އެމާ އަވަހަށް ޕީކަށް ގެންދިއުމަށް ޖަޕާނުގެ ފިޓްނަސް ކޯޗެއްގެ އެހީ ހޯދަނީ

Dec 16, 2024, 10:04 AM
އެމާ އަވަހަށް ޕީކަށް ގެންދިއުމަށް ޖަޕާނުގެ ފިޓްނަސް ކޯޗެއްގެ އެހީ ހޯދަނީ

ލަންޑަން (ޑިސެމްބަރު 16) - އިނގިރޭސި ޒުވާން ޓެނިސް ތަރި، އެމާ ރަޑުކާނޫ އަށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކުން އަރައިގަނެ، އަވަހަށް ޕީކަށް ގެންގޮސް ކާމިޔާބު ހޯދަން އެހީތެރިވުމަށް ޖަޕާނުގެ ފިޓްނަސް ކޯޗު، ޔުޓާކާ ނަކަމޫރާއާ އެކު މަސައްކަތް ފަށައިފި އެވެ.

ގިނަ ބަޔެއްގެ ލޮލުގައި އެމާ، 20، އަޅައިގަތީ 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ސެޓެއް ވެސް ނުގެއްލި ހޯދުމާ ގުޅިގެންނެވެ. އެ މުބާރާތުގެ ކޮލިފައިން ބުރުން ހޮވިގެން ގޮސް ޗެމްޕިއަންކަން ހޯދުމާ އެކު އެ ކާމިޔާބީ އިތުރަށް ހާއްސަވީ ރެކޯޑަކާ އެކު އެވެ.

އޭގެ އެއް އަހަރު ފަހުން، ސިންސިނާޓީ މާސްޓާސްގައި އެމާ ވަނީ 24 ގަޑިއިރު ތެރޭ ދުނިޔޭގެ ދެ ޗެމްޕިއަނުން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ވިކްޓޯރިއާ އަޒަރެންކާ ބަލިކޮށްފަ އެެވެ.

އެހެން ނަމަވެސް އޭގެ ފަހުން، އެމާ އަށް އެކަށީގެންވާ ކާމިޔާބީތަކެއް ނުހޯދި ގިނަ ފަހަރުތަކެއްގެ މަތިން ކޯޗުން ވެސް ބަދަލުކުރި އެވެ. އެކަމަކު އަސްލު ލެވަލްގައި ކުޅެވޭގޮތެއްނުވި އެވެ.

އެއާ އެކު، އެމާ ވަނީ މި މަހުގެ ފުރަތަމަ ހަފްތާ އިން ފެށިގެން ތަޖުރިބާކާރު ފިޓްނަސް ކޯޗު ނަކަމޫރާއާ އެކު މަަސައްކަތް ފަށައިފަ އެވެ. ނަކަމޫރާ ވަނީ މީގެ ކުރިން، މަޝްހޫރު ދެ ޓެނިސް ކުޅުންތެރިޔާ، ކުރީގެ ތަރި، ރަޝިއާގެ މާރިއާ ޝަރަޕޯވާ އާއި ޖަޕާނުގެ ނައޯމީ އޮސާކާއާ އެކު މަަސައްކަތްކޮށްފަ އެވެ.

އެމާ، 24، ބުނީ، ނަކަމޫރާއާ އެކު މަސައްކަތްކޮށް، 2025 ވަނަ އަހަރުގެ ޓެނިސް ސީޒަނަށް ކަނޑައަޅާ ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ނަކަމޫރާއާ އެކު، އެމާ އާއި އޭނާގެ ކޯޗު، ނިކް ކަވާޑޭ ޓްރެއިނިންތައް ކުރިއަށްގެންދަމުން އަންނައިރު، ޑިސެމްބަރު މަހުގެ ފަހު ހަފްތާގައި ޓްރެެއިނިން އޮތީ، ނިއު ޒީލެންޑްގަ އެެވެ. އެއީ، ޖެނުއަރީ މަހު 12 ވަނަ ދުވަހު ފަށާ އޮސްޓްރޭލިއަން އޯޕަން އަށް ތައްޔާރުވުމުގެ ގޮތުން، އެޑަލެއިޑްގައި އޮތް މުބާރާތެއްގައި ކުޅުމުގެ ގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox