2028 ނިމުމުގެ ކުރިން މީރާގެ އަމިއްލަ އިމާރާތަކަށް ހިންގުން ބަދަލު ކުރަނީ

މީރާ މިހާރު ހިންގަމުންދާ އިމާރާތް: އެ އިމާރާތަކީ ފިނޭންސް މިނިސްޓްރީގެ އިމާރާތެއް -- ފޮޓޯ: އަދަދު ފައިލް

މީރާ މިހާރު ހިންގަމުންދާ އިމާރާތް: އެ އިމާރާތަކީ ފިނޭންސް މިނިސްޓްރީގެ އިމާރާތެއް -- ފޮޓޯ: އަދަދު ފައިލް

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) ގެ ހިންގުން، 2028 ގެ ކުރިން އެ އޮތޯރިޓީގެ އަމިއްލަ އިމާރާތަކަށް ބަދަލު ކުރަން ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވައިލި މީރާގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނައިފި އެވެ.

މީރާއިން މިއަދު އާންމުކުރި ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައި ވަނީ ކުރިއަށް އޮތް އަހަރުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ބަހާލާފަ އެވެ.

އެ ގޮތުން ދެމެހެއްޓެނިވި މާލީ އޮނިގަނޑެއްގެ ތެރެއަށް މީރާ ފެއްތުމަށް އެ ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ހިމަނާފައި ވަނީ ދެ ކަމެކެވެ. އެއީ ރިސްކަށް ބެލުމަށްފަހު އިސްކަންދޭ ތަރުތީބަކުން، ވަކި އުސޫލެއްގެ ދަށުން މީރާގެ ބަޖެޓު ބޭނުން ކުރަން ފެށުމާއި 2028 ގެ ކުރިން އަމިއްލަ އިމާރާތެއްގައި މީރާ ހިންގުމެވެ.

ޓެކްސްގެ ގާނޫނު ފާސްކޮށް އެ ނިޒާމު ވުޖޫދުކުރީއްސުރެ ވެސް މީރާގެ އިމާރާތް ހިންގަމުން ދަނީ އަމީނީމަގުގައި ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތުގަ އެވެ. ނަމަވެސް އެ އޮތޯރިޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާގޮތަށް 2028 ގެ ނިޔަލަށް އަމިއްލަ އިމާރާތަކަށް ބަދަލުކޮށްފި ނަމަ ވާނެ ކަމަށް ލަފާކުރާ ފައިދާތަކެއް ވެސް އެ ޕްލޭންގައި ހިމަނާފައިވެ އެވެ.

މީރާއިން ބުނި ގޮތުގައި އަމިއްލަ އިމާރާތަކަށް މީރާ ހިންގުން ބަދަލު ކުރުމުން އެ އޮތޯރިޓީގެ ސެކިއުރިޓީ މިހާރަށްވުރެ ވަރުގަދަވެ އެ އޮތޯރިޓީން ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާވެ ޓެކްސްގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަލުވި ވާނެ އެވެ.

މުޅި ސްޓްރެޓެޖިކް ޕްލޭނުން ހާސިލު ކުރަން ބޭނުންވާ ކަމެއްގެ ގޮތުގައި އޮތީ 2028 ގެ ނިޔަލަށް އެއްވެސް ދައްޗެއް ނެތި ފަސޭހަކަމާއެކު ޓެކްސްގެ ނިޒާމު ހިންގޭނެ ގޮތެއް މަގުފަހި ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox