އެންވަޔަރަމަންޓު މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ޑިމޮކްރެޓްސްގެ ލީލާ

އެންވަޔަރަމަންޓު މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ޑިމޮކްރެޓްސްގެ ލީލާ

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގައި އޮފީސް އިމާރަތް އަނދާ ހުލިވެ ހިދުމަތްތަކަށް ބުރޫއަރާފައިވާ އެންވަޔަރަމަންޓު މިނިސްޓްރީއަށް އާ ސިޔާސީ މުވައްޒަފަކު އައްޔަންކޮށްފި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކޮށްފައި ވަނީ އިދިކޮޅު ދަ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ ލީލާ އިބްރާހިމް މަނިކު އެވެ.

ލީލާ އައްޔަން ކުރިކަން އެންވަޔަރަމަންޓު މިނިސްޓްރީގެ ސީނިއާ ބައެއް އޮފިޝަލުން މި ނޫހަށް ކަށަވަރުކޮށް ދެއްވި އެވެ.

މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލީލާ ވަނީ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތ. ގުރައިދޫ ދާއިރާއަށް ވާދަ ކުރައްވައިފަ އެވެ. ނަމަވެސް ވޯޓުލާން ހަފުތާއަކަށްވުރެ ކައިރިވެފައި ވަނިކޮށް އޭނާގެ ނަން ނަގައި، ތާއިދު ކުރެއްވީ، އެ ގުރައިދޫ ދާއިރާގެ މިހާރުގެ މެންބަރު، ހަނާން މުހައްމަދު ރަޝީދު އަށެވެ. ހަނާނު ވާދަ ކުރެއްވީ ޕީއެންސީގެ ޓިކެޓުގަ އެވެ.

ލީލާ އެންވަޔަރަމެންޓު މިނިސްޓްރީގެ ވަޒީފާއަށް ނުކުންނަން ފެއްޓެވީ އަލިފާނުގެ ހާދިސާއަށް ފަހު، އެ އޮފީސް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ލީލާ ވާހަކަ ނުދެއްކެވި އެވެ. ކުރި މެސެޖަށް ވެސް ޖަވާބެއް ނުދެއްވި އެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށް ވެސް ލީލާ ހުންނެވި އެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނު ދުވަސްވަރު އެވެ.

ހަރަދު ބޮޑުވެ، އާމްދަނީ ދެކޮޅު ނުޖެހޭ ހިސާބަށް ދައުލަތުގެ މާލީ ހާލަތު ގޮސްފާތީ، ވަޒީފާއިން މީހުން މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް ސިޔާސީ ވަޒީފާ ގިނަ ބަޔަކަށް މިހާރު ވެސް ދަނީ ދެމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އެދިވަޑައިގެންނެވި ހުރިހާ ވަޒީފާއެއް ހަމަޖައްސާ ދެއްވާފައިވާކަން ދޭހަވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިސެމްބަރު 8 ގައި މެމްބަރުންނަށް ވަނީ މެސެޖެއް ވެސް ފޮނުއްވައިފަ އެވެ.

ލީލާ އަށް ވަޒީފާ މިދިނީ ޑިމޮކްރެޓުސް ވެސް ސަރުކާރާ ދެކޮޅަށް ތެދުވެ، ފާޑުކިޔައި، ޖަލްސާތައް ބާއްވަން ފަށާފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox