު ދުވަހަކީ ވެސް މަސައްކަތު ދުވަހެއްގެ ގޮތުގައި ނިންމީ މިދިޔަ މަހު ކަމަށެވެ. އެކަމާ ގުޅިގެން ޑިޕާޓްމަންޓުތަކާއި ސެކްޝަންތަކުގެ އަދި ކުންފުނީގެ ވެރިންނަށް ވެސް ޝަކުވާ ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

އެގޮތުން، ކުންފުނީގެ ގްރީވެންސް ޑިޕާޓްމަންޓަށް ހުށަހަޅަން ތައްޔާރުކުރި ޕެޓިޝަނުގައި 200 އަށްވުރެ ގިނަ މުވައްޒަފުން ސޮއިކުރި ކަމަށްވެ އެވެ.

"ތަންކޮޅެއް ސީނިއާކޮށް ކޮންމެސް އެއްބަޔަކުތާ އުޅޭނީ މިކަމުގަ. ދެން އިސްކޮށް އުޅުނު މީހުންގެ ތެރޭގަ އަޅުގަނޑުވެސް އުޅުނިން،" ފިރާގު ބުންޏެވެ.

މި ޕެޓިޝަނުގެ އިތުރުން އެޗްއޯޑީގެ މައްސަލަތައް ބަޔާންކޮށް ލިޔުމެއް ވެސް ތައްޔާރުކުރި ކަމަށާއި އެ ލިޔުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑު ކުއްލިއަކަށް އިއްޔެ 1:15 ގަ ގެންދަނީ އެޗްއާރު އަށް. ދެން ވަރަށް ގިނައިރު ބައިންދާފަ ގްރީވެސް ސެކްޝަނަށް ގެންދިޔައީ. ގެންގޮއްސަ ބުނީ މައްސަލައެއް ހުށަހަޅާފަ އޮތީމަ ސުވާލު ކޮށްލާށޭ ގެނައީ."

"ގެންގޮސްފަ ބުނީ ކުންފުނީގެ މަސައްކަތާ ގުޅިގެން ނިންމާ ގޮތްތަކާ މެދު ނުރުހުން ފާޅުކުރުމަކީ ފިޔަވަޅު އެޅޭނެ ކަަމެކޭ. އެ ވާހަކަ ދައްކާފަ ބުނީ ހޮނިހިރު ދުވަސް މަސައްކަތު ދުވަހަކަށް ހެދީމަ ކުންފުނީގެ ތެރޭ ނުރަނގަޅު މާހައުލެއް އުފައްދަނީއޭ، އަޅުގަނޑު ބުނިން އެފަދަ ކަމެއް ނުކުރަމޭ،" ފިރާގު ބުންޏެވެ.

އޭނާ ފާހަގަކުރި ގޮތުގައި އިއްޔެ އޭނާއާ ބައްދަލުކުރި ކުންފުނީގެ އޮފިޝަލުން ވަނީ ގްރީވެންސަށް ޝަކުވާ ހުށަހެޅުމުގެ ބަދަލުގައި ޕެޓިޝަނެއް ހަދާ، އެޗްއޯޑީގެ ވާހަކަ ކުންފުނިން ބޭރު ކުރީ ކީއްވެތޯ އަހާފަ އެވެ. އެކަން އެގޮތަށް ކުރީ ވަކިވަކި މުވައްޒަފުންގެ ވަޒީފާއަށް ކުރިމަތިވެދާނެ ބިރަކަށް ބަލާފައި ކަމަށް އޭނާ ބުނިކަންވެސް ފިރާގު ފާހަގަކުރި އެވެ.

އިއްޔެގެ ބައްދަލުވުމުގައި ސޮއިކުރަން ބަޔާނެއް ދިން ކަމަށާއި އޭގައި އޮތީ ހޮނިހިރުގެ މައްސަލާގައި ހެދި ޕެޓިޝަނަކީ އެޗްްއޯޑީ މަގާމުން ދުރުކުރަން ހެދި ޕެޓިޝަނެއްގެ ގޮތުގައި ކަމަށެވެ. އޭގައި އޭނާ ސޮއިކުރަން ދެކޮޅު ހެދުމުން އެޗްއާރު ޑިޕާޓްމަންޓުގެ އިސްވެރިޔަކު އައިސް އޭނާ ވަޒީފާއިން ވަކިކުރިކަން އެންގި ކަމަށް ފިރާގު ބުންޏެވެ.

މި މައްސަލާގައި މިހާތަނަށް އިތުރު މުވައްޒަފަކު ވަކިކުރި ކަމެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox