ގަލަތަސަރާއި އިން ޕޮގްބާއާ ވާހަކަ ދައްކަނީ

Dec 17, 2024, 1:31 AM
ގަލަތަސަރާއި އިން ޕޮގްބާއާ ވާހަކަ ދައްކަނީ

އިސްތަންބޫލް، ތުރުކީ (ޑިސެމްބަރު 17) - މަނާބޭހުގެ މައްސަލައެއްގެ ސަބަބުން ސަސްޕެންޝަންގައި ހުރި ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ ކުޅުމަށް އެނބުރި އަންނަން ތައްޔާރުވަމުން އަންނައިރު، އޭނާއާ އެކު ތުރުކީގެ ގަދަބާރު، ގަލަތަސަރާއި އިން މަޝްވަރާތަކެއް ކުރިއަށްގެންގޮސްފި އެވެ.

މަނާބޭހަށް ޕޮޒިޓިވްވުމުގެ މައްސަލައެއްގައި ޕޮގްބާ، 31، އެންމެ ފުރަތަމަ، ހަތަރު އަހަރަށް ސަސްޕެންޑްކުރި އެވެ. އެހެން ނަމަވެސް ދާދި ފަހުން، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފަ އެވެ.

އެހެންވެ، ޕޮގްބާ އަށް ޖެނުއަރީގައި، ޓީމު ޕްރެކްޓިސްތައް ރަސްމީކޮށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަ އަހަރުގެ މާޗް މަހު އާދެވޭނެ އެވެ. ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން، ޕޮގްބާ މީޑިއާތަކަށް ދިން އިންޓަވިއުއެއްގެ ތެރެއިން ވަނީ ޔުވެންޓަސްގައި މަޑުކުރަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ. އެހެން ނަމަވެސް، އެ ކްލަބާ އެކު މަޝްވަރާކޮށް މިހާރު ވަނީ އެއްބަސްވުން އުވާލައިފަ އެވެ.

އިނގިރޭސި މީޑިއާ އިން އަންނަނީ ޕޮގްބާ ދެން ފެންނާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކުން ކަމަށް ރިޕޯޓްކޮށްފަ އެވެ. އެ ގޮތުން، ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ޔުނައިޓެޑް ނޫނީ މެންޗެސްޓާ ސިޓީ އަށް ޕޮގްބާ ދާން އުޅޭ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ޕޮގްބާގެ އޭޖެންޓް ވަނީ އެއީ ހަގީގަތެއް ނެތް ރިޕޯޓްތަކެއް ކަމަށް ބުނެފަ އެވެ.

ގަލަތަސަރާއި އިން ޕޮގްބާގެ އޭޖެންޓާ އެކު ވާހަކަ ދައްކަމުން އަންނައިރު، އޭނާ ހޯދަން ފްރާންސްގެ މާސޭ އާއި ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބްތަކުން ވެސް ވަނީ އޮފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox