އިންޓަ އިން ތަފާތު ބޮޑުކޮށް ލާޒިއޯ ބަލިކޮށްފި؛ މިއީ ރެކޯޑެއް

Dec 17, 2024, 4:12 AM
އިންޓަ އިން ތަފާތު ބޮޑުކޮށް ލާޒިއޯ ބަލިކޮށްފި؛ މިއީ ރެކޯޑެއް

ރޯމް، އިޓަލީ (ޑިސެމްބަރު 17) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނުން ލާޒިއޯ ދަނޑުގައި 6-0 އިން އެ ޓީމުގެ މައްޗަށް ކުރިހޯދައިފި އެވެ.

މިއީ، ލާޒިއޯ އިން ލީގު މެޗެއްގައި އަމިއްލަ ދަނޑުގައި ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. ލާޒިއޯ އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގުގެ މެޗަކުން އެންމެ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވީ ފިއޮރެންޓީނާ އަތުން 5-0 އިން 1959 ވަނަ އަހަރު އެވެ.

ލާޒިއޯގެ ތާރީހުގައި ވެސް އެ ޓީމު އެންމެ ތަފާތު ބޮޑުކޮށް ލީގުގައި ބަލިވި ތިން މެޗަކީ ވެސް އިންޓަ އަތުންނެވެ. މި މެޗުގެ ކުރިން، ލާޒިއޯ ވަނީ 1931 ވަނަ އަހަރު 8-1 އިންނާއި 1961 ވަނަ އަހަރު 7-0 އިން ބަލިވެފަ އެވެ.

Advertisement

މިއީ، އިންޓަގެ ތާރީހުގައި ލީގުގައި ޖެހިޖެހިގެން ދެ މެޗުގައި މަދުވެގެން އެ ޓީމުން ފަސް ގޯލު ޖެހި ދެ ވަނަ ފަަހަރެެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންޓަ އިން ލީޑުނެގީ 41 ވަަނަ މިނިޓްގައި ހަކަން ޗަނޮނޯލޫ ޖެހި ޕެނަލްޓީންނެވެ. އޭގެ ހަތަރު މިނިޓް ފަހުން، ފެޑެރީކޯ ޑި މާކޯ ވަނީ ގޯލެއް ޖަހައި، އިންޓަގެ ލީޑު ފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފުގައި އިންޓަ އިން އިތުރު ހަތަރު ގޯލު ޖެހިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ، ނިކޯލޯ ބަރޭލާ، ޑެންޒެލް ޑަމްފްރީސް، ކާލޯ އަގުސްޓޯ އަދި މާކަސް ތުރާމް އެވެ.

މި ނަތީޖާއާ އެކު އިންޓަ އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއީ، 15 މެޗުން 34 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް އެޓަލަންޓާ އަށް ވަނީ 16 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. އަދި ދެ ވަނައިގައި އޮތް ނަޕޯލީ އަށް 16 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox